ބޮޑު ބައްޔެއްގައި އުޅެންޖެހިއްޖެނަމަ އެއީ ކުރިމަތިލކުރެއްވެވި ކޯފާއެއް ކަމަށް ނުވަތަ މުޞީބާތެއްކަމަށް ވިސްނޭނަމަ އެއީ ވަރަށް ދެރަ ކަމެކެވެ. އެއީ ލައްވަވާ ވަރަށް ބޮޑު ރަޙްމަތެކެވެ. އެކަން ޤަބޫލުކުރެވޭނީ ވިސްނައި ފިކުރުކުރާ މީހަކަށެވެ.
ފުރަތަމަ ކަމަކީ ކަސްޓެއް ހެރިގެން ތަދުވިނަމަވެސް އެތަދާއި އެއްވަރަށް އެމިހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެކަމަށް ޙަދީޘްފުޅުގައި އޮތްކަމެވެ. އެހެންކަމަށްވާއިރު ބޮޑު ބައްޔެއްގައި އުޅެންޖެހި ވޭން އުފުލަން ޖެހިއްޖެނަމަ ފާފަތައް ފުހެވިގެންދާނެ މިންވަރު ހިތަށް ގެންނާށެވެ.
ދެވަނަ ކަމަކީ ގިނަގިނައިން ﷲ ތަޢާލާގެމަތިން ހަނދާންވާނެ ކަމެވެ. ޛިކުރުތައް ކިޔަން ބޭނުންވާނެކަމެވެ. އެކަންކަމުގެ ސަބަބުންވެސް މީހާގެ ފާފަތައް ފުއްސަވައި ދެއްވަވައި ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވުމުގެ ފުރުޞަތު ބޮޑުތަނުން އިތުރުވެގެންދާނެ ކަމެވެ.
ވީމާ ބަލިޙާލެއްގައި އުޅެންޖެހިއްޖެނަމަ ބޭކާރު ވާހަކަދެއްކުން މަދުކުރާށެވެ. ޢަމުދުން ޝަކުވާގެ ބަހެއްވެސް ނުބުނާށެވެ. ޛިކުރުކުރުމުގައި ގިނަ ވަޤުތު ހޭދަކުރާށެވެ. ވީހާ ގިނަ ޘަވާބު ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށްދާން ގަދައަޅައި މަސައްކަތްކުރާށެވެ.
ބޮޑު ބައްޔެއްގައި އުޅެންޖެހުމަކީ ކުރިން އަޅުކަމާއި ދުރުގައި ތިބެވޭ މީހުންނަށް އަޅުަކްނކުރުން ގިނަކުރަން ލިބޭ ރަނުގެ ފުރުޞަތެކެވެ. ވީމާ ފުރުޞަތުގެ ބޭނުން ހިފާށެވެ. ހެޔޮލަފާ ނިމުމެއް ދެއްވެވުން އެދިގެން މަސައްކަތްކުރާށެވެ. އެގޮތުން ކުރާ މަސައްކަތަކީ ބައްޔަށް ޝިފާ ދެއްވަވާ ސަބަބުކަމުގައިވެސް ވެގެން ހިނގައިދާނެއެވެ. އިން ޝާ ﷲ
ހަމަ އެއާއިއެކު އެންމެ ފަހުނޭވާއާއި ހަމައަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައިނުލާށެވެ. ބައްޔަށް ޝިފާ ލިބުމަކީވެސް ރަހްމަތެކެވެ. ދުނިޔެ ދޫކޮށް ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތަސް ދާންޖެހުމަކީ މާބޮޑު ރަހްމަތެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ. އޭނާއަށް ކެންސަރު ޖެހުން ވެގެންދިއައީ އިސްލާމްވުމަށް މެދުވެރިވި ސަބަބު ކަމުގައެވެ.
އޭނާއަކީ ކްރިސްޓިއަނަކެވެ. އަޅައިލާނެ މީހަކު ނެތް އެކަނިވެރިއެކެވެ. އޭނާގެ އެކުވެރިންކަމުގައިވީ އޭނާއާއިއެކު ސްޕަމާކެޓްގައި ަމސައްކަތްކުރާ މުސްލިމް މުވައްޒިފުންނެވެ.
އޭނާއަށް ކެންސަރުޖެހި މަރާ ހަނގުރާމަކުރަންޖެހުނީއެވެ. އޭނާ ބޭނުންވީ އޭނާ މަރުވުމުން ކރިޓިއަން ފައްޅިއެއްގައި ވަޅުނުލައި މުސްލިމުންގެ ސަހަރާއެއްގައި ވަޅުލުމަށެވެ. އެކުވެރިން ބާރު އެޅުމުން އޭނާ ޝަހާދަތް ކިޔައި އިސްލާމްވީއެވެ. އިސްލާމްވިތާ 24 ގަޑިއިރުގެ ތެރޭގައި ދުނިޔެ ދޫކުރީއެވެ.
ޓިވީޓުގައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ! މެޝިންތަކުގެ އެހީގައިވެސް ނޭވާލެވެމުން ނުލެވެމުން އޭނާ ޝަހާދަތްކިޔާ އަޑު އައްސަވައިލައްވާށެވެ!
މިވާހަކަކޮޅު ކިޔުންތެރިންނަށް ޙިއްޞާ މިކުރަނީ ވަރަށް މުހިންމު މަޤްޞަދެއްގައެވެ.
(1) އެކުވެރިން ކަމުގައި ހެޔޮލަފާ މުސްލިމުން ތިބެ ހެޔޮ ނަޞޭޙަތްދޭނަމަ އެކަމުގެ ފައިދާ ކުރާނެއެވެ. އިން ޝާ ﷲ .
(2) އޭނާ ކްރިސްޓިއަނުންގެ ޗާޗެއްގައި ނުވަތަ ކްރިސްޓިއަނުން ވަޅުލާ ޤަބުރުސްތާނެއްގައި ވަޅުލެވެން ބޭނުން ނުވީ ކީއްވެގެން ހެއްޔެވެ؟ އެއީ އޭނާގެ އެކުވެރި މުސްލިމުންގެ ކިބައިން އޭނާއަށް އެނގިފައިވާ ކަންތައްތަކެއްގެ ސަބަބުން ނޫންހެއްޔެވެ؟
(3) އެކުގައި ކާފިރުން އުޅޭނަމަ އެމީހުންގެ ގޮތަށް އަހުރެމެން ދީލައިލަންވީއެއް ނޫނެވެ. އަހުރެމެންގެ މަގަށް އެމީހުން ގެނެވޭތޯ ގަދައަޅައި މަސައްކަތްކުރަންވީއެވެ.
(4) ﷲ ރުހިވޮޑިގެންފި އަޅަކަށް ތެދުމަގުދައްކަވާނެތެވެ. ﷲ ގެ ރުހިވޮޑިގަތުން ލިބުންވަނީ އެމީހެއްގެ ހިތުން އެކަމަށް އެދުމުންނެވެ. މީސްތަކުންގެ ހިތްތައް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
<blockquote class="twitter-tweet"><p lang="en" dir="ltr">He died 24 hours after embracing Islam. <a href="https://t.co/iwpf6mauxI">pic.twitter.com/iwpf6mauxI</a></p>— ilmfeed (@IlmFeed) <a href="https://twitter.com/IlmFeed/status/1685611337546633221?ref_src=twsrc%5Etfw">July 30, 2023</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>