ތިމާއަކީ މުސްލިމަކަށްވިޔަސް އެންމެ އިތުރުކަންބޮޑު އުންމަތުގެ މީހުންގެ ތެރެއިން ހިމެނި ފައިދާކުރާނީ ފާފަނުކުރަން މަސައްކަތްކުރުމާއެކު އެހެން މީހުންނަށްވެސް އެކަމަށް ހިތްވަރުދީގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 50ސ
ތިމާއަކީ މުސްލިމަކަށްވިޔަސް އެންމެ އިތުރުކަންބޮޑު އުންމަތުގެ މީހުންގެ ތެރެއިން ހިމެނި ފައިދާކުރާނީ ފާފަނުކުރަން މަސައްކަތްކުރުމާއެކު އެހެން މީހުންނަށްވެސް އެކަމަށް ހިތްވަރުދީގެން!

މީސްތަކުންގެ ތެރެއަށް ނެރެވުނު އެންމެހެޔޮ އުންމަތަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ އުންމަތެވެ. އާދެ، އަޅުގަނޑުމެން އެއުންމަތަކަށް ނިސްބަތްވާ އުންމަތެވެ. މި ބިންމައްޗަށް ފޮނުއްވުނު އެންމެފަހު އުންމަތަކީވެސް މިއެވެ. ނަމަވެސް ޤިޔާމަތްދުވަހު އެންމެ ކުރީގައިވާނީވެސް މިއުންމަތެވެ. އެއީ ކީއްވެގެންކަން ތިޔަބޭފުޅުންނަށް އެނގިލައްވާތޯއެވެ؟ 

އެއީ، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ ސަބަބުންނެވެ. އެހެންމީހުން ކޮންމެ ގޮތަކަށް އުޅުނަސް، އެކަމާ އަޅާނުލައި ވަރިހަމަކޮށްލުމުގެ ބަދަލުގައި، އެބައިމީހުންނަށްވެސް ނަޞޭޙަތްދީ ޙައްޤަށް ވަޞިއްޔަތްކޮށް އުޅުމުގެ ސަބަބުންނެވެ. އާދެ، ﷲގެ މަގަށް ދަޢުވަތު ދިނުމުގެ ސަބަބުންނެވެ. ﷲތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. 

كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ (آل عمران: ١١٠) “ 

މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲއަށް އީމާންވަމުއެވެ."

އަދި އެހެން އާޔަތެއްގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. 

وَمَنْ أَحْسَنُ قَوْلا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ (فصلت: ٣٣) މާނައީ "ގެ މަގަށް ދަޢުވަތުދީ، ޞާލިޙުޢަމަލުކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ ﷲއަށް ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟" 

އެހެންކަމުން، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރާ ބަޔަކުކަމުގައި އަޅުގަނޑުމެން ވާންޖެހެއެވެ. އެކަންތައް ދޫކޮށްފިކަމުގައިވާނަމަ އަޅުގަނޑުމެންގެ އުންމަތަކީ އެންމެ މާތް އުންމަތްކަމުގައި ނުވާނެއެވެ. އަދިކިއެއް! ﷲގެ ކޯފާއާއި ޢަޛާބު ޙައްޤުވެ، ހަލާކުވެ ނެތިފަނާވެގެންދާ ބައެއްކަމުގައި ވާނެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.  

وَالْعَصْرِ (١)إِنَّ الإنْسَانَ لَفِي خُسْرٍ (٢)إِلا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ (٣) 

މާނައީ: "ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނުންވަނީ ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ ޞާލިޙުޢަމަލުތައް ކޮށް، އެކަކު އަނެކަކަށް ޙައްޤަށް ވަޞިޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ."

 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން