ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ބޮޑަށް ލިބޭ މީހަކަށްވާން ކުރަން އޮތް ޢަމަލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ބޮޑަށް ލިބޭ މީހަކަށްވާން ކުރަން އޮތް ޢަމަލު!

އިސްތިޣްފާރުކުރުމާ ތައުބާވުމުގެ ހުރި ތަފާތަކީ ކޮބައިތޯ؟ ނުވަތަ އެއީ އެއްކަމެއްތޯ؟ ބައެއް މީހުން ސުވާލުކުރެއެވެ. އެހެންވެ ބުނެލަމެވެ.  

ރަނަގަޅަށް ވިސްނައިލާށެވެ! އިސްތިޣްފާރުކުރުމާ ތައުބާވުމަކީ ތަފާތު ދެކަމެކެވެ. އިސްތިޣްފާރުކުރުމަކީ ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމެވެ. ތައުބާގެ މާނައިގައި އެމީހަކު އެނބުރި ތަޢާލާގެ މަގަށް ރުޖޫޢަވުމާއި ހެޔޮ ޢަމަލުތައްކުރުން ހިމެނެއެވެ. އަދި ފާފަނުކުރުން މަތީގައި ދެމިހުރުންވެސް ހިމެނެއެވެ.  

ތައުބާވާމީހުންދެކެ ﷲ ތަޢާލާ ބޮޑަށް ލޯބިވެވޮޑިގަންނަވަނީ އެމީހަކުމ ކުރަމުން އައި ފާފަތައް ކުރުން ހުއްޓާލައި އަދި ހެޔޮ ޢަމަލުތައްވެސް ކުރާތީއެވެ. ތައުބާވާމީހުންނަށް ކުރެވިފައިވާ ފާފަތައް އެއީ ހެޔޮ ޢަމަލުތަކަށް ބަދަލުކޮށްދެއްވަވަނީވެސް އެހެންވެގެންނެވެ. އެމީހުންނަށް ފާފަކުރެވެން އޮއްވައިމެ ﷲ ތަޢާލާއަށް ބިރުވެތިވެ، ﷲ ތަޢާލާއަށް ލޯބިން ފާފަކުރުން ހުއްޓައިލާތީއެވެ. އަދި ހެޔޮޢަމަލުތައްވެސް ކުރާތީއެވެ.  

ވީމާ އަހުރެމެންނަށް ފުރަތަމަ ކުރަންޖެހޭނެ ކަމަކީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުން އޮތީ ތައުބާވެ ހެޔޮ ޢަމަލުކުރުންމަތީގައި ދެމިހުރެގެންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން