ކަނޑުގަ ރައްކާތެރިކަން ލިބެނީ އަނގަ ލައްޕައިގެން ތިބެ ދަތުރުކުރާ މަހަށް! ބިމުގަ އަހަރުމެންނަށްވެސް ރައްކައުތެރިކަން ލިބެން އޮތީ އަނގަބަންދުކުރިި ވަރަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކަނޑުގަ ރައްކާތެރިކަން ލިބެނީ އަނގަ ލައްޕައިގެން ތިބެ ދަތުރުކުރާ މަހަށް! ބިމުގަ އަހަރުމެންނަށްވެސް ރައްކައުތެރިކަން ލިބެން އޮތީ އަނގަބަންދުކުރިި ވަރަކަށް!

މަސްވެރިން އަބަދުވެސް ތިބޭނީ ބުޅިއެއް ފައްތައިގެން ތަޅުވަތަޅުވައެވެ. އަނގަހުޅުވައިގެން ތިބެ ދަތުރުކުރާ މަސްތައް ބުޅީގައި އަޅައިގަތުން ފަސޭހަވާނެއެވެ. ބުޅުތަކުން ސަލާމަތްވެގެން ތިބެ ދަތުރުވޭނީ އަނގަ ލައްޕައިގެން ދަތުރުކުރާ މަސްތަކަށެވެ. އެފަދަ މަސްތައް އަނގަހުޅުވާނީ ބަނޑުހައިވުމުންނެވެ. ކައިލެވޭނެ ރަނގަޅު އެއްޗެއް ފެނުނީމައެވެ. 

އަހުރެމެންގެ ދިރިއުޅުމުގައިވެސް ކަންތައް އޮތީ ހަމަ މިގޮތަށެވެ. މީހަކު ފެންނައިރަށް ތިމާގެ ހުރިހާ ޙަޤީޤަތްތަކެއް ކިޔައިދެވޭކަން އެއީ ދިރިއުޅުމަށް އެންމެ ބޮޑަށް އަސަރުކުރާ ކަންތަކެވެ. ޙަސަދަވެރިންގެ ސަބަބުން އެސްފީނާ ޖެހޭ ސަބަބެވެ. ދިރިއުޅުމުގެ ތެރެއަށް ވަދެގަންނަން ފުރުޞަތުލިބޭވެސް ސަބަބެވެ. 

ވީމާ ދިރިއުޅެން އޮތީ ވީހާ ބޮޑަށް އަނގަބަންދުކޮށްގެންނެވެ. އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް މީހުންނަށް ކިޔައިދިނުން މަދުކޮށްގެންނެވެ. ޚާއްޞަކޮށް ތިމާ ދެކެ ބައިވެރިޔާ ލޯބިވާވަރާއި އަޅައިލާވަރުގެ ވާހަކަތައް ފަދަ ވާހަކަތަކެވެ. އަދި ތިމާ ކުރަން ޤަޞްދުކުރާ ކަްނކަމުގެ ވާހަކަތައްވެސްމެއެވެ. 

އަބަދުވެސް ޤަބޫލުކުރަންޖެހޭނެ ކަމަކީ ޙަސަދަވެރިން ތިބޭނެ ކަމެވެ. އެމީހުންގެ ކިބައިން ސަލާމަތްވެ ހުންނަން މަސައްކަތްކުރަންޖެހޭނެ ކަމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން