ކުރަން ބޭނުންވާ ކަމެއް ކުރެވޭނެ މަގެއް ނުފެންނަނަމަ ދުޢާކުރުން ގިނަކުރާށެވެ! މަގެއް ދައްކަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކުރަން ބޭނުންވާ ކަމެއް ކުރެވޭނެ މަގެއް ނުފެންނަނަމަ ދުޢާކުރުން ގިނަކުރާށެވެ! މަގެއް ދައްކަވާނެތެވެ! އިން ޝާ ﷲ

"ﷲގެ އިޛުނަފުޅަށް މެނުވީ އެއްވެސް މުޞީބާތެއް ނުޖެހެއެވެ! އަދި ﷲ އަށް އީމާންވާ މީހާ (ދަންނާށެވެ!) އެކަލާނގެ ހިތަށް ތެދުމަގުދައްކަވަތެވެ! ﷲ އީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އައްތަޣާބުން: 11)

ކަންއޮތީ މިމަގުންނެވެ. ވަރަށް ސާފުޢިބާރާތުން ވަޙީކުރައްވަވާފައިއެވަނީ ކޮންމެ މުޞީބާތެއްވެސް ކުރިމަތިވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމާއި ނަޞްރަށް އެދުމުން އެކަމަށް މަގެއް ދެއްވަވާނެކަމެވެ. އެއްވެސް ޙާލެއްގައި އެމީހާ އެދުނުގޮތަށް ހުރިހާ ކަމެއް ހިންމަވައި ދެއްވަވާނެ ކަމަކަށް ނޫނެވެ. މިއާޔަތުގައި ތެދުމަގު، މިބަސްފުޅު ވަޙީކުރައްވަވާފައިއެވަނީ އެކަމަކުން ސަލާމަތްވެވޭނެ ގޮތަކަށެވެ.

މީސްތަކުންނޭވެ! އަހަރެމެންގެ ހިތުގައި އަޅާ ކޮންމެ ވޭނެއްވެސް އަދި ޖަހާ ކިތަންމެ ކުޑަކުޑަވިނދެއްވެސް ﷲ ތަޢާލާ ނުހަނު މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ އަހަރެމެންނަށް އޮތީ ތެދުވެރިކަމުގައި ތިބެ ދުޢާކުރުމެވެ. އެކަމެއް ހިންމަވައި ދެއްވަވާނެ ގޮތް ކަނޑައަޅުއްވަވަވައި އަހަރެމެންނަށް އެންމެ ފައިދާކުރާނެ ގޮތަށް ނިންމަވައި ދެއްވަވާނީ ﷲ ތަޢާލާއެވެ! އެހެނީ އެގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީވެސް ހަމައެކަނި ﷲ ތަޢާލާއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިބުރުވެރިވެ ދުޢާނުކުރަން ހުއްޓައި ކަންކަން ގޯހުންގޯހަށް ބަދަލުވަމުން ގޮސް ގޮތް މުޅިން ހުސްވީކަމަށްވެސް ވެދާނެއެވެ. ގޮތްހުސްވެއްޖެކަން ޔަޤީންކުރެވޭ ހިސާބުންވެސް އަވަހަށް ތައުބާވާށެވެ! ސަލާމަތްތެރިކަމަށް އެދި ދުޢާކުރާށެވެ! ހެޔޮ ގޮތް މިންވަރުކުރެއްވެވުން އެދިގެންވެސް ދުޢާކުރާށެވެ! އެމީހަކު ބާކީ ނުކުރައްވަާނެތެވެ!: އިން ޝާ ﷲ

އެއީ ކިތަންމެ ބޮޑުކަމެއް ނަމަވެސް އަދި ކިތަންމެ ނުރައްކައުތެރިކަމެއް ނަމަވެސް ކޮންމެ ކަމެއްގައި ނަމަވެސް ގޮތް ހުސްވުމުން ނަމަވެސް ﷲ ތައާލާގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ އެކަމަމަކަށް މަގެއް ދައކަވައިދއްވަވާނެކަން އެއީ ޔަޤީންކަމެކެވެ. މިބަހުގެ މާނައަކީ އެއްވެސް ޙާލެއްގައި އެމީހާ ދުޢާކުރިފަދައިން އެކަމެއް ހިންމަވައިދެއްވެވުމެއް ނޫނެވެ. އެކަމުން މިންޖުވެވޭނެ މަގެއް ދައްކަވައިދެއްވެވުމެވެ.

--ޑރ. ނޫމާން ޢަލީޚާންގެ ދަރުސަކުން

މިއަދު އޮންލައިން