ޑރ. އާދަމް ޝަމީމްވެސް ވިދާޅުވެފަ މިއޮތީ ސީދާ ކަޅުކުރުން ހުއްދަނޫން ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޑރ. އާދަމް ޝަމީމްވެސް ވިދާޅުވެފަ މިއޮތީ ސީދާ ކަޅުކުރުން ހުއްދަނޫން ކަމަށް!

ޑރ. އާދަމް ޝަމީމް ވިދާޅުވަނީ ޢުމުރުން ދުވަސްވެ ބޮލާއި ތުނބުޅީގެ އިސްތަށި ހުދުވުމުން ސީދާ ކަޅުކުރުން ރަނގަޅު ނޫން ކަމަށެވެ. ކަޅުކުލަ މިކްސްކޮށްގެން ޖެއްސުން ހުއްދަ ކަމަށެވެ. އެއީ ސީދާ ކަޅުކުލަކަން ކަނޑާލައިގެން ޖެއްސުމެވެ.  

ޑރ. އާދަމް ޝަމީމްގެ ވާހަކަފުޅުގައިވެސް ޢުމުރުން ޒުވާންއިރު ޒުވާންކަމުގެ ސިފަ ގެއްލުނަ ނުދިނުމަށްޓަކައި ކަލުކުރުން ވަނީ ހުއްދަކުރައްވައިފައެވެ. އެއީ ޝައިޚް މުޙައްމަދު އިބްރާހީމްވެސް ދެއްވި ފަތުވާއެވެ.  

ކަޅުކުރުމަށް ޑރ. އާދަމް ޝަމީމް ދެއްވީ މަކްރޫހަކަމެއްގެ ދަރަޖައެވެ. އެއީ ކުރިޔަސް ޢަޛާބް ނުލިބޭ އަދި ނުކުރުމުން ޘަވާބު ލިބޭކަމެވެ.  

ޝައިޚް މުޙައްމަދު އިބްރާހީމް ވިދާޅުވެފައިވަނީ އިސްތަށި ކަޅުކުރުމުން ސުވަރުގޭގެ ވަސްވެސް ނުފެންނާނެ ކަމަށް އޮތް ހަދީޘްފުޅަކީވެސް ޞައްޙަ ޙަދީޘްފުޅެއް ކަމަށެވެ.  

މިވަރުގެ ކަމެއްގައި ޢުމުރުން ދުވަސްވެފައިވާ މީހުންގެވެސް އިސްތަށިގަނޑު ކަޅުކުރަން ހިތްވަރުލިބޭ ގޮތަށް ކަޅުކުރުން ހުއްދަ ކަމަށް ފަތުވާ ޢާންމުވަމުންދާތީ ގިނަ ބައަކު ކަންބޮޑުވެއެވެ.

 

- ޑރ. އާދަމް ޝަމީމްގެ ބަސްފުޅު:

https://www.youtube.com/watch?v=LXdHexPuEoU  

--މަކްރޫހަ ވުމުގެ މާނަ-:

https://www.youtube.com/watch?v=YEWFRYxh5bY

 

މިއަދު އޮންލައިން