ކޮންމެ މީހަކީވެސް ކާމިޔާބުމީހަކަށް ވެވޭނެ މީހެއް! ފުރަތަމަކަމަކަށް އޮތީ ކާމިޔާބު މީހަކަށްވުމަކީ ކޮބައިކަން ދަސްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކޮންމެ މީހަކީވެސް ކާމިޔާބުމީހަކަށް ވެވޭނެ މީހެއް! ފުރަތަމަކަމަކަށް އޮތީ ކާމިޔާބު މީހަކަށްވުމަކީ ކޮބައިކަން ދަސްކުރުން!

ދުނިޔޭގެ އެދުންތަކަށް މީސްތަކުންގެ ދަހިވެތިކަން ބޮޑުވީވަރުން ކާމިޔާބު މީހަކު ކަމަށް މީސްތަކުން ބަލައިގަންނަނީ އެމީހެއްގެ އަތުގައި ވަރަށް ގިނަ ޢަދަދަކަށް ފައިސާ އާއި މުދައު ހުރިނަމައެވެ. މިފަދައިން ނިންމާއިރު އެފަދަ މީހުންގެ ތެރޭގައި ގިނައީ ރޭގަނޑު ލިބެންޖެހޭ ހަމަ ނިދިވެސް ނުލިބޭ މީހުންނެވެ. ކޮންމެވެސް ކަމަކާއި ހުރެ ކަންބޮޑުވެގެން ހާސްވެ ގައިން އޮށްދައު ހިއްލާތީ އަބަދުހެން އުޅެންޖެހިފައިވާ މީހުންނެވެ.  

އެހެންވެ އަހުރެން މިކުރާ ސުވާލަކީ އެމީހާ ކާމިޔާބު މީހަކަށްވަނީ ކިހިނަކުން ހެއްޔެވެ؟  

އަދިވެސް އެއް ކަމެއް ފާހަގަކޮށްލާނަމެވެ. މިސާލައަކަށް ކޮންމެވެސް މޫސައެކެވެ. ތަނަވަސްކަން ލިބިގެންހުރި މީހެކެވެ. މުދައުވެސް ހުރި މީހެކެވެ. އެއިރު އޭނާއާއިމެދު ދެކެވެނީ ވަރަށް ކާމިޔާބު މީހެއްގެ ގޮތުގައެވެ. ދުވަސްކޮޅަކުން އޭނާއަށް ދެއްވަވާފައިވާ ތަނަވަސްކަން އަނބުރައި ގެންދަވަނީއެވެ. އެޙާލަތުގައި މޫސަ އާއިމެދު ބުނާނީ ކީކޭ ހެއްޔެވެ؟ ފޭލްވެފައިވާ މީހަކު ކަމަށް ހެއްޔެވެ؟  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ ކާމިޔާބު މީހުންނަކީ ތިމަން ﷲ އެންގެވި މަގުން ޢަމަލުކުރާ މީހުންކަމަށެވެ. އެމީހުންގެ ކާމިޔާބީ އެމީހުންގެ ބޭރުފުށުން ނުފެނުނު ކަމުގައިވީނަމަވެސް އެމީހުންގެ ކާމިޔާބީ އެމީހުންނާއިއެކު އަބަދުވެސް ދެމިހުންނާނެ ކަމަށެވެ.  

އެބަސްފުޅުގެ މާނައަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާ އަޅުންނަށް ދެދުނިޔޭގައިވެސް ކާމިޔާބީ މިންވަރު ކުރައްވަޥާނެ ކަމާއި އެކާމިޔާބީ އެމީހަކާއިއެކު ދުނިޔޭގައިވެސް އަދި މަރުވުމުން ކައްވަޅުގައިވެސް އަދި ޢާޚިރަތް ދުވަހުގައިވެސް ދެމިހުންނާނެ ކަމެވެ.  

މީސްތަކުންނޭވެ! މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކާމިޔާބު މީހަކަށް ވުމަށެވެ. އެއިރުން ލިބޭ ކާމިޔާބީ ދުވަހަކުވެސް އެމީހަކާއި ވަކިވެގެނެއް ނުދާނެއެވެ. އަދި އެމީހާ އެންމެ ބޭނުންވާ މަނަޒިލަށް ގެންގޮސްދޭނެއެވެ. އެއީ ސުވަރުގެ އެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން