މިވިސްނުމުން ވިސްނައިގެން ހުރެ ނަމާދުކުރާނަމަ ޚުޝޫޢަތްތެރިވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މިވިސްނުމުން ވިސްނައިގެން ހުރެ ނަމާދުކުރާނަމަ ޚުޝޫޢަތްތެރިވެވޭނެ! އިން ޝާ ﷲ

އަޅުގަނޑުމެން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ނަމާދުކުރުމެވެ. އެކަން ކުރެވޭނީ ޚިޝޫޢަތްތެރިވާން މަސައްކަތްކޮށްގެންނެވެ. ތިރީގައިވާ ލިޔުމުގައި އެވަނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން މަގުފަހިވާނެ ގޮތެކެވެ، އިން ޝާ ﷲ  

ހާތިމުލް އަސަމް އާއި ސުވާލެއް ކުރެވުނެވެ. "ނަމާދުގަ ޚުޝޫޢާތްތެރިވާން ކުރަނީ ކޮންކަމެއް ހެއްޔެވެ؟"  

ކިޔައިދިނެވެ. "އަހުރެން ވިސްނަނަނީ ކުރިމަތީގައި ޙަރަމްފުޅު އެބަހުރި ކަމަށެވެ. (މިހުރެވެނީ ޙަރަމްފުޅުގެ ކުރިމަތީގައި ކަމަށެވެ!) ދެން ވިސްނަނީ ފުރަގަހުގައި މަރުގެ މަލާއިކަތާ އެބަހުންނެވި ކަމަށެވެ. ދެން ވިސްނަނީ ނަރަކައިން ސަލާމަތްވުމަށް ހުރަސްކުރަންޖެހޭ ޞިރާޠުމަގު އަހުރެންގެ ފައިދަށުގައިވާ ކަމަށެވެ. ދެން ވިސްނަނީ އަހުރެންގެ ކަނައަތް ފަރާތުގެ ސުވަރުގެވާކަމަށާއި އަދި ވައަތް ފަރާތުގައި ނަރަކައެބަހުރި ކަމަށެވެ.  

މިހުރިހާ ކަންކަމަށްވުރެ ބޮޑަށް ސަމާލުކަންދެނީ އަހުރެންކުރާ ނަމާދު ބައްލަވައި ވޮޑިގަންނަވަން ﷲ ތަޢާލާ ވޮޑިގެންވާ ކަމަށެވެ. ނަމާދުގެ ކޮންމެ ޙަރަކާތަކާއި ކިޔާ ކޮންމެ ކަލިމައެއް ވީހައި ފުރިހަމަކުރަން މަސައްކަތްކުރަމެވެ.  

ނަމާދު ނިމިގެން އެނބުރިދަނީ ކުރެވުނު ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފާނެކަމަށް ބިރުންހުރެއެވެ.

 

 -ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން