ދަރިން ސްކޫލަށްދާން ދެކޮޅުހަދައި ނުކިޔަވަން އުޅޭނަމަ އެސްފީނާއާއި އެހެންވެސް ނުބައި ކަންކަމުން ސަލާމަތްކުރެއްވެވުން އެދި މިދުޢާ ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ދަރިން ސްކޫލަށްދާން ދެކޮޅުހަދައި ނުކިޔަވަން އުޅޭނަމަ އެސްފީނާއާއި އެހެންވެސް ނުބައި ކަންކަމުން ސަލާމަތްކުރެއްވެވުން އެދި މިދުޢާ ކުރައްވާ!

ސްކޫލަށް ގޮސް ކިޔަވައި ފިލާވަޅުތައް ދަސްކުރަމުން އަންނަ ކުދިންނަށް ކުއްލިއަކަށް ބަދަލުތަކެއް އައިސް ސްކޫލަށްދާން ދެކޮޅުހަދައެވެ. ކިޔެވުން މަތިން ފޫހިވެ ފިލާވަޅުތައް ދަސްނުކުރަން އުޅެއެވެ. މިޙާލަތުގައި ކުރެވިދާނެ ކަމަކީ ކޮބައިތޯ؟ ވަރަށް ގިނަ ބެލެނިވެރިން ސުވާލުކުރައްވައެވެ.  

ޖަވާބުގައި ދަންނަވާލަން އޮތީ އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އިތުބާރުހިފޭ، ރުޤްޔާކުރާ މީހެއްގެ ލަފާ ހޯދައިލުން ބުއްދިވެރިއެވެ. އަދި މިދުޢާވެސް ކުރައްވަމުން ގެންދަވާށެވެ! ދަރިންނަށް އެންމެ މުހިންމީ މައިންބަފައިންގެ ދުޢާއެވެ.  

ދަރިން އެސްފީނާ އާއި ޝައިޠޯނާގެ ނުބައިކަމުންނާއި ވިހަލާތަކެތީގެ ކިބައިންނާއި މިފަދަ އެންމެހައި ކަންކަމުން ސަލާމަތްކުރުމަށްޓަކައި އެންމެ މުހިންމީ މައިންބަފައިންގެ ދުޢާއެވެ.  

ކާފަ ދަރިކަލުން، ޙަސަނުގެފާނާއި ޙުސައިންގެފާނަށްޓަކައި ރަސޫލް މިފަދައިން ދުޢާކުރެއްވެވިއެވެ. އަދި ޙަދީޘްފުޅުން އެނގެން އޮތީ ދަރިކަލުން އިސްމާޢީލްގެފާނާއި އިސްޙާޤްގެފާނަށްޓަކައި އިބްރާހީމްގެފާނު ވެސް މިފަދައިން ދުޢާކުރެއްވެވިކަމެވެ.  

أُعِيذُكُمَا بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ 

ވީމާ އަހަރެމެންނަށްވެސް އޮތީ ހަމަ މިފަދަ ދުޢާތައް ކުރުމެވެ. ުންނަތުން އެނގެން ހުރި މިފަދަ ކޮންމެ ދުޢާއަކީ ދަރިންގެ ސަލާމަތަށްޓަކައި ބޭނުންކުރަން އޮތް އައްޑަނައެކެވެ.  

قال عبد الله بن عباس رضي الله عنهما: كان رسول الله صلى الله عليه والسلام يعوذ الحسن والحسين رضي الله عنهما: ” أُعيذُ كما بكلماتِ اللهِ التامة، من كل الشيطان وهامة، ومن كل عين لامَة “ ويقول : إن أباكم كان يعوذ بهما إسماعيل وإسحاق

( البخاري:3371، الترمذي:2060)

Narrated Ibn `Abbas:

The Prophet used to seek Refuge with Allah for Al-Hasan and Al-Husain and say: "Your forefather (i.e. Abraham) used to seek Refuge with Allah for Ishmael and Isaac by reciting the following: 'O Allah! I seek Refuge with Your Perfect Words from every devil and from poisonous pests and from every evil, harmful, envious eye.' "

މިއަދު އޮންލައިން