ފިރިމީހާއަށް ޚަރަދުނުކުރެވޭތީ ވަރިއަށް އެދުނު މައްސަލައެއްގަ ޝައިޚް ޢާޞިމް އަލްޙަކީމް ދެއްވި ޖަވާބު!

ކިޔުމަށް ހޭދަވާނީ 2މ 30ސ
ފިރިމީހާއަށް ޚަރަދުނުކުރެވޭތީ ވަރިއަށް އެދުނު މައްސަލައެއްގަ ޝައިޚް ޢާޞިމް އަލްޙަކީމް ދެއްވި ޖަވާބު!

ޢާއިޝަތު ރަފާޙް ޢަލީ

 

"އަޅުގަނޑުގެ ކައިވެނީގެ ދިރިއުޅުމާ ގުޅޭގޮތުން ޝެއިޚްގެ އަރިހުން ލަފައަކަށް އެދި ދަންނަވަމެވެ. އަޅުގަނޑުގެ ޙާލަތު ރަނގަޅަށް ދެނެގަތުމަށްޓަކައި، އަޅުގަނޑުގެ ހާލަތާ ބެހޭ ގޮތުން ކުރު މަޢުލޫމާތެއް ހިއްސާކޮށްލާނަމެވެ. 

އަޅުގަނޑު ކައިވެނިކުރީ 2015 ވަނަ އަހަރު އޮސްޓްރޭލިއާގައެވެ. އަދި އަޅުގަނޑަށް ދެ ދަރިން ލިބިފައިވެއެވެ، الحمدلله  އަޅުގަނޑު ފިރިއެއް އަދި ބައްޕައެއްގެ ހައިސިއްޔަތުން ޒިންމާ އަދާކޮށްފައިވާނެއެވެ. އޭގެ ތެރޭގައި އަޅުގަނޑުގެ ހަތަރު ސްޓެޕް ދަރިންނަށް އަޅާލުންވެސް ހިމެނެއެވެ. 

އެހެންނަމަވެސް، އަޅުގަނޑު ދާއިމީ ވިސާއެއްގައި ނޫޅޭތީ، އަޅުގަނޑުގެ އަމިއްލަ ޤައުމު ކަމުގައިވާ ޕާކިސްތާނަށް އެނބުރި ދާންޖެހުނީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އަޅުގަނޑުމެންގެ ގުޅުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވެއެވެ. މިހާރު އަޅުގަނޑުމެން ދެމަފިރިން ވާހަކަ ދައްކާ ހިސާބުގައިވެސް ނޫޅެމެވެ.

އަނބިމީހާ ބުނާ ގޮތުގައި އަޅުގަނޑު މިހާރު އާއިލާއަށް ޚަރަދު ނުކުރާތީއެވެ. އެހެންނަމަވެސް އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަދެމެވެ. އަޅުގަނޑު އަމިއްލައަށް ތަޢުލީމު ހާސިލުކުރަމުން އެބަދެމެވެ، އަޅުގަނޑުގެ ހުނަރުތައް އިތުރުކުރުމަށްޓަކައެވެ. އެއީ އަޅުގަނޑުގެ އަމިއްލަ ފައިސާގެ ބަދަލުގައި ބޭރު ފައިސާއިން އާމްދަނީ ހޯދުމަށްޓަކައެވެ. 

އެހެންނަމަވެސް އަޅުގަނޑަށް ހީވަނީ މިހާރު މާ ލަސްވެއްޖެހެންneވެ. އެހެންކަމުން، އަޅުގަނޑު ތިޔަ ބޭފުޅާގެ އިރުޝާދަށް އެދެމެވެ. އަނބިމީހާ މިހާރު ކުރިއަށް ދާން ބޭނުމެއްނުވެއެވެ. އަދި އަޅުގަނޑު ބޭނުމެއް ނޫން އޭނާ އެއްވެސް ފިޔަވަޅެއް އެޅުމަކަށް، އެއީ އާ ދެކޮޅަށް ދާ ކަމެއް ކަމުގައިވާނަމައެވެ. 

އަޅުގަނޑު ތިޔަ ބޭފުޅާގެ އިރުޝާދު ބޭނުންވަނީ މިއީ ކޮން ބާވަތެއްގެ ވަރިއެއްތޯއެވެ. މިއީ ޚުލްޢު ވަރިއެއްތޯ ނުވަތަ އަޅުގަނޑު އޭނާއަށް ވަރި ދިނުންތޯއެވެ؟" 

ޖަވާބު: 

އަސާސީ ގޮތެއްގައި ބަލާއިރު، އަނބިމީހާއަށާއި ދަރިންނަށް ޚަރަދު ނުކުރެވުމަކީ ފިރިމީހާގެ ޒިންމާ އަދާނުކުރެވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. މިފަދަ ޙާލަތެއްގައި، އަނބިމީހާ އެދިއްޖެނަމަ ފިރިމީހާ އޭނާއަށް ވަރި ދޭންޖެހޭނެއެވެ. ސަބަބަކީ މިއީ ފިރިމީހާގެ ފަރާތުން ދިމާވާ އުނިކަމަކަށްވާތީއެވެ.

މި ޙާލަތުގައި، އަނބިމީހާ ވަރި ހޯދުމަށް ކޯޓަށް ހުށަހެޅުމަކީ ނުވަތަ މަހުރު އަނބުރާ ދިނުމަކީ ލާޒިމުކަމެއް ނޫނެވެ. އެހެނީ މިއީ އަނބިމީހާގެ ފަރާތުން ދިމާވާ މައްސަލައެއް ނޫނެވެ. އަނބިމީހާ 2018 އިން ފެށިގެން މިއަދާ ހަމައަށް ކެތްތެރިކަމާއެކު މަޑުކޮށްފައިވާއިރު، ފިރިމީހާގެ ފަރާތުން އެއްވެސް ހެޔޮ ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން، ފިރިމީހާ އަނބިމީހާއަށް ވަރި ދޭންޖެހޭނެއެވެ. 

ފިރިމީހާ ވަރިދިނުމަށް އިންކާރުކުރާނަމަ، އޭނާ ފާފަވެރިވާނެއެވެ. ނަމަވެސް، އަނބިމީހާއަށް އިސްލާމިކް ސެންޓަރަށް ގޮސް، ފިރިމީހާގެ ޣައިރު ހާޒިރުކަމާއި ޚަރަދު ނުކުރެވުމުގެ ސަބަބުން ކައިވެނި ބާޠިލުކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ. މުސްލިމް ޤާޟީއަކަށްވެސް މިފަދަ މައްސަލައެއް ނިންމުމުގެ ބާރު ލިބިގެންވެއެވެ. 

وَاللَّهُ أَعْلَمُ بِالصَّوَابِ - އަދި އެންމެ ރަނގަޅަށް ދެނެވޮޑިގެންވެއެވެ.

މިއަދު އޮންލައިން