ރުޅިވެރިކަމާ ޙަސަދަވެރިކަން ޢާއިލާއިންނާ އެކުވެރިންގެ ދެމެދުންވެސް ނައްތައިލެވެން އޮތް އެންމެ ފަސޭހަ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ރުޅިވެރިކަމާ ޙަސަދަވެރިކަން ޢާއިލާއިންނާ އެކުވެރިންގެ ދެމެދުންވެސް ނައްތައިލެވެން އޮތް އެންމެ ފަސޭހަ ގޮތް-

މިޙަދީޘްފުޅަށް އެކަނި މީސްތަކުން ޢަމަލުކުރިނަމަވެސް ދުނިޔޭގައި އެއްވެސް ކަންބޮޑުވުމެއް ނުއޮންނާނެއެވެ. ޢާއިލާތުގައި ޙަސަދަވެރިކަމާ ވާދަވެރިކަމެއް އަދި ފިތުނައެއްވެސް ނުއޮންނާނެއެވެ. އިން ޝާ ﷲ  

އެ ޙަދީޘްފުޅަކީ އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށާއި ތިމާއަށް އެދޭ ހުރިހާ ކަންކަން ތިމާގެ އަޚާއަށްޓަކައިވެސް އެދެން އޮތް ޙަދީޘްފުޅެވެ.  

ވިސްނާށެވެ! ހުރިހާ މައްސަލަތަކެއް ޖެހެނީވެސް، ހަސަދަ ލެވެނީވެސް، ވާދަވެރިކަން އުފެދި ފިތުނައަކަށް ބަދަލުވަނީވެސް އަނެކާއަށްވުރެ ތިމާ ކުރިއަރައިދާން ބޭނުންވާތީއެވެ. އަޚާއަށް ނުވަތަ އަނެކާއަށް ގިނަ ނިޢުމަތްތަކެއް ދެއްވެވުމުންނެވެ.  

މިބަޔާންކުރި ޙަދީޘްފުޅަކީ ވަރަށް ގިނައިން ހުކުރު ޚުޠުބާތަކުގައިވެސް ކިޔާ ޙަދީޘްފުޅެކެވެ. އެ ޙަދީޘްފުޅުގައި އެވަނީ މީސްތަކުންގެ މެދުގައި އުފެދިފައިވާ މައްސަލަތަކުގެ ޙައްލުކަމުގައިވާތީ ގިނަގިނައިން ކިޔަންވީއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ކުރިއަރައިދާން ގަދައަޅައި މަސައްކަތްކުރާށެވެ! ނަމަވެސް އަނެކާ ކޮއްޕާ ވައްޓާލާފައެއް ނޫނެވެ. އަނެކާގެ އަތުގައި ހިފައިގެން އޭނާވެސް ގޮވައިގެންނެވެ. އެއިރުން ޖެހޭނެ އެއްވެސް މައްސަލައެއް ނުއޮންނާނެއެވެ. އުފަލުގައި ކުރިއަށް ދެވޭނެއެވެ. އަދި ކާމިޔާބީވެސް މާފަސޭހައިން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް ހަމްޒާ ޒޯޒިސްގެ ދަރުސަކުން

މިއަދު އޮންލައިން