މީހެއްގެ ލޯބިވެރިއަކު ދެކެ ތިބާ ލޯބިވަމުން ތިބާގެ ޙައްޤުތަކުގެ ވާހަކަ ދެއްކީމާ ކުރާނީ ކޮން ފައިދާއެއް؟ ޙައްޤަށް އެދެވޭނީ ތެދުވެރިންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މީހެއްގެ ލޯބިވެރިއަކު ދެކެ ތިބާ ލޯބިވަމުން ތިބާގެ ޙައްޤުތަކުގެ ވާހަކަ ދެއްކީމާ ކުރާނީ ކޮން ފައިދާއެއް؟ ޙައްޤަށް އެދެވޭނީ ތެދުވެރިންނަށް!

ކައުންސިލިން ހޯދަން އަންނަ ބައެއް މީހުން ބުނާ ގޮތުން އޭނާ ލޯބިވީ އެހެން މީހަކުދެކެ ލޯބިވެގެން އެޅޭ މީހަކުދެއެވެ. އޭނާ ތިމާއަށް ލަނޑުދިނީއެވެ. އެފަދަ މީހުންނާ އަހުރެންކުރާ ސުވާލަކީ ބަލަ ތިބާވެސް އުޅުނީ ތިބާފަދަ މީހަކަށް ލަނޑެއް ދޭން ނޫންހެއްޔެވެ؟ އޭނާވެސް ހަމަ ތިއަ މައްސަލަ ހިފައިގެން އަންނާނެ ނޫންހެއްޔެވެ؟  

އަހުރެން އިލްތިމާސްކުރާނީ އެހެން މީހަކު ދެކެ ލޯބިވެގެން އުޅޭ މީހަކު ދެކެ ލޯބިނުވުމަށެވެ. ވިސްނާލަންވީ ތިމާ ލޯބިވެގެން އުޅޭ މީހަކުދެކެ މީހަކު ލޯބިވެގެން އޭނާ އަތުލައިގަންނަން އުޅޭނަމަ ތިމާގެ ހިތަށް ކުރާނެ އަސަރަށެވެ.  

މުޖުތަމަޢުތަކުގެ އާބާދީއަށް ބަލާއިރު ދެޖިންސުގެ ތަފާތު ބޮޑުވެ ލޯބިވާނެ މީހަކު ނުލިބިގެން އުޅެންޖެހޭވަރުގެ ބޮޑު ތަފާތެއް ނުފެނެއެވެ. އެހެންވީއިރު މީހަކު ލޯބިވެގެން އުޅޭ މީހަކު ދެކެ ލޯބިވެ ބޮޑު ކަންތައްގަނޑެއްގެ ތެރެއަށް ވަންޖެހެންވީ ސަބަބެއް ނުވިސްނެއެވެ.  

އަހުރެންގެ ނަޞީޙަތަކީ މީހަކު ދެކެ ލޯބިވެގެން އުޅޭ މީހަކު، އެއީ ތިބާއަށް ކިތަންމެ ކަމުދާ މީހަކު ނަމަވެސް، ތިބާއަށް ލޯބި ހުށަހަޅައިފިނަމަ ބުނާށެވެ. "ފުރަތަމަ ކަމަކަށް އެކަނިވެގެން އަންނާށެވެ. އަހުރެން ފަދަ އެހެން މީހަކާއި އެއްވެސް މައްސަލައެއް ޖެހޭކަށް ބޭނުމެއް ނޫނެވެ."  

ދެވަނަ ކަމަކީ މީހަކު ދެކެ ލޯބިވެގެން އުޅެމުން ތިބާއަށް ލޯބިހުށަހެޅި ފަދައިން ތިބާދެކެ ލޯބިވެގެން އުޅެމުން އެެހން މީހުންނަށް ލޯބިހުށަނުއަޅާނެކަމަށް އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ލޯބިވެރިޔާ ކަމުނުދާނަމަ އެކަން ދަމަހައްޓަންޖެހޭ ސަބަބެއް ނުވިސްނެއެވެ. އޮންނާނީ ވަކިވުމެވެ. އެެހން ލޯބިވެރިއަކު ހޯދަން އުޅެންވާނީ ވަކިވުމަށް ފަހުގައެވެ.  

އޭނާ ތިމާމިހުރީ އެކަނިވެގެން ކަމަށް ބުނެފިނަމަ އެކަން ޔަޤީންކުރާށެވެ. މީހަކު ބުނާހާ ވާހަކައެއް ޤަބޫލުނުކުރާށެވެ. އޭނާގެ ލޯބިވެރިޔާއާއި ސީދާ ވާހަކަ ދައްކަން ބޭނުން ނޫންނަމަ އެހެން ގޮތަކުން ނަމަވެސް ކަމުގެ ޙަޤީޤަތް އޮޅުންފިލުވާށެވެ. ނޫންނަމަ ގިނަ ފަހަރަށް އޮންނާނީ ޢުމުރަށްވެސް ހިތާމަކުރަންޖެހިފައެވެ. ޝަކުވާތަކުން ހިތް ސަލާމަތް ނުކުރެވިފައެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން 

މިއަދު އޮންލައިން