ތިމާއަށް އެކަމަކުން ފައިދާވާނެކަން ޔަޤީންނުކުރެވޭ ކަންކަން ކުރަން އަވަސްވެނުގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ތިމާއަށް އެކަމަކުން ފައިދާވާނެކަން ޔަޤީންނުކުރެވޭ ކަންކަން ކުރަން އަވަސްވެނުގަންނާށެވެ!

ދުނިޔަވީ އެއްވެސް ކަމަކާއި މިހާ ކުރާ އަޅުކަމާއި އަޅުވައި އެއްހަމަކުރުމެއް ނެތެވެ. އަޅުކަންކުރަންޖެހޭ ނުވަތަ އަޅުކަންކުރަން އޮންނަ ވަގުތު ޖެހުމުން އޮތީ އަޅުކަންކުރަން އަވަސްވެގަތުމެވެ.

ނަމަވެސް އަޅުކަންކުރުން ފިޔަވައި އެހެންކަންކަމަށް އަވަސްވެގަންނައިރު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ބައަކު އެކަމަކަށް އަވަސްއަރައިގަތުމަކީ ކޮންމެހެން ތިމާ އެކަމަށް އަވަސްއަރައިގަންނަންޖެހެންވީ ސަބަބެއް ނޫނެވެ.

ދުނިޔަވީ ކަންކަން ކުރިމަތިވުމުން މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ އެކަމަކަށް ވިސްނައި ދިރާސާކުރުމެވެ. މީގެކުރިން ދުނިޔޭގެ އެއްވެސް ބައަކު އެކަންކުރިތޯ އާއި އެކަންކުރުމުން ނެރެވުނު ނަތީޖާއަކީ ކޮބައިތޯ ބަލައިލުމެވެ. އެމީހަކަށް ކުރި ފައިދާއަކީ ކޮބައިތޯ ބަލައިލުމެވެ.

އެކަކަށް ނުވަތަ އެއްބައަކަށް ފައިދާކުރާ ކޮންމެކަމަކީ އެހެން މީހަކަށް ނުވަތަ ބައަކަށް ގެއްލުންހުރި ކަމެއްކަމަށްވެސް ވެދާނެއެވެ. ވީމާ މީހަކަށް އެކަމަކުން ފައިދާކޮށްފައިވުމަކީ ތިމާއަށްވެސް އެކަމަކުން ފައިދާކުރާނެ ކަމެއްކަން ޔަޤީންކުރެވޭނެ ސަބަބެއް ނޫނެވެ!

މިކަމުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ މީހަކުކުރާހައި ކަމެއްކުރަން ބޭނުންވާ މީހާ އެތައް ޚަރަދަކާއި ވަގުތުތައް ހޭދަކޮށްލާފަހުން އެއީ ތިމާކުރަން ބޭކާރުކަމެއްކަން އެބަ އެނގެއެވެ. އެހިސާބުން އެކަން ހުއްޓައިލޤާއިއރު އެތައް ބައިވަރު ފައިސާތަކާއި ވަގުތުތައް އޮންނަނީ އިސްރާފަކަށް ވެފައެވެ.

ވީމާ ކޮންމެ ކަމެއްވެސް ޙާޞިލުކުރަން ޢަމަލީގޮތުން ކަންކަންކުރަންވާނީ އެކަމެއް ކުރުމުން ފައިދާވާނެކަން ބެލުމަށްފަހުގަވެ. ނޫންނަމަ ލިބިދާނެ ގެއްލުން ކިތަންމެހައިވެސް ބޮޑުވެދާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން