ޒަވާޖީ ޙަޔާތަށް އަތްބޭނުމުގެ ފުރުޞަތު އެހެން މީހުންނަށް އެންމެ ފަސޭހައިން ލިބޭ 3 ސަބަބަށް ސަމާލުވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޒަވާޖީ ޙަޔާތަށް އަތްބޭނުމުގެ ފުރުޞަތު އެހެން މީހުންނަށް އެންމެ ފަސޭހައިން ލިބޭ 3 ސަބަބަށް ސަމާލުވަމާ!

ޒަވާޖީ ޙަޔާތް އުފަލުގައި ކުރިއަށް ގެންދަން އެންމެ މުހިންމުކަމަކީ އެހެން މީހަކަށް ތިބާގެ ދިރިއުޅުމަށް ގެއްލުމެއް ނުދެވޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމެވެ. އެކަމަށް ކުރަން އޮތް އެންމެ މުހިންމުކަމަކީ އެހެން މީހަކަށް ތިބާގެ ދިރިއުޅުމަށް އަތް ނުބޭނޭނެ ގޮތަށް ކަންކަން ކުރުމެވެ.

މިބަހުގެ މާނައަކީ ޙަޔާތުގެ ހުރިހާ ކަންކަން އެއްވެސް މީހަކާއި ހިއްޞާނުކުރުމެވެ. އަދި އެކުވެރިންގެ ގާތު ކަންކަމުކިޔާ މީހަކަށް ނުވުމެވެ. މިދެ ކަންތަކަކީ ތިބާގެ ދިރިއުޅުމަށް އަތްބާނަން އެހެން މީހުންނަށް އެންމެ ބޮޑަށް ފުރުޞަތުލިބިގެންދާ ދެކަންތަކެވެ.

މީގެ އިތުރުން 3 ވަނަކަމެއްގެ ގޮތުން ތިމާއަށް ކުރެވިފައި ހުރި، އަދި ކުރެވޭ ކުށްތަކުގެ ވާހަކަ އެއްވެސް މީހަކާއި ހިއްޞާ ނުކުރާށެވެ! ފާފަފުއްސަވައިދެއްވެވުން އޮތީ ﷲ ތަޢާލާއަށެވެ. ކުރެވޭ ފާފަތައް ބަޔާންކޮށް ފާފަތައް ފުއްސަވައިދެއްވެވުން އެދިދަންނަވަންވީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައެވެ.

އެކަންކަމުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ދެއްކުމަކީ ކުރެވޭ އެންމެ ބޮޑު އެއް ފާފައެވެ. އަދި އެއީ ސަލާމަތްނުވެވުމުގެ ބިރުވެރިކަންވެސް އޮތް ކަމެކެވެ.

އެންމެންނަށްވެސް އިތުބާރުކުރަންވާނެއެވެ. ނަމަވެސް ވަކި މިންވަރަކަށެވެ. އަނެކާ ރުޅިއަންނަ ދުވަހު ތިބާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެ މިންވަރަކަށެވެ. ރައްކައުތެރިވެ ހުރެވޭނެ ގޮތަކީ އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން