އަނބިންނަށް ދޭ ހިތްދަތިކަމާ ކުރާ އަނިޔާ ބިރުން އޭނާ ސިއްރުކުރިޔަސް ﷲ ދެކެދެނެވޮޑިގެންވޭ! ވަޤުތު ޖެހުމުން ދެއްވަވާ ޢުޤޫބާތް ވަރަށް ގަދަފަދަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އަނބިންނަށް ދޭ ހިތްދަތިކަމާ ކުރާ އަނިޔާ ބިރުން އޭނާ ސިއްރުކުރިޔަސް ﷲ ދެކެދެނެވޮޑިގެންވޭ! ވަޤުތު ޖެހުމުން ދެއްވަވާ ޢުޤޫބާތް ވަރަށް ގަދަފަދަވާނެ!

ބައެއް މީހުން މީހުންނަށް އަނިޔާވެރިވެ ހިތްދަތިކަންދެނީ ވަރަށް ބޮޑަށް ފޮރުވިގެންތިބެއެވެ. އަނިޔާ ލިބޭ މީހާއަށް އެކަމުގެ ވާހަކަތައް ދެކެވެން ނުއޮންނަ ފަދަ ގޮތަކަށެވެ. މިސާލަކަށް އަމިއްލަ ޢާއިލާގެ ތެރެއިން އަނިޔާލިބެމުންދާނަމަ އެކަމުގެ ވާހަކަ ދެއްކުން އެއްވެސް މީހަކަށް ފަސޭހައެއްނުވާނެއެވެ.

ހަމައެފަދައިން ދަރިންލިބި "ބަނދެވިފައިވާ" އަނބިންނަށް ދޭ ހިތްދަތިކަމާ ކުރާ އަނިޔާގެ ވާހަކަ ދެއްކުން އެކަނބަލުންނަށް ފަސޭހައެއް ނުވާނެއެވެ. އެއީ ދައްކައިފިނަމަ ލިބިދާނެ ދެރަ މާބޮޑުކަމަށް ވިސްނޭނެތީއެވެ.

އެހެންވެ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ " ތިމަން ﷲ، އަނިޔާވެރިވާ މީހުން ދެނެވޮޑިގެންވާ" ކަމަށެވެ. މާނައަކީ އެމީހުންނަށް ޙައްޤު ޢަޛާބު ނުދެއްވަވައި ދޫނުކުރައްވަވާނެކަމެވެ. ދުނިޔޭގައިވެސް އާޚިރަތުގައިވެސް އެމީހަކަށް ޢަޛާބާއި ކުރިމަތިލާންޖެހޭނެ ކަމެވެ.

އަނިޔާ ލިބެމުންދާނަމަ އެކަމުގެ ވާހަކަ މީސްތަކުންނާއިހަމައަށް ފޯރުކޮށްދެވެން ނެތިގެން ކަންބޮޑުނުވާށެވެ! އެކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އެކަލާނގެ ރަޙްމަތަށް އެދި ދުޢާކުރަމުން ގެންދާށެވެ! އަނިޔާއިން ﷲ ތަޢާލާ އެމީހަކު ސަލާމަތްކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

އެއްވެސް މީހަކު ތިބާއަށް އަނިޔާއެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިކޮށްފިނަމަ އެއީ ކީއްވެގެން އޭނާކުރިކަމެއް ކަމާއިމެދު ސުވާލުކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަނިޔާވެރިވުމާއި ހިތްދަތިކުރުވުމަކީ މުސްލިމުންނަށް ކުރުން ހުއްދަވެގެންވާ ކަންކަމެއް ނޫނެވެ. އަދި އެކަންކަމަކީ ކަނޑައެޅިގެން ނަހީކުރައްވަވާފައިވާ ކަންކަމެވެ. ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތަކެވެ.

ވީމާ އެފަދަ ކަމެއް ކުރާ މީހަކު އެކަން އެކުރަނީ އެމީހަކު ﷲ ތަޢާލާއަށް ބިރުވެތިނުވާތީއެވެ. އެއްވެސް މީހަކަށް އަނިޔާވެރިވުމަށްފަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ދެއްކޭނެ އެއްވެސް ޢުޛުރެއް ނުއިންނާނެއެވެ. ޔަޤީންކުރަންޖެހޭނެ ކަމަކީ އެއްވެސް މީހެއްގެ ހިތުގައި ޖައްސުވައި އަދި އަނިޔާވެރިވާނަމަ ﷲ ތަޢާލާގެ ކޯފާ އެމީހަކާއި އަރައިހަމަކުރާނެކަމެވެ. އެކަން ގަދަފަދަވާނެކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން