މިކަންކަމަށް ސަމާލުކަން ނުދީފިނަމަ ކިތަންމެ ބޮޑު ހެޔޮ ޢަމަލެއް ކުރިނަމަވެސް އެއީ ނުބައި ޢަމަލަކަށް ވެގެން ހިގައިދާނެ ކަމުގެ ބިރު ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މިކަންކަމަށް ސަމާލުކަން ނުދީފިނަމަ ކިތަންމެ ބޮޑު ހެޔޮ ޢަމަލެއް ކުރިނަމަވެސް އެއީ ނުބައި ޢަމަލަކަށް ވެގެން ހިގައިދާނެ ކަމުގެ ބިރު ބޮޑު!

ތިމާ ކުރާ ކޮންމެ ހެޔޮ ޢަމަލަކީ ހެޔޮ ޢަމަލެއްކަމަށް ﷲ ތައާ ޤަބޫލުފުޅު ކުރައްވަވާނެ ކަމުގެ ވިސްނުމުގައި ތިބޭމީހުން ޝައިޚުގެ މިބަސްފުޅަށް ވިސްނައިލުން ބުއްދިވެރިއެވެ. އުންމީދުކުރާ މަޤްޞަދު ޙާޞިލުކުރެވެން އޮތީ އެއިރުންނެވެ.  

ޤިޔާމަތްދުވަހުން މާތް ﷲ އަޅުގަނޑުމެންނާއި ސުވާލުކުރައްވާނީ ހަމައެކަނި އަޅުގަނޑުމެންގެ ޢަމަލުތަކާ ބެހޭގޮތުންނެއް ނޫނެވެ. އެހެނެއްކަމަކު، އެ ޢަމަލުތައް ކުރި މަޤްޞަދާމެދުވެސް ސުވާލު ކުރައްވާނެއެވެ. 

އެހެނީ، އެ ޢަމަލަކީ އޭގެ ޒާތުގައި ވަރަށް ޞާލިޙު ޢަމަލަކަށް ވެދާނެއެވެ. ނަމަވެސް، އެ ޢަމަލެއް ކުރެވުނު މަޤްޞަދު ގޯސްވެދާނެއެވެ. އަދި ނިޔަތުގައި ޚަރާބުކަމެއް ހުރެދާނެއެވެ. މާތް ﷲ އަށް އޮންނަން ޖެހޭ އިޚްލާޞްތެރިކަން އެކަމުގައި ނޯވެދާނެއެވެ. 

އެހެންވެއްޖެނަމަ، އެ އޮތީ، ޞާލިޙު ޢަމަލު ފާސިދު ޢަމަލަކަށް ބަދަލުވެފައެވެ. އަދި ހެޔޮ ކަން، ނުބައި ކަމަކަށް ބަދަލުވެފައެވެ. 

-الشيخ علي الطنطاوي رحمه الله في كتابه (تعريف عام بدين الإسلام، ص99-100) 

 

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

 

މިއަދު އޮންލައިން