ދުޢާކުރުމުގަ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދުޢާކުރުމުގަ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

ދުޢާ އަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރެވެ. ޚާއްޞަކޮށް ނިކަމެތިންނާ ފަޤީރުންގެ ދިރުމެވެ. ފުރާނައެވެ. އަދި ހަމައެހެންމެ ކުރިއަށްދާން އޮތް ވަސީލަތްވެސްމެއެވެ. ހަމައެއާއިއެކު ކިތަންމެ ބޮޑު ރަސްކަލަކަސް ކިތަންމެ ތަނަވަސް މީހަކަސް ﷲ ތަޢާލާއަށް ދުޢާކުރަންޖެހޭނީ ދެރަވެ ނިކަމެތިވެގެންވާ ޙާލުގައެވެ. އެހެންކަމުން ދުޢާކުރުމާއި ގުޅުންހުރި ބައެއް ކަންކަމަށް ބަލައިލާނަމެވެ.

ﷲ ތަޢާލާއަށް ދުޢާކުރުމަކީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކުރަންޖެހޭނެ ކަމެކެވެ. އެގޮތުން ދުއާކުރުމުގެކުރިން 2 ރަކްޢަތް ނަމާދެއްކުރުމާއި ޞަދަޤާތެއް ދިނުން ފަދަ ހެޔޮ ޢަމަލުތައްކުރުން އެދެވިގެންވެއެވެ. އެއްޗަކުން ޞަދަޤާތެއް ކުރެވެން ނެތް މީހަކުނަމަ މީހަކަށް ހެޔޮ ކަމެއްކޮށްދިނުމަކީވެސް ހަމަކުރަން އޮތް ކަމެކެވެ.

ހަމައެއާއިއެކު އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ދުޢާ އެބަހުއްޓެވެ! އަދި ކުރާ ދުޢާގައި ހިމަނައިގެން ނުވާނެ ކަންކަން އެބަހުއްޓެވެ.

މިސާލަކަށް އެއްވެސް ދެމަފިރިއެއްގެ ކައިވެނި ރޫޅުމަށް އެދި ދުޢާކޮށްގެންނުވާނެއެވެ. ޢާއިލީ ގުޅުމާއި ރަޙިމުގެ ގުޅުން ކެނޑުމަށް އެދި ދުޢާކޮށްގެންނުވާނެއެވެ. ޙަޔާތުގެ ބައިވެރިޔާ އާއި އޭނާގެ ޢާއިލާ އާއި އޮންނަންޖެހޭ ގުޅުން ނެތިކުރެއްވެވުން އެދި ދުޢާކޮށްގެން ނުވާނެއެވެ.

ކުރު ގޮތަކަށް ޖުމްލަކޮށްލާފައި ބުނާނަމަ ބުނަންޖެހޭނީ ﷲ ތަޢާލާ ރުހިވޮޑިނުގަންވާނެ އެއްވެސް ކަމަކަށް އެދި ދުޢާކޮށްގެންނުވާނެއެވެ! އެކަމެއް ވުމަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސ ކަމެއް ހިންމަވައި ދެއްވެވުމަށް ނުވަތަ ކޮންމެވެސް މީހަކަށް މެދުވެރިވުމަށް އެދި ﷲ ތައާލާގެ ޙަޟްރަތުގައި ދުޢާކުރަން ހެޔޮވެސް ނުވާނެ ނޫން ހެއްޔެވެ؟

މީސްތަކުންނޭވެ! ދުޢާކުރުމަކީ ވަރަށް ފަރުވާތެރިކަމާއިއެކު ކުރަންޖެހޭ ކަމެކެވެ. އެކަމަށް ޚާއްޞަ ވަޤުތުތަކުގައި ކުރުން މޮޅު އިތުރުވެގެންވެއެވެ. ދުވަސްތަކުގެ ތެރެއިން ވަކިދުވަސްތަކެއް މާތްކުރައްވަވައި އަދި ވަގުތުތަކުގެ ތެރެއިން ވަކި ވަގުތުތަކެއް މާތްކުރައްވަވާފައިވަނީ ވަރަށް ގިނަ ޙިކުމަތަކަށްޓަކައިކަން ކަށަވަރެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން