ދަރިންނަށް ލޯބިވެރިއަކު ހޯދައި ލޯބިވެގެން އުޅެވޭނެ ފުރުޞަތުދީފަ ފަހުން ހުރަސް އަޅާނަމަ ޢާއިޅީ ގުޅުން ކެނޑުން ނޫންކަމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ދަރިންނަށް ލޯބިވެރިއަކު ހޯދައި ލޯބިވެގެން އުޅެވޭނެ ފުރުޞަތުދީފަ ފަހުން ހުރަސް އަޅާނަމަ ޢާއިޅީ ގުޅުން ކެނޑުން ނޫންކަމެއް ނުވާނެ!

ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު އަންހެން ދަރިން، އެމީހުންނަށް ކަމުދާ ފިރިހެނަކު ފެނިއްޖެނަމަ ލޯބިވާނެއެވެ. އެފަދަ ކަމެއް ހިނގައިފިނަމަ މައިންބަފައިންގެ ވާޖިބަކަށްވާންވީ ވަޤުތު ނަގާނުލައި އަވަހަށް އެމީހެއްގެ ޢާއިލާ އާއި ބައްދަލުކޮށް ޢާއިލާ ދެނެގަތުމެވެ. އެމީހެއްގެ ޙަޤީޤަތް ދަސްކުރުމެވެ. 

އެކަމަށް ފަސްޖެހި ފަހަތުފަޔަށް ބުރަވެގެން ތިއްބައި އެދެމީހުންގެ ގުޅުން ދާންވީހިސާބަކަށް ދިއުމުން އެކަމުގެ ތެރެއަށް ވަދެ ފާޑުކިޔަން އުޅުނަސް އެކަމުން ކުރާނެ މާބޮޑު ފައިދާއެއް ނުއޮންނާނެއެވެ. ލޯބީގެ އަވާގައި ޖެހި ކަންކަން ކުރިއަށް ދިއުމުން ދެން އެކަން ހުއްޓުވަން އުޅުމުން ކުރާ ފައިދާއަށްވުރެ ލިބޭނެ ގެއްލުން މާބޮޑުވާނެތީއެވެ.  

މީގެ އެންމެ ހިތާމަހުރި ކަންކަން މެދުވެރިވަނީ ދަރިން ތަރުބިއްޔަތުކުރެވޭ ގޮތަކުންނެވެ. އެމީހުންގެ ސިއްރުތައް މައިންބަފައިންނާއި ޙިއްޞާކުރަން ބިރުގަންނަ ގޮތަށް ދަރިން ތަރުބިއްޔަތުކުރެވޭތީއެވެ. މިފަދަ ޒަމާނެއްގައި ދަރިން ތަރުބިއްޔަތުކުރަންވާނީ އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. އަނހެންދަރިންގެ ބެސްޓް ފްރެންޑަކީ މަންމަކަމަށްވެގެންނެވެ. ދަރިން އެމީހުންގެ ސިއްރުތައް ބިރެއްނެތި ޙިއްޞާކުރާނީ އެއިރުންނެވެ. 

ދެން ވިސްނާލަންޖެހޭނެ ކަމަކީ ބޮޑެތި މީހުންނަށް، މައިން ބަފައިންނަށް ﷲ ތަޢާލާގެ އެންގެވުން، ޤުރްޢާނަށް ޢަމަލުނުކުރެވިގެން އުޅޭއިރު މައިންބަފައިން ބުނާ ގޮތަށް ދަރިން އުޅޭނެ ކަމަށް ޤަބޫލުކުރަންވެދާނެ ހެއްޔެވެ؟ ވީމާ މައިންބަފައިންގެ ބަސް ދަރިން ޤަބޫލުނުކޮށްގެން ކުރެވެން އޮތީ ކޮން ޝަކުވާއެއް ހެއްޔެވެ؟  

ދިރިއުޅުމުގެ ހުރިހާ ކަންކަމުގައިވެސް ކުރިއެރުން ލިބެން އޮތީ ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކޮށްގެންނެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރާ ޢާއިލާތަކުގައި ހިތްހަމަނުޖެހިގެން ކަންބޮޑުވާންޖެހޭ ކަންކަން ވަރަށް މަދުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން