ހަރުކަށި ޢަމަލުކޮށް ނުބައިބަސްބުނުމަކީ އަނބިދަރިންގެވެސް ލޯބި ގެއްލި އެކަނިވެރިވާންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހަރުކަށި ޢަމަލުކޮށް ނުބައިބަސްބުނުމަކީ އަނބިދަރިންގެވެސް ލޯބި ގެއްލި އެކަނިވެރިވާންޖެހޭ ކަމެއް!

ގެއިން ބޭރުގައި މީހުންނާއި މުޚާޠަބްކުރާއިރު ރިވެތިކޮށް ވާހަކަދައްކާ ބައެއް ގޭތެރޭގައި އަނބިދަރިންނާއި ނުވަތަ ޢާއިލާގެ މީހުންނާއި މުޚާޠަބްކުރާއިރު ނުބައި ބަސްތައް ބުނެހަދައެވެ. އެއީ ބޭރު މީހުންނަށް އެކަން ނުއެނގުމުން ތިމާގެ ޤަދަރަށް އެކަމުގެ އަސަރު ނުކުރާނެ ކަމަށް ބަލައިގެންކަމަށްވެދާނެއެވެ.

އެންމެ ގިނަ ބައަކު ނަރަކައަށް އެއްލައިލެވޭ ސަބަބަކީ އެމީހާގެ ދުލާއި ޖިންސީ ގުނަވަނެވެ. ވީމާ ގޭތެރޭގައި ޢާއިލާ އާއި މުޚާޠަބް ކުރުމުގައި ވެސް ދޫ ރައްކައުތެރިކުރާށެވެ.

ވިސްނައިލާށެވެ! ކޮންމެ މީހަކާއި ދިމާއަށް ބަހެއް ބުނި ނަމަވެސް އެބަސް ތިބާގެ ފަތުގައި ލިޔުއްވަވަތެވެ. އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. އަނބިދަރިންނަސް ނުވަތަ ޢާއިލާގެ މީހުންނަށް ބުނާ ބަސްތައް އިސްތިސްނާއެއް ނުކުރައްވަވަތެވެ.

ހަމައެއާއިއެކު އަނބިދަރިންނާއި ޢާއިލާގެ މީހުންނަށް ހަރުކަށި ނުބައި ބަސްތައް ބުނުމުން އެމީހުންވެސް ހިތުގައި ޖެހޭނެއެވެ. ދެރަވާނެއެވެ. ރައްދުނުދިންނަމަވެސް އެމީހުންގެ ހިތުގައި ތިބާއަށް ނަފްރަތު އުފެދިގެންދާނެއެވެ. އެކަމުގެ އަސަރު ތިބާއަށް ކުރުން ބޮޑުވެސްވާނެއެވެ.

ދުލުން ބުނާ ބަސްތަކަށް ރައްކައުތެރިވެވޭނީ ދޮގު ވާހަކަ ނުދެއްކުމުންނާއި، ޣީބަބުނުމުންވެސް ސަލާމަތްވެހުރެގެންނެވެ. ތިމާ އާއި ބެހުމެއް ނެތް ކަންކަމުގައި ބަސް ނުބުނެ ހުރެގެންނެވެ. އެންމެ ބުއްދިވެރިގޮތަކީ ވީހައި ބޮޑަށް ބަސްމަދުކުރުމެވެ. ނަރަކައިން މީހާ ސަލާމަތްކޮށްދޭ ކަމަކަށް އެކަންވެގެންދާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން