އަބަވެސް ބުނާހެން ފޯނު ގެންގުޅުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ބޭނުންކުރެވޭ ގޮތެވެ. ކުރެވޭ ކަންކަމެވެ. ފޯނު ބޭނުންކުރަންވީ އެމީހެއްގެ ދުނިޔެއާ އާޚިރަތަށް ފައިދާކުރާނެ ކަންކަން ކުރުމަށެވެ.
ގޫގްލްކުރަންވީ ދީނުގެ ޞައްހަ މައުލޫމާތު އޮޅުންފިލުވުމަށެވެ. ޛިކުރުތަކާއި ދުޢާތައް ހޯދުމަށެވެ. އެންމެ ގިނަވަގުތު ހޭދަކުރަންވީ ކީރިތި ޤުރްއާން ކިޔެވުމަށާއި މާނަ ދަސްކުރުމަށެވެ. އެއިރުން ތިބާއަށް ލިބޭނެ ކުރިއެރުން ތިބާއަށް ނުވެސް ވިސްނޭނެއެވެ.
ތިބާގެ ފޯނަކީ އާޚިރަތަށް ތައްޔާރުވާން ބޭނުންކުރާ އެއްޗަކަށް ހަދާށެވެ! ތިބާގެ ފޯނަކީ ޤިޔާމަތް ދުވަހު ތިބާއަށް އެންމެ ފައިދާ ކޮށްދޭނެ ވަސީލަތްކަމުގައި ހަދާށެވެ! ނަރަކައަށް ވަންނަން ޖެހޭނެ އެއްޗަކަށް ނުހަދާށެވެ!
މިހާރަށް ބަލައިފިނަމަ އަތުގައި ފޯނެއް ނެތް މީހަކު މަދުވާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހަމަ ކުރަންވީއެވެ. ޢާއިލީ ގުޅުންތަކާއި ވިޔަފާރި ކުރިއެރުވުން ފަދަ ތިމާއަށް ފައިދާކުރާނެ ކޮންމެ ކަމަކަށް ބޭނުންކުރަންވީއެވެ.
މިބުނެދިން ގޮތަށް ފޯނުގެ ބޭނުންކުރުމަކީ ދިރިއުޅުން ބާއްޖަވެރިކުރެވުމުގެ އިތުރުން ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވުން ގާތުގައި އޮތްކަމެކެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން