ސުވަރުގެ ވަނުމަށް ބޭނުންވާ ވިސާ ޖަހަން އޮތް ދެ ގޮތް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ސުވަރުގެ ވަނުމަށް ބޭނުންވާ ވިސާ ޖަހަން އޮތް ދެ ގޮތް: މުފްތީ މެންކް

ސުވަރުގެ ވަނުމަށް ބޭނުންވާ ވިސާ ޖަހައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދެވުނު ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނެތެވެ. ޤިޔާމަތް ދުވަހު ތިބާގެ ފޮޓޯޖެހި ޕާސްޕޯޓެއް ބޭނުމެއް ނުވާނެއެވެ. ތިބާގެ ޕާސްޕޯޓަކީ ތިބާ ކުޅަ ޢަމަލުތަކުގެ ފަތެވެ. ވިސާ ޖަހަން މިޖެހެނީ އެފަތުގައެވެ. 

އެކަމަށް އޮތްމަގަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމެވެ. އެއީ ނަހީކުރެއްވެވި ކަންކަމުން ދުރުހެލިވެހުރުމާއި ކުރަން އަމުރުފުޅު ކުރެއްވެވި ކަންކަން ކުރުމެވެ. 

ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން މިކަންކަމަށް ފޭލްވި މީހާއަށްވެސް ވިސާލިބޭނެ މަގު އޮތީ ދައްކަވައިފައެވެ. އެއީ ކުރެވުނު ފާފަތަކަށް ތައުބާވުމެވެ. ފާފަކުރެވުނަސް ތައުބާވާ މީހުންނަށް އެއޮތީ ވިސާ ލިބިފައެވެ. 

ލިބުވެތި އެކުވެރިންނޭވެ! މިއަދުވެގެން މިއުޅޭ ގޮތަކީ އަހުރެމެންގެ ބިޒީކަން މާބޮޑުވީއެވެ. އިސްލާމް ދީނާއި އަދި ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދު ވިސްނައިލާނެ ވަޤުތުނުވަނީއެވެ. އެހެންވެ މިކަންކަން ނުއެނގެނީއެވެ. ކޮންމެ ދުވަހަކުވެސް ފަތިސްނަމާދަށްފަހު ޤުރްއާނުން މިންވަރެއް ކިޔަވައި މާނަކިޔައިލާނަމަ ސުވަރުގެ ވަދެވެން އޮތް ފަސޭހަކަން އެނގިގެންދާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން