ދަތިޙާލުގައި ހުރި މީހަކަށް ދޭނެ އެއްޗެއް ނެތިގެން ނުދެވުނަސް އެމީހާއަށް އެހީތެރިވުމަކީވެސް ތިމާއަށް ކުރިމަތިވެފައިވާ ދަތިޙާލަތުން އަރައިގަނެވިދާނެ ސަބަބެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދަތިޙާލުގައި ހުރި މީހަކަށް ދޭނެ އެއްޗެއް ނެތިގެން ނުދެވުނަސް އެމީހާއަށް އެހީތެރިވުމަކީވެސް ތިމާއަށް ކުރިމަތިވެފައިވާ ދަތިޙާލަތުން އަރައިގަނެވިދާނެ ސަބަބެއް! އިން ޝާ ﷲ

ދުނިޔޭގައި ކޮންމެ ދުވަހަކީ އުފާވެރި ދުވަހަކަށް ނުވާނެއެވެ. އަތްމަތި ދަތި ދުވަސްތައްވެސް އަންނާނެއެވެ. ހިތްދަތި ދުވަސްތައްވެސް އަންނާނެއެވެ. ދަތި ޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަމަކުން އަރައިގަންނަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެކަމަށް މަސައްކަތްވެސް ކުރާނެއެވެ. ނަމަވެސް ފުރަތަމަ ކުރަންވީ ކަންކަން ގިނަ ބައަކަށް އޮންނަނީ އޮޅިފައެވެ.

ދަތި ޙާލަތެއް ކުރިމަތިވެއްޖެނަމަ އަރައިގަތުމަށްޓަކައި ފުރަތަމަ ކަމަކަށް ކުރަންޖެހޭނެ ކަމަކީ އެހެން މީހުންނަށް ހެޔޮކޮށް ހިތުމެވެ. އެހެން މީހުންގެ ލިސްޓްވެސް ތަރުތީބުކުރަން ޖެހެއެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އަމިއްލަ ޢާއިލާއަށެވެ. އަނބިދަރިންނަށެވެ. ފިރިމީހާއަށެވެ. މައިންބަފައިންނަށެވެ. ރަހިމުގެ ގުޅުން ހިނގާފައިވާ މީސުންނަށެވެ. ޔަތީމުންނާއި މިސްކީނުންނަށެވެ.

އަތުގައި ފައިސާހުރިނަމަ އެމީހުންނަށް ޚަރަދުކުރާށެވެ. ޚަރަދުކުރުން އިތުރުކުރާށެވެ! ޚަރަދުކުރާނެ ފައިސާ އަތުގައި ނެތްނަމަ ހިތްހެޔޮކަމާއިއެކު ބައްދަލުކޮށް ޙާލުބަލައި ގުޅުން ބަދަހިކުރާށެވެ! އެންމެންނަށް މާފުކުޜާށެވެ! އެކަކާއިމެދުގައިވެސް ހިތްބުރަކަމެއް ނުބާއްވާށެވެ!

މިއީ އަހަރެން ބުނާ ބުނުމެއް ނޫނެވެ! ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައިވާ ގޮތެވެ. ވީމާ މިފަދައިން ޢަމަލުކުރާށެވެ! އެކަމުގެ ހެޔޮ ބަދަލުތައް ފެންނާނެއެވެ. ކުރިމަތިވެފައިވާ ދަތި އުނދަގުލުން ނުވަތަ ހިތްދަތިކަމުން އަރައިގަނެވޭނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން