ތިބާގެ ކުރީގެ ފާފަތަކާ ބެހޭގޮތުން މީހަކު ސުވާލުކޮށްފިނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް!: ޝައިޚް އާސިމް އަލްޙަކީމް

ކިޔުމަށް ހޭދަވާނީ 3މ 8ސ
ތިބާގެ ކުރީގެ ފާފަތަކާ ބެހޭގޮތުން މީހަކު ސުވާލުކޮށްފިނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް!: ޝައިޚް އާސިމް އަލްޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑު ކުރިން ކޮށްފައިވާ ކުށެއްގެ މައްސަލައިގައި މީހަކު އަޅުގަނޑާ ސުވާލުކޮށްފިނަމަ، އެކަމާ މެދު ޢަމަލުކުރަންވީ ގޮތަކާމެދު އަޅުގަނޑު ވިސްނަމެވެ. އެފަދަ ހާލަތެއްގައި ތެދުބަހުން ވާހަކަދެއްކުމާއި، ދޮގުހެދުމާ ދެމެދު އޮތް ހައްލަކީ ކޮބައިތޯއެވެ؟ އަދި އެމީހަކު އިތުރަށް ސުވާލުކޮށް، އެކަން ނުކުރާކަމަށް ﷲ ގަންދީ ހުވާކުރުމަށް އެދިއްޖެނަމަ ކަންތައް ކުރަންވީ ކިހިނެއްތޯއެވެ؟ މިފަދަ ހާލަތެއްގައި ހުވާކުރުމަށް އިންކާރުކުރުމަކީ، ނުސީދާކޮށް އެކަން ކުރިކަން އެއްބަސްވުން ކަމުގައި ބެލެވިދާނެއެވެ. އެހެންކަމުން، މިފަދަ ނާޒުކު ހާލަތްތަކުގައި ޝަރުޢީ އަދި އަޚްލާޤީ ގޮތުން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟

ޖަވާބު:

އެންމެ ފުރަތަމަ ކަމަކީ އިސްލާމްދީނުގައި ދޮގުހެދުމަކީ މުޅިން މަނާކުރެވިފައިވާ ކަމެކެވެ. އަދި ހަމައެހެންމެ، ކުރިން ކޮށްފައިވާ ފާފަތައް ހާމަކުރުމަކީ ވެސް މުޅިން މަނާކުރެވިފައިވާ ކަމެކެވެ. އެހެންވީމާ، ނުވިސްނޭ މީހަކު އައިސް ސީދާ ސުވާލެއް ކޮށްފިނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟

މިސާލަކަށް މީހަކު އައިސް އަޅުގަނޑާ ޝައިޚް، ތިބާ އެއްވެސް އިރެއްގައި މަސްތުވާއެއްޗެއް  ބޯން މަސައްކަތް ކޮށްފައިވޭތޯއެވެ؟ ސުވާލުކޮށްފިނަމަ މިހާރު އަހަރެންނަށް ހަމައެކަނި "ނޫނެކެވެ" އަދި "އަޅުގަނޑު ދުވަހަކުވެސް އެކަން ނުކުރަމެވެ، الحمد لله މިހެން ބުނެވިދާނެއެވެ.

އެހެންނަމަވެސް އޭނާ މިކަހަލަ ސުވާލުތައް ތަކުރާރުކުރަމުން ދާނަމަ، މިއީ ރަނގަޅު ކަމެއް ނޫނެވެ. މިއީ ހަމަ ޒިނޭގެ ޢަމަލު ނުހިންގާ ޒުވާން އަންހެން ކުއްޖަކު ގާތަށް ގޮސް "ތިބާ އެއްވެސް އިރެއްގައި ޒިނޭކޮށްފައިވޭތޯ؟ ތިބާ އެއްވެސް އިރެއްގައި ސިއްރުން އެފަދަ ޢަމަލެއް ކޮށްފައިވޭތޯ؟" މިހެން އަހުން ފަދަ ކަމެކެވެ. މިފަދަ އަޚްލާޤީ ގޮތުން ދަށު ސުވާލުތައް ކުރާނީ ބުއްދި ނެތް ނުވިސްނޭ މީހެކެވެ.

އެހެންވީމާ، ރަނގަޅު ގޮތަކީ އަދި ކުރަންވީ ކަމަކީ ތިބާގެ ރުޅިވެރިކަން ފާޅުކޮށް، އެ ސުވާލު ކުރި މީހާއަށް އެކަން ދައްކައިދިނުމެވެ. އެއީ އޭނާ އެކަން އިތުރަށް ގެންގޮސް ތިބާއަށް ހުވާކުރަން އެންގުމުގެ ކުރިންނެވެ. އަހަރެން "ނޫނެކެވެ، އަހަރެން ދުވަހަކުވެސް އެކަން ނުކުރަމެވެ" މިހެން ބުނެފިނަމަ، އަދި އޭނާ "ﷲ ގަންދީ ހުވާކުރޭ" މިހެން ޖަވާބުދީފިނަމަ ތިބާ ޖަވާބުދޭށެވެ. މިއީ ކޮންކަހަލަ ތަޙްޤީޤެއްތޯއެވެ؟ މީގެ އިތުރުން އޭނާ އެފަދަ އެކަށީގެން ނުވާ އަދި އަޚްލާޤީ ގޮތުން ދަށު ސުވާލެއް ކުރާ ވަގުތު، ތިބާ ރުޅިވެރިކަމާއި ނުރުހުން ފާޅުކޮށް، ތިބާއަށް އިހާނެތިކަން ލިބުނުކަން ހަޤީޤަތުގައިވެސް އޭނާއަށް ދައްކައިދޭންވާނެއެވެ. 

"މިއީ ކޮން ބާވަތެއްގެ ސުވާލެއްތޯއެވެ؟ ތިބާ ބުއްދި ގޯސްވެފައިތޯ އިނީ އަހަރެންނާ މިފަދަ ސުވާލެއް ކުރަން؟ މިފަދަ ސުވާލުތައް ކުރުމުގެ އެއްވެސް ޙައްޤެއް ތިބާއަކަށް ނެތެވެ. އަހަރެންނަކީ މަގުމަތިން ނަގައިގެން ގެނެސް ތިބާ ތަޙްޤީޤު ކުރާނެ މީހެއް ނޫނެވެ. އަހަރެން ތިބާއަށް މަސައްކަތް ނުކުރަމެވެ. މިއީ އިހާނެތިކަމެކެވެ. އަހަރެން އަންނަނީ ޢިއްޒަތްތެރި ޢާއިލާއަކުންނެވެ. އަހަރެންނަކީ މިކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވާ މީހެކެވެ. ތިބާއަށް ކިހިނެއްތޯ އަހަރެންނާ މިފަދަ ސުވާލެއް ކުރެވުނީ؟" 

އަދި ތިބާ މިގޮތަށް ޢަމަލުކޮށްފިނަމަ، އެއީ ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާ ކަމުގައިވިޔަސް، ނުވަތަ ތިބާގެ ޢާއިލާގެ މީހެއް ކަމުގައިވިޔަސް، ތިބާ އެމީހަކާ ވާހަކަ ދެއްކުން ހުއްޓާލަންވާނެއެވެ. އެއް ދުވަހު، ދެ ދުވަހު، އަދި އިސްލާމްދީނުގައި އެހެން މުސްލިމަކާ ގުޅުން ކަނޑާލުމަށް ހުއްދަކުރާ މުއްދަތު ހަމަވަންދެން މިކަން ކުރެވިދާނެއެވެ. ތިބާއަށް އެމީހުންނާ މުޅިން ގުޅުން ކަނޑާލެވިދާނެއެވެ. ޖަވާބު ނުދީ، އެމީހުންނަށް ދައްކައިދޭންވާނީ އެފަދަ ސުވާލަކުން ތިބާއަށް އިހާނެތިކަމާއި ނިކަމެތިކަން ލިބުނުކަމެވެ.

 

                   

 

މިއަދު އޮންލައިން