ނަމާދުކުރުމުން ދުނިޔޭގަ ލިބޭ އެންމެ ބޮޑު ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ނަމާދުކުރުމުން ދުނިޔޭގަ ލިބޭ އެންމެ ބޮޑު ފައިދާ-

ތިބާއަށް ބޭނުންވެގެންހުރީ ކޮން ކަމެއް ކަމާއިމެދު ނުވެސް ވިސްނާށެވެ. މިޘާލަކަށް ތިމާއަށް ބޭނުންވެގެން މިއުޅެނީ މިވެނި ކަމެއް ކަމާއި އެކަން ޙާޞިލްކުރަން ތިމާއަށް ކުރެވޭނީ ކޮންކަމެއް ކަމާއިމެދު ނުވެސް ވިސްނާށެވެ.  

ތިބާއަށް ބޭނުންވެގެން ހުރީ ކޮންމެ ކަމެއް ނަމަވެސް އަދި އެކަން ޙާޞިލްކުރަން ތިބާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމަކީ މައްސަލައެއް ކަމަށް ހީވެސް ނުކުރާށެވެ! ބުނަން މިއުޅެނީ ތިބާއަށް ކުރެވޭނެ ކަމެއްގެ ވާހަކައެވެ.  

ފުރަތަމަ ކަމަކަށްވެސް ތިބާއަކީ ނަމާދުތަކަށް ރައްކައުތެރިވާ އަދި ވަޤުތުޖެހުމުން ނަމާދުކުރަން އަވަސްވެގަންނަ މީހަކަށްވާށެވެ. އަދި ނަމާދުކުރުމުގައި އިޚްލާޞްތެރިވެ ވީހައި ފުރިހަމައަށް ނަމާދުކުރަން މަސައްކަތްކުރާށެވެ. މިއީ އިޚްލާޞްތެރިކަން ހުރިނަމަ ހަމަ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ.  

މިބުނި މަގުން ތިބާ ނަމާދުކުރަން ފަށައިފިނަމަ ތިބާގެ ބޭނުންތައް ﷲ ތަޢާލާ ދުނިޔޭގައިވެސް ފުއްދަވައިދެއްވަވާނެތެވެ. އެކަން މިހައި ޔަޤީންކަމާއިއެކު މިބުނަނީ "ތިއަބައިމީހުން ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާޤިއެދޭށެވެ!" ވަޙީކުރައްވަވާފައި ތުމުންނެވެ. މިފަދައިން ވަޙީކުރައްވަވާފައި އޮތުމުން އިތުރަށް ވިސްނާކަށް ނުޖެހެއެވެ. ޝައްކުކުރާކަށްވެސް ނުޖެހެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން