ނަމަނަމަ ބްލެކްމޭލް ނުވާތި! ބްލްކްމޭލްވެ ކުރެވޭ ފާފަކުރުމުން ލިބޭ ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ނަމަނަމަ ބްލެކްމޭލް ނުވާތި! ބްލްކްމޭލްވެ ކުރެވޭ ފާފަކުރުމުން ލިބޭ ދެރަ މާބޮޑުވާނެ!

މިހާރަކަށް އައިސް އެއްވެސް އަޞްލެއް ނެތް ކަންކަމުގެ ބިރު ދައްކައިގެންވެސް ބްލެކްމޭލް ކުރުވައި ނުބައި ޢަމަލުތައް ކުރުވައެވެ. މިމައްސަލަ ގިނައިން ކުރިމަތިވަނީވެސް އަންހެނުންނަށެވެ. އަދި އެކަމުގައި ޝިކާރައަކަށްވަމުންދާ އަންހެނުން ވަރަށް ގިނައެވެ. 

ބްލެކްމޭލްކުރާނެ ކަމުގެ ބިރަށް އަމާން ނުދޭށެވެ! އަމާންދީ އެމީހުން ބުނާ ފާފަތައް ނުކުރާށެވެ! ތިބާއަށް ކުރެވުނު ކަންތަކާ ނުކުރެވޭ ކަންތައް ﷲ ތަޢާލާ މޮޅަށް ދެކެދެނެވޮޑިގެންވެއެވެ. 

ކުރިން ތިބާ ނުބައިކަމެއް ނުކުރާނަމަ ބިރުނުގަންނާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ އެކަލާނގެ މަގުގައި ޘާބިތުވާށެވެ! އަދި ނުބައި ކަމެއް ކުރެވިފައިވީނަމަވެސް ތައުބާވާށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ  

ތިބާގެ ފުށުގައި ދޮގު އިލްޒާމް އަޅުވައި ފަޟީޙަތްކޮށްފާނެ ކަމުގެ ބިރަށް އަޅުވެތިނުވެއްޖެނަމަ މީސްތަކުންގެ ކުރިމަތީގައި ތިބާގެ ޤަދަރު މަތިވެރިކުރައްވަވާނެތެވެ. އެކަން އިސްލާމީ ސިޔަރަތުން ޔަޤީންކުރެވޭނެއެވެ. ޢިބްރަތް ޙާޞިލްކުރަންވީ މަރްޔަމްގެފާނާއި ޢާއިޝަތުގެފާނުގެ އިސްތަށިފުޅުގައި ދޮގުއިލްޒާމް އެޅުވި ޙާދިސާފަދަ ޙާދިސާތަކުންނެވެ. 

ބްލެކްމޭލްވެ އެމީހުން ބުނާ ފާފަކުރީމާ އެހިސާބުން އެވެވެނީ ފާފަވެރިއެވެ. އެހިސާބުން އެމީހަކަށް ދެރަގޮތްތައް މެދުވެރިކުރެއްވެވުމަކީ މެދުވެރިވެދާނެ ކަމެކެވެ. ވީމާ ބިރުގަންނަންވީ ފަޟީޙަތްކޮކޮށްފާނެ ކަމަކަށް ނޫނެވެ. ފާފަކުރުމުން ﷲ ތަޢާލާ ލައްވަވައިފާނެ ކޯފާއަށެވެ. ޔަޤީންކުރަންވީ ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ރަނގަޅު ގޮތް މެދުވެރިވާނީ ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިވާ މީހުންނަށް ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން