ލޮބެވެތި ކަނބަލުންނޭވެ! ﷲ އަށްޓަކާ މިސްކިތެއް ކުނިކަހާލަދެވުނަސް އެކުރެވުނީ ރަން ޓަނަކަށްވުރެވެސް މާއަގުހުރި މަސައްކަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ލޮބެވެތި ކަނބަލުންނޭވެ! ﷲ އަށްޓަކާ މިސްކިތެއް ކުނިކަހާލަދެވުނަސް އެކުރެވުނީ ރަން ޓަނަކަށްވުރެވެސް މާއަގުހުރި މަސައްކަތެއް!

އެއިރެއްގައި އޮންނަ ނިޒާމުގެ ތެރެއިން މިސްކިތް ސާފުކުރުން ވަޒީފާއަކަށް ހަދައިގެން މުސާރަލިބޭ ގޮތަށް ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މިސްކިތް ސާފުކުރުމާއި މިސްކިތް ބެލެހެއްޓުމަކީ ހިލޭސާބަހަށްވެސް ކުރަން އެންމެ ފައިދާހުރި މަސައްކަތެވެ.

އަހަރެމެން ދިރިއުޅޭ ގޭގެ ޢާއި ވަރަށް ގާތުގައިވެސް މިސްކިތްތައް އެބަހުއްޓެވެ. ގޭދޮށް ކުނިކަހާ ސާފުކުރާއިރު އެމިސްކިތުގެ ސަރަޙައްދު ކުނިކަހައި ސާފުކޮށްލައިދެނީ މަދު މީހެކެވެ. މިއީ މިކަން މީގެ ދުވަސްކޮޅެއް ކުރިން އޮތް ގޮތެއް ނޫނެވެ. މީސްތަކުންގެ ވިސްނުމަށް އައިސްފައިވާ ބަދަލުތަކުގެ ތެރެއިން ނުކޮށް ދޫކޮށްލެވިފައިވާ މަތިވެރި އަޅުކަމެކެވެ.

ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ ގެ މިސްކިތްކޮޅު ބަލަހައްޓަން އުޅުނު ކަޅު އަންހެނާގެ ވާހަކައަކީ ހުރިހާ މުސްލިމުންހެން ދަންނަ ވާހަކައަކަށްވެދާނެއެވެ. ނަމަވެސް ފާހަގަކޮށްލަން ބޭނުން ބައެއް ކަންކަން ހުރުމުން ފާހަގަކޮށްލާނަމެވެ.

އޭނާއަކީ ކަޅު (ބަބުރު) އަންހެނެކެވެ. އޭނާކޮށްއުޅުނު މަސައްކަތަކީ ރަސޫލް ﷺ ގެ މިސްކިތްކޮޅުން ކުނި ނަގައި ސާފުކުރުމެވެ. އޭނާ މަރުވީ ރޭގަނޑުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާއަކީ ވަރަށް އާދައިގެ އަންހެނަކަށްވުމުން އޭނާ މަރުވުމުން ޞަޙާބީން އޭނާ ވަޅުލީ ރަސޫލް (ﷺ) އަށް ނުދަންނަވައެވެ.

އަނެއް ދުވަހު މިސްކިތުން އޭނާ ފެނިވަޑައިނުގަތުމުން ރަސޫލް ﷺ އޭނާގެ ޚަބަރަކީ ކޮބައިތޯ ޞަޙާބީންނާއި ސުވާލުކުރެއްވެވިއެވެ. ކަންހިނގައިދިއަގޮތުގެ ވާހަކަ ދެންނެވުމުން ހިތްޕުޅުހަމަޖެހިވަޑައިނުގެން ހުންނަވައި ރަސޫލް ﷺ އަށް ނުދަންނަވައި ޖަނާޒާގެ ކަންތައް ފުރިހަމަކުރެއްވެވީ ކީއްވެގެންތޯ ސުވާލުކުރެއްވެވިއެވެ.

އެއަށްފަހު ޞަޙާބީންނާއިއެކު ވަޑައިގެން ޢޭނާގެ މަހާނަ ކައިރީގައި ހުންނަވައި އޭނާގެ މައްޗަށް ގިނިކަންޏާ ކަށުނަމާދުކުރެއްވެވިއެވެ. އެހިސާބުން އެނގިގެން އެދިއައީ އޭނާއަށް ސުވަރުގެ ދެއްވަވާނެ ކަމެވެ.

މިސްކިތްތައް ކުނިކަހައި ސާފުކޮށްދޭންވީ ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދިގެންނެވެ. މަރުވުމުން އެކަމުގެ ފައިދާކުރާނެ ކަމަށް އުންމީދުކޮށްގެންނެވެ. މަރުވުމުން ރަޙްމަތުގެ މަލާއިކަތުން ތިމާއަށް މަރުޙަބާ ވިދާޅުވުން އެދިގެންނެވެ.

ފާހަގަކުރަން ބޭނުންވަނީ:

--ގައިގެ ކުލަ ދޮންވުމަކުން ލިބޭ މަތިވެރިކަމެއް ނެތްކަމެވެ. ހުރިހާ މަތިވެރިކަމެއް ލިބުންވަނީ ތަްްވާވެރިކަމުންކަމެވެ.

--މިސްކިތް ސާފުކުރުމުގެ މަސައްކަތަކީ އަންހެނުންނަށްވެސް ކުރެވޭނެ މަސައްކަތެއްކަމެވެ. ފިރިހެނުންގެ މިސްކިތް ސާފުކުރުމަކީ ހަމައެކަނި ފިރިހެނުން ކުރަން އޮތް މަސައްކަތެއް ނޫންކަމެވެ.

--އޭނާގެ ދަރަޖަ އެހައި މަތިވެރިވެގެންއެދިއައީ މިސްކިތް ސާފުކޮށް ބެލެހެއްޓުމުންނެވެ. ވީމާ ﷲ ތަޢާލާއަށްޓަކައި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަކީ މީހަކަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތްކަމެވެ. ސުވަރުގެ ލިބުން އުންމީދުކޮށްގެން ކުރަން އޮތް މަސައްކަތެއްކަމެވެ!

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން