ﷲ ގެ ރަޙްމަތާއިމެދު މާޔޫސް ނުވާށެވެ!: ޑރ. ޢަބްދުއްސައްތާރު

ކިޔުމަށް ހޭދަވާނީ 2މ 56ސ
ﷲ ގެ ރަޙްމަތާއިމެދު މާޔޫސް ނުވާށެވެ!: ޑރ. ޢަބްދުއްސައްތާރު

ސިއުޒާ

 

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތާއިމެދު މާޔޫސް ނުވާށޭ ބުނެވޭ ބަހުގެ މާނައަކީ ކޮބައިތޯ؟ 

ކީރިތި ޤުރުއާނަށް ބަލާއިރު، ޤުރުއާނުގައި މުހިއްމު ދެ ލަފްޒެއް އެބައޮތް މާޔޫސް ވުމުގެ މާނައިގަ. އެއް ލަފްޒަކީ (އަރަބި) އަނެއް ލަފްޒަކީ (އަރަބި). އެއްބަޔަކު ވިދާޅުވަނީ މި ދެލަފްޒުގެ މާނަވެސް އެއް މާނައެއްގައޭ އަންނަނީ. އަނެއް ބަޔަކު ވިދާޅުވަނީ މާޔޫސް އެއީ ދެން ހަމަ މުޅިން އެކީ މާޔޫސް ވުމެވެ. 

މި ދެލަފްޒަށް ބަލާއިރު ފުރަތަމަ އިބްރާޙީމްގެފާނުންގެ ޙާދިޘާގައި އިބްރާޙީމްގެފާނަށް ދަރިކަލަކު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވީ މުސްކުޅިފުޅުވެވަޑައިގެންފައި ވަނިކޮށް. އެހެންމަ އިބްރާޙިމްގެފާނު ކުޑަކޮށް ސުވާލު ކުރައްވަނީ "ކޮންވައްތަރެއްގެ އުފާވެރި ޚަބަރެއް ހެއްޔޭ ތި ދެއްވަނީ." ދެން މީގެ ޖަވާބުގައި އިބްރާޙީމްގެފާނު އަމިއްލައަށް ވިދާޅުވަނީ (އަރަބި) މާތް ﷲގެ، ނޫނީ އެމީހެއްގެ ވެރި ރަސްކަލާންގެ ރަޙްމަތުން މާޔޫސްވާ މީހުންނަކީ އެއް މާނައަކީ މަގުފުރެދިފައިވާ ބައެކެވެ. މިއީ އެއް މާނަ. އެހެންވެއްޖެއްޔާ އޭގެ މާނައަކީ މާޔޫސް ވުމަކީ އެއީ ހަރާމް ކަމެކެވެ.

އެހެންނަމަވެސް ޔޫސުފްގެ ފާނުންގެ ހާދިޘާގައި ﷲ ތަޢާލާ އަންގަވަނީ ކީރިތި ޤުރުއާނުގައި ޔައުޤޫބްގެފާނުންގެ ވާހަކަ ބަޔާން ކުރައްވަމުން (އަރަބި) " މާތް ﷲ ގެ ރަޙްމަތުން މާޔޫސް ނުވާށޭ. މާޔޫސް ވަނީ ކާފިރުންނޭ." މި އެނގެނީ ބޮޑު ފާފައެއްކަން. 

މާޔޫސްވުން އެބައާދޭ ދެ ގޮތަކަށް. އެއް ގޮތަކީ ދުނިޔޭގެ ކަންތައްތަކަށް މުސީބާތް ޖެހުނީ، " ތިމަންނައަށް ރަނގަޅެއް ނުވާނޭ، ހިތްދަތިކަން ޖެހުނީ" މި ކަންކަމާ ބެހޭގޮތުން އަސްލުގައި އިންސާނުންގެ ޠަބީއަތް ﷲ ތަޢާލާ ޤުރުއާނުގައި އަންގަވަނީ ތިމަން ﷲ ތަޢާލާ އިންސާނާއަށް ނިޢުމަތެއް ދެއްވައިފިއްޔާ އޭނާ ތިމަން ﷲ މަތިން ހަނދާން ނައްތާލައެވެ. އެއްފަރާތަށް ޖެހެއެވެ. އެހެން ނަމަވެސް މުސީބާތެއް ޖެހޭއިރަށް އޭނަ މާޔޫސް ވެދެއެވެ. 

ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ " މުޢުމިނުންނަށް އޮތީ ހުރިހާ ގޮތެއްގައިވެސް ހެޔޮގޮތެވެ. އެއީ މުޢުމިނުންނަށް އުފާވެރި ކަމެއް ދިމާވެއްޖެއްޔާ ޝުކުރު އަދާކުރެއެވެ. ހެވޭ އެމީހުންނަށް އޮތީ. މުސީބާތެއް ދިމާވެއްޖެއްޔާ ކެއްތެރިވެއޭ. އެކަމުގަވެސް އޮތީ އެމީހުންނަށް ހެވޭ. އެހެންމަ ދެގޮތުގައިވެސް މުޢުމިނުންނަށް އޮތީ ހެޔޮ. ދެން މީ ދުނިޔޭގެ ކަން.

ދެން އޮތީ އާޚިރަތަށްޓަކާ، މިސާލަކަށް މީހަކަށް ފާފަ ކުރެވުނީ. ދެން ވަރަށް ގިނައިން ފާފަ ކުރެވުނީމަ ދެން އޭނައަށް ހީވަނީ މާތް ﷲ ނުފުއްސަވާނެއޭ. އެއީ ވަރަށް ބޮޑު ގޯހެއް. ﷲ ތަޢާލާ ޤުރުއާނުގައި އަންގަވަނީ " ފާފަ ކުރުމުގައި ހައްދުފަހަނައަޅާ ގޮސްފައި ތިބި މީހުންނޭވެ. ތިޔަބައިމީހުން މާތް ﷲ ގެ ރަޙްމަތުން މާޔޫސް ނުވާށެވެ. ﷲ ތަޢާލާ ހުރިހާ ފާފައެއް ފުއްސަވާ ދެއްވާނެއެވެ."

އެހެންމަ މީގަ މިކަހަލަ ކަމެއް ކުރެވިއްޖެއްޔާ ތައުބާވުން މުހިއްމު. ތައުބާވާ ގޮތަކީ ނަމާދު ފަހުގައި ނަމަވެސް، ނޫނީ ވުޟޫ ކޮށްލައިގެން ނަމަވެސް، ވުޟޫ ނުކޮށް ނަމަވެސް ދުޢާއެއް ކުރާނީ. އަލްޙަމްދު ކިޔާފައި ދެން ޞަލަވާތް ކިޔަވާފަ " މިއަޅާގެ ވެރި ރަސްކަލާކޯއޭ، މިވެނި އެވެނި ފާފައެއް މިއަޅާއަށް ކުރެވިއްޖެއޭ. އެކަމަށް މިއަޅާ ތައުބާ ވެއްޖައީމޭ. މިއަޅާއަށް މަޢާފް ކޮށްދެއްވާންދޭވެ. " އެއަށް ފަހުގަ ފާފަތައް ދަންނަވާލާފަ، ދެން ދުލުން ކިޔާނީ ކައިރީގަ އިންނަ މީހަކަށްވެސް އަޑު ނީވޭވަރަށް. ދެން ހަމަ ޞަލަވާތް ކިޔަވާލާފަ ނިންމާލީމަ އެއޮތީ ތައުބާވެވިފަ. ﷲ ތަޢާލާ އެމީހެއްގެ ހުރިހާ ފާފައެއް ފުއްސަވާ ދެއްވާނެ.

- ޝުކުރިއްޔާ

 

--ޑރ. ޢަބްދުއްސައްތާރު  ޢަބްދުއްރަޙްމާން

 

މިއަދު އޮންލައިން