ކޮންމެ ކަމެއް މެދުވެރިވެގެންވެސް އެކޯލެއްކުރުމުން ތިމާއަށް އެންމެ ފައިދާހުރި ގޮތަށް ނިމޭނެކަން ޔަޤީންވާ ކޯލް- ނުކޮށް ތިބެން ހެޔޮވެދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ކޮންމެ ކަމެއް މެދުވެރިވެގެންވެސް އެކޯލެއްކުރުމުން ތިމާއަށް އެންމެ ފައިދާހުރި ގޮތަށް ނިމޭނެކަން ޔަޤީންވާ ކޯލް- ނުކޮށް ތިބެން ހެޔޮވެދާނެތަ؟

މީހަކަށް ކުރެވޭނެ އެންމެ ޔަޤީންކަންބޮޑު "ކޯލަކީ" ކޮބައިކަން އެނގޭހެއްޔެވެ؟ މިވަޤުތު އަހުރެން މާނަ މިނަގަނީ ފޯނުކޯލަކަށްނޫނެވެ. ފޯނު ކޯލަކަށް ބެލިނަމަވެސް ކިތަންމެ ދަތި ޙާލެއްގައި ޖެހިގެން ކިތަންމެ ގާތް މީހަކަށް "ކޯލް" ކުރިނަމަވެސް އެކަމެއް ކޮށްދޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނުއޮންނާނެއެވެ. 

އަހުރެން މިވަޤުތު "ކޯލްގެ މާނަ މިނަގަނީ އިނގިރޭސިބަހުން މިއާޔަތުގައިވާ ކޯލަށް ނިޞްބަތްކޮށެވެ. އެއީ ޢަރަބި ބަހުންނަމަ ދުޢާކުރުމެވެ. 

﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ﴾
غافر: 60] 

And your Lord says, "Call upon Me; I will respond to you." Indeed, those who disdain My worship will enter Hell [rendered] contemptible.

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ."

(އަލްޣާފިރް: 60) 

މީސްތަކުންނޭވެ! އަހުރެމެންނަށް އަބަދުވެސް މިވަނީ ކަންތައްތަކަކަށް ބޭނުންވެގެންނެވެ. ކަމަކަށް ބޭނުންވާއިރަށް ﷲ ތަޢާލާއަށް ދުޢާކުރަމުއެވެ. އަހުރެން މިބުނަނީ ބޭނުމެއް ނެތަސް ގިނަގިނައިން ދުޢާކުރުމަށެވެ. ދުޢާކުރަން ބޭނުންވާ ޚާއްޞަ ކަމެއް ނެތްނަމަ ފާފަ ފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރާށެވެ! 

އެއީ މިއާޔަތުގައި މިހެން އޮތުމުންނެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ." ދުޢާ ނުކުރުމަކީ، ބޮޑާ، ކިބުރުވެރިންގެ ސިފައަކަށްވާތީއެވެ. އެއިރުން އެމީހާ ނިކަމެތިކުރައްވަވައި ނަރަކައަށް ވައްދަވާނެ ކަމަށް އޮތުމުންނެވެ. 

ދެން ވިސްނައިލަންވީ ފަށަމުން ބުނި ބަހަށެވެ. "އެންމެ ޔަޤީންބޮޑު ކޯލް" މިހެން ބުނީ ކުރާ ކޮންމެ ދުޢާއެއްވެސް ޢިޖާބަ ކުރައްވަވާނެކަމުގެ ޔަޤީންކަން މިއާޔަތުން ލިބިގެންދާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން