ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ހޯދަން ކުރާ އެންމެ މަތިވެރި ޛިކުރު، ޤުރްއާންކިޔަވަން ބޭނުންކުރާ އަޑުން ޢާއިލާއަށާ އެހެން މީހުންނަށްވެސް ނުބައި ބަސްތައް ބުނެ ހިތުގަ ޖައްސުވަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ހޯދަން ކުރާ އެންމެ މަތިވެރި ޛިކުރު، ޤުރްއާންކިޔަވަން ބޭނުންކުރާ އަޑުން ޢާއިލާއަށާ އެހެން މީހުންނަށްވެސް ނުބައި ބަސްތައް ބުނެ ހިތުގަ ޖައްސުވަން ހެޔޮނުވާނެ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.  

"އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑުކަން ކަށަވަރެވެ."

(ލުޤްމާން: 19) 

މިއާޔަތުގައި އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑުކަމަށް އޮތް ސަބަބުތަކުގެ ތެރޭގައި އަޑަކީ ބާރު އަޑަކަށްވުން ހިމެނެއެވެ. އެއްވެސް އިމެއް އަދި ހިފެހެއްޓުމެއްވެސް ނެތި އޭތީގެ ފަލައަޑު ނެރޭތީއެވެ.  

ދެން ބަލައިލަންވީ މީސްތަކުންނަށެވެ. ހަމަ އެގޮތަށް އަޑުނެރެ ހަޅޭއްލަވާ މީސްތަކުން ބިރުގަންވާ މީހުން އެބައުޅެއެވެ. އެމީހުން އަޑުލައްވަންވީމާ އަންތބެއް، ދަރިއެއް މައިންބަފައިންނެއް ނުބަލައެވެ. އަދި އެހެން މީހަކަށްވެސް ނުބަލައެވެ. ބޭނުންވަރަކަށް އަޑުނެރެނީއެވެ.  

މީސްތަކުންނޭވެ! ﷲ ތަޢާލާ ތިބާއަށް ދެއްވެވި އަޑުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ތިބާ ޤުރްއާން ކިޔަވަނީވެސް ހަމައެއަޑުން ނޫންހެއްޔެވެ؟ ކީރިތި ޤުރްޢާން ކިޔަވަން ތިބާ ބޭނުންކުރާ އަޑުން، އަނބިދަރިން، ނުވަތަ މައިންބަފައިން ނުވަތަ އެއްވެސް މީހަކު ބިރުގަންނަވަން ހެޔޮވެދާނެ ހެއްޔެވެ؟  

ކޮންމެ މީހަކާއި މުޢާމަލާތުކުރިނަމަވެސް އޯގާތެރިކަމާއިއެކު މުޢާމަލާތުކުރާށެވެ. އެހައި ބާރު އަޑުން ވާހަކަނުދައްކާށެވެ. އަދި އެހައި މަޑުންވެސް ވާހަކަ ނުދައްކާށެވެ. ވާހަކަ ދައްކަންވާނީ އަނެކާއަށް ތިބާ ބުނާ ބަސް ސާފުވާނެ މިންވަރަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން