ކޮންމެ މީހަކީވެސް ރުޅި އަންނާނެ މީހެއް! ކޮންޓްރޯލްކުރަން މަސައްކަތްކުރުމާއިމެދު އެނގުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 10ސ
ކޮންމެ މީހަކީވެސް ރުޅި އަންނާނެ މީހެއް! ކޮންޓްރޯލްކުރަން މަސައްކަތްކުރުމާއިމެދު އެނގުން މުހިންމު ބައެއް ކަންކަން-

އަޅުގަނޑަކީ ކުޑައިރުންސުރެ ވަރަށް ހިތްދަތި ޙާލުގައި އުޅެން ޖެހުނު މީހަކީމެވެ. ކައިވެނީގައިވެސް ލިބުނީ ހިތްދަތިކަމެވެ. އެންމެ ކުޑައިރުންސުރެ އުޅެންޖެހުނު ގޮތުންނާއި ދިރިއުޅުމުގައި މިދިމާވި ގޮތުން ވަރަށް ފަސޭހައި ރުޅިއާދެވޭ ގޮތްވެއެވެ.  

ވަރަށް ގިނަ އެކުވެރިންގެ ބަހަށް ދާދިފަހުން ނަފްސާނީ ފަރުވާދޭ މީހަކަށް ދެއްކީމެވެ. އޭނާ އަޅުގަނޑު ގާތުކުރަންބުނި ކަންކަން ދެކެ އަޅުގަނޑު ބިރުގަނެއެވެ. އެހެންވެ އެއިން ކަމެއް ނުކުރާނަމެވެ. އަޅުގަނޑު އޮޅުންފިލުވާލަން ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރުމަކީ ސިކުނޑިއަށާއި ނާރުތަކަށް ގެއްލުންހުރިކަމެއްތޯއެވެ؟  

މިސުވާލަކީ ތަފާތު ޢިބާރާތުން ވަރަށް ގިނައިން ލިބެމުން އަންނަ ސުވާލެކެވެ. ސުވާލުކުރައްވާ ކިޔުންތެރިންނަށް ފުރަތަމަ ކަމަކަށްވެސް ބުނެލަން އޮތީ އެއްވެސް މީހަކަށް އެއްވެސް ގޮތަކުން ގެއްލުންވާނެ އެއްވެސް ކަމެއް ކުރަން އިސްލާމް ދީނުގައި ނުއޮންނާނެ ކަމަށެވެ. ތިރީގައި އެވާ ލިޔުމުން ވަރަށް ގިނަ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ  

ރުޅި ކޮންޓްރޯލް ކުރުމަށް އަންގަވާފައިވަނީ ހަށިގަނޑުގެ މިލްކުވެރި ހަށިގަނޑު އުފެއްދެވި ﷲ ތަޢާލާއެވެ. ރުޅި ކޮންޓްރޯލް ކުރުމުގެ މުހިންމުކަން ބަޔާންކޮށް ދެއްވަވާފައި އެވަނީ އެކަލާނގެ ރަސޫލާ މުޙައްމަދު ()އެވެ. ރުޅި ކޮންޓްރޯލްކުރަން ޖެހޭކަން މިހައި މިންވަރަށް އެނގެން އޮއްވައި ރުޅި ކޮންޓްރޯލް ކުރުމުން ޞިއްޙަތަށް ގެއްލުން ލިބޭނެ ކަމަށް އެބުނަނީ އެހެން ބުނާ މީހާ އުފެއްދި ހަށިގަނޑެއްގެ ޞިއްހަތަށް ހެއްޔެވެ؟  

ރުޅި އައުމުން ރުޅި ބޭރުކޮށް ހުސްކޮށްލަން ބުނާ ކޮންމެ މީހަކީ ރަސޫލް ()ގެ މި ޙަދީޘްފުޅަށް ކަނޑައެޅިގެން އިންކާރުކުރާ މީހެކެވެ. އެމީހަކީ ކިތަންމެ މޮޅަށް ކިޔަވައިގެން ހުރި ޑޮކްޓަރެއް ނަމަވެސް އެމީހަކީ ކަނޑައެޅިގެން ގެއްލި ހަލާކުވެފައިވާ މީހެކެވެ. އެއްވެސް ކަމެއްގައި ކީރިތި ޤްރުއާނާއި ރަސޫލް ()ގެ ޙަދީޘްފުޅުތަކަށްވުރެ މޮޅު ގޮތް ބުނެދެވޭނީ ކާކަށް ހެއްޔެވެ؟ އެއީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ރަސޫލް () ދެއްވަވާފައިވާ ކޮންމެ އިރުޝާދަކީ ހަމަ އިލާހީ ވަޙީއެވެ. ﷲ ތަޢާލާގެ އަމުރުފުޅަށް މެނުވީ ރަސޫލް އެއްވެސް ކަމެއް ބަޔާންކުރައްވަވާފައެއް ނުވެއެވެ.   

The Messenger of Allaah (peace and blessings of Allaah be upon him) said: "The strong man is not the one who can overpower others (in wrestling); rather, the strong man is the one who controls himself when he gets angry." (Reported by Ahmad, 2/236; the hadeeth is agreed upon). The greater the anger, the higher the status of the one who controls himself. The Prophet (peace and blessings of Allaah be upon him) said: "The strongest man is the one who, when he gets angry and his face reddens and his hackles rise, is able to defeat his anger." (Reported by Imaam Ahmad, 5/367, and classified as hasan in Saheeh al-Jaami’, 3859)  

ޝައިޠޯނާ އާއި ޝައިޠޯނާގެ ކިބައިން ބާރުލިބިގެން އޭތީގެ ބައިވެރިން ހަދާ އެންމެ ބޮޑު އެއް ދޮގަކީ ރުޅި ކޮންޓްރޯލްކޮށްފިނަމަ ޞިއްޙަތަށް ގެއްލުން ލިބި ނަފްސާނީ މައްސަލަތައް ކުރިމަތިވާނެ ކަމަށް ބުނާ ބުނުމެވެ. ހުރިހާ ރުޅިތަކެއް ވީހައި ބޮޑަށް ބޭރުކޮށްކޮށްލަން ބާރުއަޅާ އެޅުމެވެ.  

މިއީ ކަނޑައެޅިގެން ރަސޫލް () ޙަދީޘްފުޅުތަކާއި ޚިލާފް ވާހަކަތަކެކެވެ. މިމޭރުމުން ބުނާ އެއްވެސް ބުނުމަކީ ޤަބޫލުކޮށްގެންވާނެ ބުނުމެއް ނޫނެވެ. އެހެނީ ރަސޫލް () ކަނޑއެޅިގެން ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ ބާރުގަދަ މީހާއަކީ އަތު މުލައްދަނޑީގެ ނުވަތަ ގައިގެ ބާރު ގަދަ މީހާ ނޫން ކަމަށާއި ރުޅި އަންނަހިނދު ރުޅި ކޮންޓްރޯލް ކުރެވޭ މީހާ ކަމަށެވެ.  

ޝައިޠޯނާގެ ބޭނުމަކީ ރުޅިވެރިކަން އުފައްދުވައި އެކަމުގެ ތެރެއިން ޢާއިލާތައް ރޫޅުވައި ތަޅާފޮޅުންތައް އުފައްދުވައި ލޭ އޮހޮރުވުން ފަދަ ބޮޑެތި ޖަރީމާތައް ހިންގުވުމެވެ. މީސްތަކުން ލައްވައި ޖަރީމާތަކާއި ޤަތުލު ޢާންމު ހިންގުވުމެވެ. އެކަންކަން ކުރުވައިގެން މީސްތަކުން ނަރަކައަށް ވެއްދުވުމެވެ.   

ރުޅި އައުމުން ރުޅި ކޮންޓްރޯޅުކުރަން ކުރަން ޖެހޭ ކަންކަން ވެސް ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވައިފައެވެ. ރުޅި އައުމުން ފުރަތަމަ ކަމަކަށް އަޢޫޛް ކިޔުމަށެވެ. ކޮޅަށް ހުއްޓައި ރުޅި އަތުވެއްޖެ ނަމަ އިށީނުމަށެވެ. އިށީނުމުން ރުޅި މަޑުނުވެއްޖެ ނަމަ އޮށޯތުމަށެވެ. ރުޅިއަތުވެއްޖެ ނަމަ ބަހެއް ނުބުނެ މަޑުން ހުރުމަށް ވެސް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

މިކަންކަމަށް ޞަޙާބީން ވަނީ ޢަމަލު ކުރައްވަވައިފައެވެ.  

އަދި ވުޟޫ ކުރުމާއި ފެންވެރުމަކީވެސް ރުޅިމަޑުވާ ކަންކަން ކަމުގައި ވަނީ ތަޖުރިބާ ކުރެވިފައެވެ.  

ހިތާމައަކީ ޑޮކްޓަރުންކަމަށް ބުނާބައަކު ރުޅިއާއިމެދު ނުބައި ފަތުވާތައް ދެމުން ގެންދާކަމެވެ. ރުޅި އައުމުން ނފްސަށް ލިބޭނެ ގެއްލުމުގެ ބިރުގެ މާނަ އޮޅުވައިލުމެވެ. ރުޅި އައުމުން ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ކުރެވޭ ކަންކަމުގެ ސަބަބުން ކައިވެނި ރޫޅައިލެވުމެވެ. އަނިޔާވެރި އަމަލުތަކުގެ ސަބަބުން ނަރަކައަށް ވަންނަންޖެހުމެވެ!

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން