އަނބިމީހާ ކަރުނައަޅަމުން، ފިރިމީހާ މޫނުކުނިކޮށްގެން އެކުގަ ޢުމުރަށް އުޅުނަސް އެއީ ކާމިޔާބު ކައިވެންޏެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަނބިމީހާ ކަރުނައަޅަމުން، ފިރިމީހާ މޫނުކުނިކޮށްގެން އެކުގަ ޢުމުރަށް އުޅުނަސް އެއީ ކާމިޔާބު ކައިވެންޏެއް ނޫން!

ބައެއް މީހުންނަށް ވިސްނޭ ގޮތުގައި ދެމަފިރިއަކު ޒަވާޖީ ޙަޔާތުގައި ދެމަފިރިން ވަކިނުވެ ގިނަ ދުވަސްތަކެއް ހޭދަކޮށްފިނަމަ އެއީ ވަރަށް ކާމިޔާބު ދެމަފިރިންނެވެ. އެދެމަފިރިންގެ ޒަވާޖީ ޙަޔާތަކީ ވަރަށް ކާމިޔާބު ޙަޔާތެކެވެ.  

އެއީވެސް ކާމިޔާބީއެއް ނޫންކަމަށް ބުނާކަށް ނެތީމެވެ. އެހެނަސް އެވަރަކުން އަދި ނުފުދެއެވެ. އެއަށްވުރެ ބޮޑަށް ބަލަންޖެހޭނެ ކަންތައްތަކެއްވެސް އެބަހުއްޓެވެ.  

ޒަވާޖީ ހަޔާތުގައި ދެމީހުން ވަކިނުވެ 20 އަހަރުވީއެވެ. 4، 5 ދަރިން ވަނީ ލިބިފައެވެ. އަނބިމީހާ އިންނަނީ އަބަދު ހިތާމައިގައެވެ. ލޮލުން ކަރުނަ އޮހޮރައޮހޮރައެވެ. ފިރިމީހާ ހުންނަނީ ހިތް ނުތަނަވަސްވެ ކުނިމޫނު ދައްކައިގެންނެވެ. ދެމަފިރިންގެ މެދުގައި ލޯބީގެ ކަންފުޅެއްވެސް ނެތެވެ. އަޅާލުމާއި އެހީތެރިވުމެއް ނެތެވެ.  

އެފަދަ ގޮތަކަށް ދިރިއުޅޭ ދެމަފިރިއަކު އެކުގައި 40، 50 އަހަރު ވޭތިކުރިއްޔާ އެއީ ކާމިޔާބު ޒަވާޖީ ޙަޔާތަކަށްވާނެހެއްޔެވެ؟ އެފަދަ ޙާލުގައި ދިރިއުޅުމަކީ ލިބޭނެ އެންމެ ބޮޑު އަނިޔާ ނޫންހެއްޔެވެ؟  

ވީމާ ޒަވާޖީ ޙަޔާތުގެ ކާމިޔާބުކަމަކީ ހަމައެކަނި ދެމީހުން ވަކިނުވެ އެކުގައި އުޅުން ކަމަށް ބަލައިގެން ލިބޭނެ ކުރިއެރުމެއް ނެތެވެ. ޒަވާޖީ ޙަޔާތުގެ ކާމިޔާބީއަކީ ދެމީހުންނަށްވެސް ލޯބިލިބިގެން، އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ދީގެން އެކުވެރިކަމާއިއެކު ދިރިއުޅެވުމެވެ.  

އަބަދު އެންމެ އުފަލުގައި ނުތިބެވިދާނެއެވެ. ނަމަވެސް އަބަދު ހިތާމަ އާއި ކަންބޮޑުވުމުގައި އުޅެންޖެހިގެން ނުވާނެއެވެ. މަޗްވަރާކޮށް ޙައްލުހޯދަންވާނެއެވެ. ނޫންނަމަ އެކުގައި އުޅުމަކުން ކުރާނެ ފައިދާއެއް ނެތެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން