ޢާއިޝަތު ރަފާޙް ޢަލީ
އަނބިމީހާ ފިރިމީހާއަށް އަދާކޮށްދޭން ޙައްޤުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ޙައްޤަކީ އަނބިމީހާ އޭނާގެ ނަފްސަށް ރައްކާތެރިވެ، އަމިއްލަ ޒާތު ޒީނަތްތެރިކުރުމެވެ. މިއީ އިސްލާމްދީނުގައި އަޅުކަމުގެ ގޮތުގައި ބެލެވޭ ކަމެކެވެ.
ގިނަ އަންހެނުން އެމީހުންގެ ޞިއްޙަތާއި ހަށިގަނޑުގެ ބަރުދަނަށް ސަމާލުކަންދީ، ޖިސްމާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށް މަސައްކަތްކުރެއެވެ. މިސާލަކަށް ޖިމަށް ދިއުމާއި ގޭގައި ތިބެގެން ތަމްރީނުކުރުން ފަދަ ކަންކަން ކުރެއެވެ. މިފަދަ މަސައްކަތްތައް ކުރަނީ ދުޅަހެޔޮ ހަށިގަނޑެއް ދެމެހެއްޓުމަށާއި، އެމީހުންގެ ފިރިންނަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައެވެ. މި ނިޔަތުގައި ކުރާ މިފަދަ މަސައްކަތްތަކަކީ އަޅުކަމެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. އަދި މިކަމުގައި ރޭއަޅުކަން ކުރުންވަރުގެ ސަވާބު ލިބޭނެއެވެ. ނަމަވެސް، ބައެއް އަންހެނުންނަށް މިކަމުގެ މުހިންމުކަން ވިސްނިފައި ނުވެއެވެ.
ވަރަށް ގިނަ އުޚްތުން ކައުންސެލިންގ ސެޝަންތަކަށް އައިސް ބުނެއެވެ، "ޝައިޚް، އަހަރެންގެ ފިރިމީހާ އަބަދުވެސް އަހަރެންގެ ބަރުދަނާ މެދު ފާޑުކިޔަމުންދެއެވެ. އޭނާ މިވެނި ކަމެއް ކުރަމުންދެއެވެ، އެވެނި ކަމެއް ކުރަމުންދެއެވެ. އަހަރެންނަށް މިހާރު މިކަން ބަރުދާސްތެއް ނުކުރެވެއެވެ." އަހަރެން ބުނީމެވެ، "އޯކޭ، ތިބާގެ ބަރުދަނަކީ ކިހާވަރެއްތޯ؟" އޭނާ ބުނެފައިވަނީ "ހަމައެކަނި 110 ކިލޯއެވެ." 110 ކިލޯއަކީ ވަރަށް ބޮޑު ބަރުދަނެކެވެ. "އަދި ތިބާގެ އުސްމިނަކީ ކިހާވަރެއްތޯ؟" އަހަރެން އަހާލީމެވެ. އޭނާ ބުނެފައިވަނީ "އަހަރެންނަކީ 158 ސެންޓިމީޓަރު" ގާތްގަނޑަކަށް 5 ފޫޓެވެ. އެއިސްކޮޅަށް އެއީ ވަރަށް ބޮޑު ބަރުދަނެކެވެ. ތިބާ ތިބާގެ ނަފްސު ދޫކޮށްލައިފިއެވެ. ބައެއް ފަހަރު ތިބާ ދިރިއުޅުމުގައި ތިބާއަށް އަމިއްލަ ނަފްސު ގެއްލިފައިވެއެވެ. ގިނަ ކުދިން، ގޭތެރޭގެ މަސައްކަތް ފަދަ ކަންކަމުގައެވެ. މިފަދަ ޙާލަތްތަކުގައި އަމިއްލަ ނަފްސަށް އިހުމާލުވެފައިވާކަން ފާހަގަކުރެވެއެވެ.
ފިރިމީހާއާ ވާހަކަދެއްކުމުން އޭނާ ބުނާ ގޮތުގައި، އަނބިމީހާއަކީ ރަނގަޅު އަންހެނެކެވެ. އަދި އެމީހުންގެ ދިރިއުޅުމާއި ދަރިންނާ މެދު ލޯބިވެއެވެ. ނަމަވެސް، އަނބިމީހާގެ ބަރުދަނާ މެދު ކަންބޮޑުވުން ފާޅުކުރެއެވެ. މިފަދަ ޙާލަތްތަކުގައި އެންމެ ރަނގަޅު ޙައްލަކީ އަނބިމީހާ އަމިއްލަ ހަށިގަނޑަށް ރައްކާތެރިވެ، ޞިއްޙީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަސައްކަތްކުރުމެވެ. މިއީ އަޅުކަމެއްގެ ގޮތުގައި ބެލެވޭ ކަމަކަށްވުމާއެކު، ޒަވާޖީ ގުޅުން ވަރުގަދަކުރުމަށް މަގުފަހިވާނެ ކަމެކެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
މި ދަރުސްގައި ޝައިޚް މައިގަނޑު ގޮތެއްގައި ދައްކަވާފައިވަނީ، އަނބިމީހާ އޭނާގެ ނަފްސަށް ރައްކާތެރިވެ، ޒީނަތްތެރިވުމަކީ ފިރިމީހާގެ ޙައްޤެއްކަމާޢި، މިއީ އަޅުކަމުގެ އެއް ބާވަތެއްކަމެވެ. އަދި ގިނަ އަންހެނުން މިކަމަށް މަސައްކަތްކުރި ނަމަވެސް ބައެއް އަންހެނުންނަށް މިކަމުގެ މުހިންމުކަން ވިސްނޭކަމެއް ނުފެނެއެވެ.