މިއީ މަތިވެރިވެގެންވާ ޛިކުރެކެވެ. ޛިކުރުގައި ހިމެނޭ ކޮންމެ ބައަކަށް ﷲ ތަޢާލާ ބަސްވަޙީކުރައްވަވާ ޛިކުރެކެވެ. އެމީހާ އެހެދީ ތެދުކަމަށެވެ.
سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ
މިޛިކުރު ކުރުމަށްފަހު ފަހަތަށް "ޔާ ﷲ" އިތުރުކޮށް އެމީހަކު ބޭނުންވާ ކަމަކަސް އެދި ދަންނަވާށެވެ! "މިޘާލަކަށް: ޔާ ﷲ! މިއަޅާއަށް ފާފަފުއްސަވާނދޭވެ! ޔާ ﷲ! މިއަޅާއަށް ރިޒުޤް ތަނަވަސްކޮށް ދެއްވަވާނދޭވެ!" މިހެން ގޮސް އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް އެދިގެން ދުޢާކުރާށެވެ! ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން