ކޮންމެ މުސްލިމަކުވެސް ފަތުރަންވީ މިމެސެޖް! މިފަދަ މެސެޖްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ކޮންމެ މުސްލިމަކުވެސް ފަތުރަންވީ މިމެސެޖް! މިފަދަ މެސެޖްތައް!

އިސްލާމް ދީނަށް ނަޞްރުދޭން މަސައްކަތްކުރަންވީ ތިމާގެ ފައިދާއަށެވެ. އެކަމަށް ﷲ ތައާލާގެ ޙަމްރަތުން ތިމާއަށް ދެއްވަވާނެ ޘަވާބަށް އެދިގެންނެވެ. ޔަޤީންވާ ކަމަކީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ މީހަކަށް ﷲ ތަޢާލާ ނަޞްރު ދެއްވަވާނެ ކަމެވެ. އިން ޝާ ﷲ 

އިސްލާމް ދީން ކުރިއަރައިގެންދާތީ ކަންބޮޑުވެ ޢަދާވާތްތެރިވެގެން އުޅޭ މީހުން އަބަދުވެސް އުޅޭނެއެވެ. އެހެނަސް އެމީހުން ކުރާ މަސައްކަތްތައް ދަނީ ފޭލްވަމުންނެވެ. ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތަކުގެ 95 އިންސައްތަ މަސައްކަތްކުރަނީ އިސްލާމް ދިނާއި ދެކޮޅަށް ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. އެހެންކަމާއިއެކުވެސް މުޅި ދުނިޔެއަށް ބެލިނަމަވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަނީ އިސްލާމް ދީނެވެ. 

ތިމާ މަޝްހޫރުވާނެ ގޮތެއް ހޯދަން މީސްތަކުންގެ ކުރިމަތީގަ ކުރާ ކަމެއްގެ ސަބަބުން ހަމަ އެދުވަހުވެސް އެތައް ސަތޭކަ ބައަކު އިސްލާމްވަމުން އަންނަތަން މިއަންނަނީ ފެންނަމުންނެވެ. ކޮންމެ އަހަރަކު އެތައް ސަތޭކަ ބައަކު އަލަށް އިސްލާމްވެއެވެ. މިފަދަ ހުރިހާ ކަމަކުންވެސް އެނގިގެންދަނީ ބައަކު ކިތަންމެ މަސައްކަތްތަކެއް ކުރިޔަސް ﷲ ތަޢާލާގެ ދީން ނިކަމެތި ނުކުރެވޭނެ ކަމެވެ. 

މުސްލިމުންގެ މުދަލަށް ގެއްލުންދެވިދާނެއެވެ. މިސްކިތްވެސް ތެޅިދާނެއެވެ. އެއީ ކާފިރުންގެ އާބާދީ ގިނަވުމުގެ އިތުރުން މުސްލިމް އުންމަތުގެ ވެރިންނަށް ތިބި ގިނަ ބައެއްގެ ކިބައި އެއްވެސް ހަކަތައެއް ނެތުމުންނެވެ. ﷲ ތަޢާލާއަށް ގަންނަ ބިރަށްވުރެ ކާފިރުންނަށް އަޅުވެތިނުވެއްޖެނަމަ ވެރިކަން ގެއްލިދާނެތީ ގަންނަ ބިރު ބޮޑުކަމުންނެވެ. 

ތިރީގައިވާ ލިޔުމަކީ ގިނަ ފިލާވަޅުތަކެއް ލިބިގެންދާނެ ލިޔުމެކެވެ! އިން ޝާ ﷲ 

"ކްރިސްޓިއަން ދީން އަމިއްލައަށް ދޫކޮށްލައި އިސްލާމްވުމަށްފަހު އުޚުތު އާލާ މުޅި ދުނިޔެއަށް ގޮވާލަނީ ތިމާއަށް ބޮޑު ކަމެއް ޖެހެންދެން ނުވަތަ ޢަޖައިބުކުރުވަނިވި ހުވަފެނެއް ފެންނަންދެން މަޑުނުކުރާށެވެ." 

"އަހަރެންނަކީ ކުރިން ވަރަށް ކަންބޮޑުވެގެން އުޅުނު އަންހެނަކީމެވެ. ވަރަށް ރުޅިވެސް ގަދަވެއެވެ. ނަމަވެސް ﷲ ތަޢާލާގެ ދީނަށް ވަދެވުމާއިއެކު ހިތްހަމަޖެހުން ލިބިއްޖެއެވެ. ހާސްވެ ކަންބޮޑުމާއި ރުޅިއައުން މުޅިން ފިލައިގެން ހިނގައްޖެއެވެ." 

މިއީ އަލަށް އިސްލާމްވި ޔޫކްރޭނަށް ނިޞްބަތްވާ ޢާލާ މުޅި ދުނިޔެއަށް ދޭން ބޭނުންވި މެސެޖެވެ. 

އާލާ އިސްލާމްވި ސަބަބެއްކަމަށް ބުނީ ފާފަ ފުއްސަވައިދެއްވެވުން އެދި ދަންނަވަން ފާދިރީން މެދުވެރިކުރަންޖެހުނު ނަމަވެސް އެމީހުންނަށް އެކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށް ބުނުމެވެ. އެހެންވެ ސީދާ ﷲ ތަޢާލާއަށް ދަންނަވައި މުޢާމަލާތުކުރެވޭ ދީނެއް އިޚްތިޔާރުކުރީކަމަށެވެ. 

އަޅުގަނޑުމެން މިތިބީ ﷲ ތައާލާއަށް އީމާންވެ މުސްލިމުންގެ ގޮތުގައެވެ. ކޮށްލަން ޖެހޭ ކަމަކީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެލުމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ ފުރިހަމަ ގޮތުގައި ޢަމަލުކުރުމެވެ. އެއިރުން އާލާފަދައިން އަޅުގަނޑުމެންގެ ކަންބޮޑުވުންތައްވެސް ފިލައި ހިތްހަމަޖެހުން ލިބިގެންދާނެއެވެ. އިން ޝާ ﷲ 

އަޅުގަނޑުމެން ވެސް އެކަކު އަނެކަކަށް މިމެސެޖް ދޭން އެބަޖެހެއެވެ. ޢިބާރާތުގެ ކުޑަކުޑަ ތަފާތަކާއިއެކުގައެވެ. "ބޮޑުކަމެއް ޖެހެންދެން މަޑުނުކޮށް އަވަހަށް ތައުބާވާށެވެ! ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވާށެވެ. ހުރިހާ ކަންބޮޑުވުންތާއި ހާސްކަން ފިލައިގެންދާނެތެވެ! އިން ޝާ ﷲ"

މިއަދު އޮންލައިން