ޙަލާލުތަކެތި ޙަރާމް ފައިސާއަށް ގަނެގެން ކެއިމަ އެއެއްޗެތި ޙަލާލުވާނެ ކަމަށް ހީކުރަނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޙަލާލުތަކެތި ޙަރާމް ފައިސާއަށް ގަނެގެން ކެއިމަ އެއެއްޗެތި ޙަލާލުވާނެ ކަމަށް ހީކުރަނީތަ؟

އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އެކަކީ ޙަލާލް ކާބޯތަކެތި ކެއުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ މީހެކެވެ. އެކަމަކު ފައިސާ ހޯދަން ނުކުރާ ޙަރާމް ކަމެއް ނެތެވެ. ފައިސާ ލިބޭނަމަ އެއްވެސް ފާފައެއް ކުރާކަށް ޖެހިލުމެއް ނުވެއެވެ. 

އަޅުގަނޑުގެ ސުވާލަކީ ޙަރާމް ގޮތުގައި ހޯދާ ފައިސާއަށް ޙަލާލް ތަކެތި ގަނެގެން ކެއމަ އެއެއްޗެތި ޙަލާލުވާނެތޯ؟

ކިޔުންތެރިޔާ ތިއަ ސުވާލުކުރެއްވީ ޖަވާބު އެނގިނުލައްވާތީކަމަކަށް ނުދެކެވެ. ޤަބޫލުކުރަނީ ތިއަ ކަންތައް މީހުންގެ ސަމާލުކަމަށް ގެންނެވުމަށް ކުރެއްވި ސުވާލެއް ކަމަށެވެ. ތިއައީ މިއަދު ބޮޑުވެފައިވާ މައްސަލައަކަށްވާތީ އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ. 

މުސްލިމުންގެ ތެރޭގައި ބައަކުވެއެވެ. އެމީހުން ކަތިލާފައި އޮންނަ ކުކުޅެއް ގަންނަނަމަ އެކަތިލި ތަނަކާއި ކަތިލި ގޮތަކާއި އަދި ކަތިލި މީހަކާއި މިފަދަ ހުރިހާ ކަންކަން ބަލަން ބޭނުންވެއެވެ. އެއީ އެކުކުޅު ކަތިލާފައިވަނީ ޙަލާލް ގޮތުގައިކަން ޔަޤީންކުރުމަށެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. މުސްލިމުންނަށް ކާން ހުއްދަވެގެންވަނީ ޙަލާލް ގޮތުގައި ކަތިލެވޭ ތަކެތިކަމަށްވާތީއެވެ. 

މައްސަލަ ނުކުންނަ ހިސާބަކީ އޭނާ ކުކުޅު ގަންނަން ގެންދިއަ ފައިސާ ހޯދި ގޮތެކެވެ. އެއީ ރިބާގެ ފައިސާ ކަމަށްވުމަކީ މައްސަލައަކަށް ނުވެއެވެ. މީހުންނަށް މަކަރުހަދައިގެން، ނޫނީ ވައްކަންކޮށްގެން ނޫނީ އެނޫންވެސް ޙަރާމް ގޮތަކުން ހޯދި ފައިސާއަކަށްވުމަކީ މައްސަލައަކަށް ނުވެއެވެ. 

ﷲ ތަޢާލާގެ ނަންފުޅު ކިޔައި ޙަލާލު ގޮތުގައި ކަތިލާފައިވާ ކުކުޅަކީ މުސްލިމުންނަށް ކެއުން ޙަލާލު އެއްޗެކެވެ. އަހުރެންގެ ފުރަތަމަ ސުވާލަކީ އެއެއްޗަކީ ހަމައެކަނި ކެއުން ޙަލާލު އެއްޗަކަށްވުމުން އެއެއްޗެއް ޙަލާލުވެ ނިމޭހެއްޔެވެ؟ އެހެންވެ އަހުރެންގެ ދެވަނަ ސުވާލަކީ ޙަރާމް ފައިސާއަށް ގަނެގެން ޙަލާލް ކުކުޅެއް ކެއުމުން އެކުކުޅު އޭނާއަށް ޙަލާލްވާނެހެއްޔެވެ؟ 

ވީމާ ފުރަތަމަ ކަމަކަށް ޔަޤީންކުރަންވީ ތިމާ މިބޭނުންކުރަނީ ޙަލާލު ގޮތުގައި ހޯދާފައިހުރި ފައިސާކަން ނޫންހެއްޔެވެ؟ ޙަރާމް ގޮތުގައި ހޯދާފައިވާ ފައިސާއަށް ކިތަންމެ ޙަލާލު އެއްޗެއް ގަނެގެން ކެއިނަމަވެސް އެއްޗެއް އެމީހަކަށް ޙަލާލުނުވާނެކަން ހަމަނުއެނގެނީ ހެއްޔެވެ؟

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން