އިސްލާމް ދީން މަތިވެރިކުރުމުގެ ނިޔަތުގަ ތިބާކުރަނީ ކޮންކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
އިސްލާމް ދީން މަތިވެރިކުރުމުގެ ނިޔަތުގަ ތިބާކުރަނީ ކޮންކަމެއް؟

ބައެއް މީހުންނަށް ވިސްނެނީ އިސްލާމް ދީން މަތިވެރިކުރުމަކީ ވަކި ބައަކަށް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެއީ ކޮންމެ މުސްލިމަކަށް ކުރަން އޮތް އެންމެ ފައިދާހުރި މަސައްކަތެވެ.  

ކޮންމެ މުސްލިމަކީވެސް އިސްލާމްދީނާއިމެދު ފަޚުރުވެރިވާ މީހަކަށްވާން އެބަޖެހެއެވެ. ދީނަށް ނަޞްރުދޭ މީހަކަށް ވެވޭނީ އެއިރުންނެވެ. އަހުރެމެންނަށް ނަޞްރު ލިބެން އޮތީ ﷲ ތަޢާލާ ނަޞްރު ދެއްވެވުމުންނެވެ. ވީމާ ފުރަތަމަ ކަމަކަށް އަހުރެމެންނަށް އޮތީ ﷲ ތަޢާލާގެ ދީނަށް ނަޞްރު ދިނުމެވެ.  

އެމީހެއްގެ ހިތުގައި އިސްލާމް ދީނަށް ލޯބިޖެހިއްޖެނަމަ އިސްލާމް ދީނަށް ނަޞްރުޑޭން ކުރާ މަސައްކަތުގަ އެމީހަކު މާޔޫސްނުވާނެކަން އެނގިގެންދާ ލިޔުމެއް!:  

އިސްލާމް ދީނަށް ޢަމަލުކުރާ މީހުން މަދުވާކަމަށް ވިސްނުނަސް އޮތީ މާޔޫސްވުމެއް ނޫނެވެ. އެއީ ޙަޤީޤަތެއްވެސް ނޫނެވެ. ސައުތު ކޮރެއާއިން އަލަށް އިސްލާމްވި ދާވޫދު ކިމް ފަދައިން ވިސްނާ މީހަކަށްވަމާ ހެއްޔެވެ؟  

އޭނާ ބުނެފައިވަނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ މައްކާގައި އިސްލާމް ދީނަށް ގޮވާލައްވަން ފެށްޓެވީ މައްކާގައި ހުންނެވި ހަމައެކަނި މުސްލިމަކީ ހަމައެކަނި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ކަމުގައި ވެވަޑައިގެން ހުންނަވައިކަމަށެވެ. އަދި މިއަދު މުޅި ދުނިޔެއަށް މިވަނީ އިސްލާމް ދީނުގެ ނޫރު ފެތުރި އަދި މުޅި ދުނިޔޭގައިވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނަކީވެސް އިސްލާމް ދީންކަމަށްވެފައި ކަމަށެވެ.  

އެހެންކަމުން ސައުތު ކޮރެއާގައި ހުރި ހަމަ އެކަނި މުސްލިމަކީ އޭނާކަމަށް ވާންޖެހުނަސް އެއީ އޭނާއަށް ލިބޭ ޝަރަފެއް ކަމަށް ދެކޭ ކަމަށެވެ. އަދި އޭނާ ވާން ބޭނުންވަނީ ސައުތުކޮރެއާގައި އިސްލާމް ދީނުގެ ފަތުރާ މީހަކަށް ކަމަށެވެ.  

އަޅުގަނޑުމެންނަށް މިއަދުވެގެން މިއުޅޭ ގޮތަކީ އިސްލާމް ދީނަށް ޢަމަލުނުކުރާ މީހުން ފެންނަލެއް ގިނަވުމުން މާޔޫސްވެވެނީއެވެ. އަދި އިސްލާމް ދީން ހީނަރުވަމުން އަންނަ ކަމަށް ޤަބޫލުކުރެވި ތިމާއަށްވެސް އިސްލާމް ދީނާއިމެދު ފަރުވާކުޑަކުރެވެނީއެވެ. އެއިގެ ބަދަލުގައި ދާވޫދު ކިމްގެ ވިސްނުމުން ވިސްނައި ޢަމަލުކުރާ މީހަކަށް ވެވިއްޖެނަމަ ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ! 

ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އިސްލާމް ދީނަކީ ދުނިޔޭގައިވެސް އެންމެ ބާރަށް ފެތުރެމުން އަންނަ ދީނެވެ. އެކަން މުޅި ދުނިޔެވެސް ޤަބޫލުކުރެއެވެ. އިސްލާމް ދީނުގެ ޢަދާވާތްތެރިން އެކަން ޤަބޫލުކުރެއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! އެންމެ އަހަރަކުވެސް ޙައްޖުވުމަށާއި ޢުމުރާވުމަށްދާ މީހުންގެ ޢަދަދު އެބަ މަދުވޭހެއްޔެވެ؟ އިން ޝާ ﷲ ކޮންމެ އަހަރަކުވެސް ދަނީ އިތުރުވަމުންނެވެ. ޙައްޖަށް ނުދެވި ކިޔޫގައި މިހާރުވެސް އެތައް މިލިއަން މުސްލިމުން އެބަ ތިއްބެވެ.  

ޙައްޖު ނުވަތަ ޢުމުރާގައި އެންމެންވެސް ކުރަނީ އެއްކަމެކެވެ. އެއީ ﷲ ތަޢާލާ އެއްކައުވަންތަކުރުމެވެ. ޢާޚިރަތް ދުވަހު ތިމާއަކީވެސް ފާފަތައް ފުއްސަވައިދެއްވަވާފައިވާ ސުވަރުގެވަންތަވެރިއަކު ކަމުގައި ލެއްވެވުން އެދި ދުޢާކުރަނީއެވެ. އަދި ދުނިޔޭގައިވެސް ތިމާއަކީ ހެޔޮލަފާ މުސްލިމަކު ކަމުގައި ލެއްވެވުން އެދިގެން ދުޢާކުރަނީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން