ޢުމުރުން 115 ގެ އެމެރިކާ އަންހެނަކު އިސްލާމްވުން- ގިނަ ބައެއްގެ ސަމާލުކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޢުމުރުން 115 ގެ އެމެރިކާ އަންހެނަކު އިސްލާމްވުން- ގިނަ ބައެއްގެ ސަމާލުކަމަށް!

ޢުމުރުން 115 އަހަރުގެ އެމެރިކާ އަންހެނަކު އިސްލާމްވި ޚަބަރު އިއްޔެ ވަނީ ޢާންމުވެފައެވެ. ވަރުބަލިވާވަރުން ޝަހާދަތުގެ ދެކަލިމަ ކިޔަންވެސް އޭނާއަށް އުނދަގޫވެގެން އުޅުނުކަން ވީޑިއޯއިން ވަނީ ފާހަގަކުރެވިފައެވެ.

1910 ވަނަ އަހަރު އުފަންވި މިއަންހެން މީހާ އިސްލާމްވެ ޝަހާދަތްކީ ވީޑިއޯ މުފްތީ މެންކްވެސް ވަނީ ޢާންމުކުރައްވައިފައެވެ. އެހެންކަމުން އެއީ ހިނގާފައިވާ ކަމެއްކަން ވަނީ ޔަޤީންކުރެވިފައެވެ. އޭނާ އިސްލާމްވި ސަބަބާއިބެހޭ ގޮތުން އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނެތެވެ.

މިފަދަ ޙާދިސާތަކުން އެނގިގެން މިދަނީ އިސްލާމް ދީނުގެ ހިދާޔަތް ލިބުމަށް ވަކި ޢުމުރެއް ނެތް ކަމެވެ. އެކަމަށް އެދިއްޖެ މީހަކަށް ހިދާޔަތް ދެއްވަވާނެ ކަމެވެ.

ގުޅުންހުރި ވީޑީއޯ:

https://www.tiktok.com/@trending.filters18/video/7535556733134048530

 

 

 

 

މިއަދު އޮންލައިން