މި ހަކަންތަކުގެ ވާހަކަ ހަމަ އެކަކަށްވެސް ކިޔައިނުދޭށެވެ! ސަބަބުތައްވެސް މިކިޔައިދެނީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މި ހަކަންތަކުގެ ވާހަކަ ހަމަ އެކަކަށްވެސް ކިޔައިނުދޭށެވެ! ސަބަބުތައްވެސް މިކިޔައިދެނީއެވެ!

ދޫ ރައްކައުތެރިކުރުމުގެ މާނައަކީ ހަމައެކަނި ނުބައިބަސްތައް ނުބުނުމެއް ނޫނެވެ. ބޭކާރު ވާހަކަ ނުދެއްކުމާއި ކޮންމެހެން ދައްކަން ނުޖެހޭ ވާހަކަ ނުދެއްކުމަކީ ވެސް ދޫ ރައްކައުތެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަމައެއާއެކު އެވާހަކައެއް ބުނުމުން ތިމާއަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ލިބިދާނެ އެއްވެސް ވާހަކައެއް ނުދެއްކުމަކީވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. 

މިގޮތުން އެއްވެސް މީހެއްގެ ގާތުގަ ބުނެގެން ނުވާނެ 6 ކަމަކާއި ހާމަކުރުމުން ލިބޭނެ ގެއްލުންވެސް ފާހަގަކޮށްލާނަމެވެ. 

1 ތިބާ ކުރިއަށް ކުރަން ރާވާ ކަންކަން: ބުނެފިނަމަ މަދުމީހަކު ނޫނީ ހުރަސްއަޅަން މަސައްކަތްކުރާނެ! 

2 ތިބާގެ ބަލިފައި ހާމަނުކުރާށެވެ!: ތިބާއާއި ދެކޮޅަށް އެކަންކަމުގެ ބޭނުން ހިފާނެއެވެ! 

3 ތިބާއަށް ނުކުރެވޭނެ ކަންކަން ހާމަނުކުރާށެވެ!: ތިބާއަށް ފުރުޞަތުދޭން ޖެހިލުންވާނެއެވެ! 

4 ތިބާ ދެންކުރާނެ ކަންކަން ނުބުނާށެވެ!: ނަތީޖާ ނެރެ އެމީހުން ސިއްސުވައިލާށެވެ! 

5 ތިބާގެ ސިއްރުތައް ހާމަނުކުރާށެވެ!: ސިއްރުތައް ހާމަކުރުމަކީ މޮޔައިންކުރާ ކަމެކެވެ! 

6 ތިބާއަށް އާމްދަނީ ލިބޭ މަގުތައް ކިޔައިނުދޭށެވެ!: ގިނަވާނީ ފުރުޞަތު ގެއްލުވާލަން ބޭނުންވާނެ މީހުންނެވެ. 

މީގެތެރެއިންވެސް 3 ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ކުރިއަށް ކުރަން ރާވާ ކަންކަމާއި، ދެން ކުރާނެ ކަންކަމާއި އަދި އާމްދަނީ ލިބޭ މަގުތަކެވެ. މިކަންކަން އެނގުމުން ޙަސަދަވެރިނުވާނީ މަދުމީހެކެވެ. ވީމާ އެންމެ ބުއްދިވެރި ގޮތަކީ ހަމައެކެއްގެ ގާތުގައިވެސް އެއްވެސް މިންވަރަކަށް މިކަންކަމުގެ ވާހަކަތައް ނުދެއްކުމެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން