ޖަމާއަތުގެ ނަމާދުކުރަން ފެށުމުން ސުންނަތާއިއ އެއްގޮތަށް ސަފުތައް ހެދުމަށާއި ސަފުތައް ތަރުތީބުކުރަން އިމާމް ގޮވާލައްވައެވެ. ނަމަވެސް ބައެއް މީހުންނަށް އެނގިފައި ނެތުމުންނަމަވެސް ދޭންޖެހޭ ސަމާލުކަން ނުދެވޭތީ ސަމާލުކަންދޭންޖެހޭ ކަންކަން ފހަގަކޮސްލާނަމެވެ.
ފަރުޟު ނަމާދުތައް ޖަމާޢަތުގައި އިމާމެއްގެ ފަހުތަގައި ކުރާއިރު މައުމޫމުން ސަފު ހަދަން ފަށަންވާނީ އިމާމު މީހާއާއި ދިމާ މެދުންނެވެ. މައުމޫމުން ސަފުހަދާއިރު އިމާމު މީހާއާއި ދިމާއިން ފެށިގެން ސަފު ފުރަމުން ދާންވާނީ ދެފަރާތަށް ހަމަހަމަ ވާގޮތަށެވެ. ފުރަތަމަ ހަދަމުން ގެންދާ ސަފު ފުރުމުން ނޫނީ އިތުރު ސަފެއް ހަދަން ފަށައިގެން ނުވާނެއެވެ.
މިގޮތަށް ދެފަރާތަށް އެއްވަރަށް ސަފު ހަދާފައި އޮންނައިރު ވެސް، ސަފުގެ ކަނާއަތް ފަރާތުގެ ހެޔޮކަން ވާތް ފަރާތަށްވުރެ ހެޔޮވެގެންވެއެވެ. މިކަމުގެ ދަލީލަކީ މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެން އައިސްފައިވާ މިބަސްފުޅެވެ. އެކަމަނާ ވިދާޅުވިއެވެ.
رسول الله صلّي الله عليه وسلّم حديث ފުޅު ކުރެއްވިއެވެ. (انّ الله وملاءكته يصلّون علي ميامين الصّفو ف) (رواه ابوداود, وابن ماجه……)
މާނައީ: "ހަމަކަށަވަރުން ސަފުގެ ކަނާއަތް ފަރާތުގެ އަހުލުވެރިންނަށް މާތްﷲ ރަހުމަތް ލައްވައެވެ. އަދި މަލާއިކަތުން ރަހުމަތް ލެއްވުން އެދި ދުޢާ ކުރައްވަތެވެ."
- މަޢުލޫމާތު: ޑރ. އިޔާޟް މުޙައްމަދު ލަޠީފް