އެކަނިހުރެ ކުރާ ނަމާދުތަކުގެ ޤިޔާމުގައި މަދުވެގެން 10 އާޔަތް ކިޔެވުމަކީ ފައިދާހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އެކަނިހުރެ ކުރާ ނަމާދުތަކުގެ ޤިޔާމުގައި މަދުވެގެން 10 އާޔަތް ކިޔެވުމަކީ ފައިދާހުރި ކަމެއް!

އެކަނިހުރެ ނަމާދުކުރާނަމަ ވީހާކުރުކޮށްލާ ބައަކުވެސް އުޅެއެވެ. އެކަމުން އަންގައިދެނީ އެމީހުންގެ ހިތުގައި ނަމާދަށް އޮންނަން ޖެހޭ ލޯބި އޮތް މިންވަރު ކުޑަކަމެވެ. ނަމާދުގައި މީހާއަށް ހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އެހެންކަމަށްވާއިރު މަސައްކަތްކުރަންވީ ވީހާ ގިނަ ވަޤުތު ނަމާދުގައި ހުންނަން ނޫންހެއްޔެވެ؟  

ނަމާދުތަކުގައި ކުރު ސޫރަތްތައް ކިޔަވަންވީ ރަވާތިބު ސުންނަތްކުރާއިރު ޖަމާޢަތުގައި ނަމާދުފެށުމާއި ދެމެދު ވަގުތު ނެތްނަމަ އެވެ. ވަގުތުއޮވެގެން ޚާއްޞަކޮށް ރޭގަނޑު އެކަނިހުރެ ނަމާދުކުރާނަމަ މަދުވެގެން 10 އާޔަތް ކިޔަވަން މަސައްކަތްކުރުމަކީ ކުރަން ރަނގަޅު ކަމެކެވެ.  ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ނަމާދުގައި ޤުރްއާން ކިޔަވަން ދުވާލެއް ރޭގަނޑެއް ނެތެވެ. ދުވާލުގެ ނަމާދުތަކުގައިވެސް ކިޔެވުމުން ފައިދާކުރާނެއެވެ.   

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި 10 އާޔަތް ހަަމކުރަންވީ އަލްޙަމްދު އާއި ނުލައެވެ. ސަބަބަކީ އަލްޙަމްދުއަކީ ކިޔެވުން ވާޖިބު ސޫރަތަކަށްވާތީ އެވެ.  

މި ޙަދީޘްފުޅަށް ޢަމަލުކުރާ މީހަކަށްވެވޭނީ އެއިރުންނެވެ.  

Prophet (SAW) stated that: 

“Whoever recites ten Ayahs (verses) in qiyaam will not be recorded as one of the forgetful. Whoever recites a hundred Ayahs (verses) in qiyaam will be recorded as one of the devout, and whoever prays a thousand Ayahs (verses) in qiyaam will be recorded as one of the muqantareen (those who pile up good deeds).” 

(Abu Dawood) 

މިޙަދީޘްފުޅުން އެނގިގެންދަނީ ނަމާދުގެ ޤިޔާމްގައި 10 ޢާޔަތް ކިޔަވާ މީހާގެ މަތިން ﷲ ތައާލާ ހަނދުމަފުޅު ނައްތަވައިނުލައްވަވާނެކަމެވެ. އެމީހަކަށް ރަޙްމަތް ލެއްވެވުމުގައިވޮޑިގެންވާނެކަމެވެ. އަދި 100 އާޔަތްކިޔަވާ މީހާ ތަޤްވާވެރިންގެ ތެރެއިން ލައްވަވާނެކަމެވެ. 1000 އާޔަތްކިޔަވާމީހާއަކީ އާޚިރަތްދުވަހަށްޓަކައި ހެޔޮ ޢަމަލުތައް ޖަމާކުރަމުން ގެންދާ މީހެއްކަމެވެ.  

ވީމާ އެކަނިހުރެ ކުރާ ނަމާދުތަކުގައި އެންމެ މަދުމިނުން 10 ޢާޔަތްކިޔަވަން މަސައްކަތްކުރުމުގެ މުހިންމުކަން ކިހައި ބޮޑުކަން މިދިއައީ އެނގިގެންނެވެ. އެމީހެއްގެމަތިން ﷲ ތަޢާލާ ހަނދުމަފުނެތިނުކުރައްވަވާނެ، އެމީހާއަށް ރަޙްމަތް ލައްވަވާނެ މީހަކުކަމުގައިވުމަށްވުރެ މީހަކަށް މުހިންމުވެގެންވަނީ ކޮންކަމެއްހެއްޔެވެ؟ 

އެމީހަކަށް 1 ސޫރަތުން 10 ޢާޔަތްކިޔަވަން އުނދަގޫވާ މީހާއަށް 2 ސޫރަތާއި ހަމައަށްވެސް ގިނަކުރެވިދާނެއެވެ. މާނައަކީ ކުރު ސޫރަތުގެ 2 ސޫރަތުންވެސް ހަމަކުރެވިދާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން