މިދުޢާ ވީހާ ގިނަބައަކަށް ފަތުރާށެވެ! ދުޢާކުރާ މީހާގެ ފަރާތުން އެތައްހާސް ބައަކަށް ދުޢާކުރިކަމުގެ ފައިދާ މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މިދުޢާ ވީހާ ގިނަބައަކަށް ފަތުރާށެވެ! ދުޢާކުރާ މީހާގެ ފަރާތުން އެތައްހާސް ބައަކަށް ދުޢާކުރިކަމުގެ ފައިދާ މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

ޔާ ﷲ! މިނިކަމެތި އަޅާގެ މިދުޢާ ފޯރާ އެންމެންނަށް ރަޙްމަތް ލައްވަވާނދޭވެ! އެބައިމީހުންގެ ފާފަތަކަށް ޢަފޫކޮށް ދެއްވަވާނދޭވެ! އެބައިމީހުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ކަންބޮޑުވުންތަކުން ސަލާމަތްކޮސްދެއްވަވާނދޭވެ!  

ޔާ ﷲ! އެމީހުންނަށް ތެދުމަގު ދައްކަވާނދޭވެ! އެމީހުންނަށް އަބަދުވެސް ރައްކައުތެރިކަން ދެއްވަވާނދޭވެ!  

ޔާ ﷲ! އެމީހުންގެ ހިތުގައި އަޅާ ވޭންތަކުން އެމީހުން ސަލާމަތްކޮށްދެއްވަވާނދޭވެ! އެކަމެއްގެ ވާހަކަ އިނބަ ﷲ ގެ ޙަޟްރަތުގައި ދަންނަވްން އެމީހުން ލަދުވެތިވެގެން ތިބި ހުރިހާ ކަމެއް އެމީހުންނަށް ހިންމަވައި ދެއްވަވާނދޭވެ!  

ޔާ ﷲ! އަތްމަތި ދަތި ޙާލުގައިވާ އެންމެންނަށް ތަނަވަސްކަން ދެއްވަވާނދޭވެ! ބަލިޙާލުގައިވާ އެންމެންނަށް ޝިފާ ދެއްވަވާނދޭވެ!  

ޔާ ﷲ! ތެދުމަގު ނުލިބި ތިބި އެންމެންނަށް ތެދުމަގު ދައްކަވާނދޭވެ! އެމީހުންގެ ދިރިއުޅުން ފަސޭހަކޮށްދެއްވަވާނދޭވެ! އެކަނިވެރިވާންޖެހުމުގެ މުޞީބާތުން ސަލާމަތްކޮށްދެއްވަވާނދޭވެ!  

ޔާ ﷲ! ކައިވެނިނުކުރެވި ތިބި އެންމެންނަށް ހެޔޮލަފާ ބައިވެރިއަކު ދެއްވަވާނދޭވެ! ކައިވެނިކޮށްގެން ތިބި އެންމެންގެ ކައިވެނީގައި ބަރަކާތް ލައްވަވާނދޭވެ! އަދި މިދުޢާކުރާ އެންމެންނަށް ސުވަރުގެ މިންވަރުކުރައްވަވާނދޭވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން