ކުރިމަތިވާ ތަކްލީފްތަކާ އުފުލަންޖެހޭ ވޭންތަކާއިމެދު ޤަބޫލުކުރަންޖެހޭ ޙަޤީޤަތް-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކުރިމަތިވާ ތަކްލީފްތަކާ އުފުލަންޖެހޭ ވޭންތަކާއިމެދު ޤަބޫލުކުރަންޖެހޭ ޙަޤީޤަތް-: ބިލާލް އައްސަދު

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާއަކީ މުސްލިމަކަށްވީތީ އެއްވެސް ތަކްލީފެއް ނުވަތަ ވޭނެއް އުފުލަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ މުސްލިމަކަށްވީނަމަވެސް ތަކްލީފްތައް އުފުލަން ޖެހޭނެ ކަމަށެވެ. ވޭންތައްވެސް ތަޙައްމަލްކުރަންޖެހޭނެ ކަމަށެވެ. އެއީ ކާފިރުންނަށްވެސް އަދި މުސްލިމުންނަށްވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. 

ނަމަވެސް މުސްލިމުންނަށް އޮތް އުފާވެރިކަމުގެ ޚަބަރެއްވެސް ވަނީ ދެއްވަވައިފައެވެ. އެއީ މަރުވުމުން އުފާވެރިކަން ލިބުމުގެ އުންމީދެވެ. 

އެނގޭހެއްޔްވެ؟ ހަމައެކަނި މިކަމަށް ވިސްނައިގެންވެސް ގިނަ ބައަކު އަންނަނީ އިސްލާމްވަމުންނެވެ. އެއީ މަރުވުމުން އުފާވެރިކަން ލިބިގަތުމަށެވެ. މީގެ އިތުރުން މުސްލިމުންނަށްވެސް ތަކްލީފްތައް ކުރިމަތިކުރައްވަވައި ވޭންތައް ތަޙައްމަލުކުރަން ޖައްސަވާތީ އެއީ ﷲ ތަޢާލާގެ ޢަދުލުވެރިވަންތަކަމުގެ ބޮޑުކަން ކަމަށްވެސް އެމީހުންނަށް ޤަބޫލުކުރެވޭތީއެވެ.

ތިމާއަކީ މުސްލިމަކަށްވީތީ ތިމާއަށް ކަމެއް ޖެހޭއިރަށް އެތައް ހާސް މަލާއިކަތުން ތިބާގެ ދިފާޢުގައި ފޮނުއްވަވާނެ ކަމަށް ހީނުކުރާށެވެ! ޝަކުވާ ނުކޮށް ކެތްތެރިވެލާށެވެ! މުސްލިމެއްގެ ގޮތުގައި ނިމިދިއުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން