ބޮލުގައި ރިއްސައިފާނެ ތަފާތު ސަބަބުތައް ވަރަށް ގިނައެވެ. ވީމާ ބޮލުގައި ރިއްސައިލާއިރަށް އެއީ ސިޙުރަކުން ކަމަށް ބަލައިގެންނުވާނެއެވެ. ގިނަ ފަހަރަށް އެހާފަސޭހައިން ސިޙުރުން ކަމަށް ޤަބޫލުކުރެވެނީ ތިމާގެ ދިރިއުޅުމާއިމެދު ކޮންމެވެސް މީހަކު ނުވަތަ ބައަކު ޙަސަދަވެރިވެގެންއުޅޭކަން ފާހަގަކުރެވިފައި އޮންނާތީއެވެ.
ބޮލުގައި ރިއްސާ ސަބަބުތަކުގެ ތެރޭގައި ވިސްނަންޖެހޭ ކަންކަން ގިނަވެ ސިކުނޑިއަށް ބާރުބޮޑުވުންވެސް ހިމެނެއެވެ. އެފަދަ ކަމެއް އެމީހަކަށް ކުރިމަތިވެފައިވާ މިންވަރު އެނގޭނީ ހަމަ އެމީހަކަށެވެ. ވީމާ ކަންކަމަށް ބޮޑަށް ވިސްނަންޖެހިފައިވާ މީހެއްގެ ބޮލުގައި ރިއްސާނަމަ ސިކުނޑިއަށް ލުއިކޮށްދޭން މަސައްކަތްކުރަންވާނެއެވެ.
ހަމައެއާއިއެކު ނިދިހަމަނުވުމަކީވެސް ބޮލުގައި ރިއްސާ ސަބަބެކެވެ. ވީމާ ހަަމނިދިލިބިގަންނަން މަސައްކަތްކުރަންވާނެއެވެ.
ތިމާއަށް އަމިއްލައަށް ކުރެވެން ހުރި މިފަދަ ކަންކަން ކުރުމުންވެސް ބޮލުގައި ރިއްސާނަމަ ލަސްނުކޮށް ކަމާއިބެހޭ ޑޮކްޓަރުންނަށް ދައްކައި ޓެސްޓްތައް ހަދަންވާނެއެވެ. ޑޮކްޓަރުންނަށް ބެލި ފެނިގެން ބޭސްދޭނަމަ އެބޭސް ޤަވާއިދުން ބޭނުންކުރަންވެސްވާނެއެވެ.
ޑޮކްޓަރުން ދޭ ފަރުވާއިން ނުވަތަ ބޭސްބޭނުން ކުރިނަމަވެސް ރަނގަޅު ނުވުމާއި ޓެސްޓްތަކުން އެއްވެސް ޢަލާމާތެއް ނުފެނި ބޮލުގައި ރިއްސާނަމަ ސިޙުރެއްކަން ބަލަން ރުޤްޔާކުރާށެވެ. އަދި ރުިޤްޔާކުރާ މީހާ ބުނާ ގޮތަކަށް ޢަމަލުކުރާށެވެ. އެފަދަ މީހެއްގެ ކިބައިން ފަރުވާ ހޯދެން ނެތްނަމަ މިއާޔަތްތައް ކިޔަވައި މިފަދައިން ދުޢާކުރަމުން ގެންދާށެވެ. މިދުޢާއަކީ ހަށިގަނޑުގެ ކޮންމެ ތަނެއްގައި ރިއްސި ނަމަވެސް އަދި ހުން އައިނަމަވެސް ކުރަން އޮތް ދުޢާއެކެވެ.
فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِ أَذًى مِّن رَّأْسِهِ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ ۚ
"ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއްޖެމީހާ ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ (އެކަންކަމުގެ ސަބަބުން ބޯބާލައިފިނަމަ) ފަހެ، ރޯދައިން، ނުވަތަ ޞަދަޤާތެއް ދިނުމުން ނުވަތަ ކަތިލުމަކުން ފިދުޔައެއް ދިނުން ހުށްޓެވެ." [البقرة:196]
﴿178﴾ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ޤަތުލު ކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞުގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި އިޙްސާންތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވަތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ." [البقرة:178]
45﴾ أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ الظِّلَّ وَلَوْ شَاءَ لَجَعَلَهُ سَاكِنًا ثُمَّ جَعَلْنَا الشَّمْسَ عَلَيْهِ دَلِيلًا
"ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ހިޔަނި ފަތުރުއްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި އެކަލާނގެ އިރާދަކުރެއްވިނަމަ، ހިމޭންވެހުންނަ އެއްޗެއްކަމުގައި، އެ ހިޔަނި ލައްވައިފީހެވެ. ދެން އެ ހިޔަނީގެ މައްޗަށް، ދަލީލެއްކަމުގައި ތިމަންރަސްކަލާނގެ އެ، އިރު ލެއްވީމެވެ." [الفرقان:45]
45﴾ فَقُطِعَ دَابِرُ الْقَوْمِ الَّذِينَ ظَلَمُوا ۚ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
"ދެން އަނިޔާވެރިވީ މީހުންގެ އެންމެފަހު މީހާއަށްދާނދެން ނެތި ކުރެއްވިއެވެ. ޙަމްދު ހުރީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ." [الأنعام:13]
﴿19﴾ لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ
"އޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ." [الواقعة:19]
﴿47﴾ لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ
"އެ ބުއިމުގައި ބޯއެނބުރުމެއްނެތެވެ. އަދި އޭގެސަބަބުން، މަސްތުވެގެންދާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ." [الصافات:47]
﴿28﴾ يُرِيدُ اللَّهُ أَن يُخَفِّفَ عَنكُمْ ۚ وَخُلِقَ الْإِنسَانُ ضَعِيفًا
"ﷲ އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ." [النساء:28]
އަދި މިފަދަ ދުޢާވެސް ކުރާށެވެ!
بِسْمِ اللَّهِ الْكَبِيرِ أَعُوذُ بِاللَّهِ الْعَظِيمِ مِنْ شَرِّ كُلِّ عِرْقٍ نَعَّارٍ وَمِنْ شَرِّ حَرِّ النَّارِ
ދުޢާގައި އެކުލެވިގެންވާ މާނައީ "ހުރިހާ އެއްޗަކާއި ކަމަކަށްވުރެ ބޮޑު ﷲ ގެ އިސްމްފުޅުން މިއަޅާ ފަށަމެވެ. އަދި މިއަޅާގެ ނާރުތަކުގައާއި އުތުރިއަރަމުންދާ ލެޔާއި ނަރަކައިގެ ހޫނުގެ ނުބައިކަމުން، މަތިވެރިވަންތަ ﷲ ގެ ޙަޟްރަތުން މިއަޅާ ރައްކައުތެރިކަން ލިބިގަންނަމެވެ.
يُرِيدُ اللّهُ أَن يُخَفّفَ عَنْكُمْ وَخُلِقَ الإِنسَانُ ضَعِيفاً{ عَنِ ابْنِ عَبَّاسٍ أَنَّ النَّبِيَّ e كَانَ يُعَلِّمُهُمْ مِنَ الْحُمَّى وَمِنَ الأَوْجَاعِ كُلِّهَا أَنْ يَقُولَ بِسْمِ اللَّهِ الْكَبِيرِ أَعُوذُ بِاللَّهِ الْعَظِيمِ مِنْ شَرِّ كُلِّ عِرْقٍ نَعَّارٍ وَمِنْ شَرِّ حَرِّ النَّارِ . رواه الترمذي
- އިސްލާމީ ތިލަފަތުގެ ދަރުސަކުން