ޘަވާބު އިތުރުކުރަން އަބަދުހެން މިކަލިމަތައް ކިޔަމު! މާނަ ނޭނގޭނަމަ ދަސްކޮށްލުމުން ފައިދާކުރާނެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 46ސ
ޘަވާބު އިތުރުކުރަން އަބަދުހެން މިކަލިމަތައް ކިޔަމު! މާނަ ނޭނގޭނަމަ ދަސްކޮށްލުމުން ފައިދާކުރާނެ!

ކިތައްމެ ކުޑަ ބަސްކޮޅަކުން ނަމަވެސް ކޮންމެ ދުވަހަކު، ﷲ ޞުބުޙަނަހޫ ވަޠަޢާލާ ހަނދުމަކޮށް، އެކަލާނގެއަށް ޛިކުރުކުރުމަކީ މުހިއްމުކަމެކެވެ. އެއީ، އެތައް ގޮތަކުން ތިބާއަށް ފައިދާކުރާނެކަމެކެވެ. ﷲ ގެ ރުއްސެވުމާއި، ލޯބިވެވޮޑިގަތުން ލިބި، ޙެޔޮކަމުގެ ތިލަފަތް ބަރުވާނެކަމެކެވެ. 

އެގޮތުން، އަހަރެމެންގެ އާއްމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު އެތައް ފަހަރަކު ބޭނުންކުރެވޭ ބައެއް ކަލިމަފުޅުތަކަށް ބަލައިލާނަމެވެ. 

·      بسم الله الرّحمان الرّحيم

މާނައަކީ، ރަޙްމާނުވަންތަ، ރަޙިމްވަންތަ ﷲ ގެ އިސްމަފުޅުން ފަށައިގަންނަމެވެ.

ތިބާ ކުރާ ކޮންމެ ކަމެއް ކުރުމުގެ ކުރިން ބިސްމިކިޔުން އާދައަކަށް ހެދުމަކީ މުހިއްމު ކަމެކެވެ. އޭރުން އެކަމެއްގައި މާތްﷲ ބަރަކާތްލައްވާނެތެވެ. 

·      الحمد لله

"ޙަމްދުހުރީ ﷲ އަށެވެ."

ތިބާއަށް ދިމާވާ ހިތާމަތަކާއި، އުފާވެރި ހާލަތްތަކުގައިވެސް އެކަލާނގެއަށް ޙަމްދުކުރާށެވެ. ކޮންމެ ކަމަކީވެސް އެކަލާނގެ ތިބާއަށް ދެއްވާ ރިޒްޤެކެވެ. ޝުކުރުވެރިވުމަކީ، އެކަލާނގެ ލޯބިވެވޮޑިގަންނަވާ ސިފައެކެވެ. 

·      ماشاالله

"ﷲ އިރާދަކުރެއްވިކަމެއް ވާނެއެވެ." 

·      جزاك الله  خير

"ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި"

މީހަކަށް ޝުކުރު އަދާކުރުމުގެ ގޮތުންވެސް މިފަދައިން ބުނެވިދާނެއެވެ. 

·      إن شاء الله

"ﷲ އިރާދަކުރައްވައިފިއްޔާ" 

·      سبحان الله

"ﷲ އަށް ޙަމްދުލިބިވޮޑިގެންވުމާއިއެކު، ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ."

ގިނަގިނައިން މިފަދައިން ކިޔާ، ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ނަންފުޅު މަތިވެރިކުރުމަށް މަސައްކަތްކުރާށެވެ. އޭރުން އެކަލާނގެ ރުއްސެވުން ތިބާއަށް  ލިބޭނެއެވެ. 

·      يرحمك الله

"ﷲ ތިބާއަށް ރަޙުމަތްލައްވާށި"

މިފަދައިން ބުނުން މުހިއްމީ، މީހަކު ކިނބިއްސެއް އެޅުމުން، الحمد لله

ކިޔައިފިނަމަ، އޭގެ ޖަވާބުގައިއެވެ. 

·      أستغفر الله

"ﷲ ގެ ޙަޟްރަތުން، ފާފަފުއްސެވުމަށް އެދެމެވެ"

މިފަދައިން ގިނަގިނައިން ކިޔުމަކީ، ތިބާގެ ފާފަތައްހުވިގެންދިޔުމަށް މަގުފަހިވާނެކަމެކެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. 

·      بارك الله فيك

"ﷲ ތިބާއަށް ބަރަކާތް ލައްވާށި" 

·      الّلهمّ بارك

"ތިބާއަށް ﷲ ބަރަކާތް ލައްވާށި" 

މިއީ ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ނަންފުޅު މަތިވެރިކޮށް، އެކަލާނގެ ކުޅަދުންވަންތަކަމާއި މަތިވެރިކަން ހަނދުމަކުރުމަށް ކޮންމެ ދުވަހަކުވެސް ތިބާއަށް ބޭނުންކުރެވޭނެ ވަރަށް ފަސޭހާ ކަލިމަފުޅުތަކެކެވެ. ތިބާގެ ހެޔޮ ކަމުގެ ތިލަފަތް ބަރުކުރުމަށް އެހީ އަކަށް މިބަސްތަކުގެ ބޭނުންހިފާށެވެ. ކިތަންމެ ކުޑަނަމަވެސް، ހެޔޮކަމެއްގެ ޖަޒާ، އެކަލާނގެ ތިބާއަށް ދެއްވާނެތެވެ. 

https://studioarabiya.com/blog/14-phrases-used-daily-by-muslims

މިއަދު އޮންލައިން