ރިޒުޤް ހޯދުމަށާ ޞިއްޙަތު ސަލާމަތުން ބަހައްޓަން މަސައްކަތް ނުކޮށް ތިބެ ވަކީލްކުރާ ކަމަށް ބުނުމަކުން ނުފުދޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ރިޒުޤް ހޯދުމަށާ ޞިއްޙަތު ސަލާމަތުން ބަހައްޓަން މަސައްކަތް ނުކޮށް ތިބެ ވަކީލްކުރާ ކަމަށް ބުނުމަކުން ނުފުދޭނެ!: މުފްތީ މެންކް

ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެމީހަކަށް ކަންކަން ޙާޞިލުވުންއޮތީ އެމީހަކުކުރި މަސައްކަތަކުން ކަމަށެވެ. ކަންކަން ޙާޞިލުކުރަން އެމީހަކަށް ކުރެވެން އޮތްވަރަކުން ގަދައަޅައި މަސައްކަތްކުރާ މީހަކަށް ﷲ ތަޢާލާ މިންވަރު ކުރައްވަވާނެ ނިޢްމަތްތައް ހަމައެކަކަށްވެސް ނުއެނގޭނެއެވެ.  

ބަލިތަކުން ސަލާމަތްވާން ކުރެވެން އޮތް ކޮންމެ މަސައްކަތެއްވެސް ކުރަންޖެހެއެވެ. ބަލިވުމުން ސަލާމަތްވެހުންނަން މަސައްކަތްކުރަންޖެހެއެވެ. ބަލިވުމުން ބޭސްފަރުވާކުރަންޖެހެއެވެ. ބަލިތކުން ޝިފާ ދެއްވަވާނީ ﷲ ތަޢާލާކަމަށް ބުނެ އަތްއުރާލައިގެން ގޭގައި ތިބުމެއްވެސް ނެތެވެ. އެކަންވާނީ ކުރެވޭ މޮޔަކަމަކަށެވެ!  

ﷲ ތަޢާލާއަށް ވަކީލްކުރުމަކީ އެއީއެވެ. ރަސޫލް އަހަރެމެނެންނަށް އުނގަންނަވައި ދެއްވަވާފައިވަނީ (ޙަދީޘްފުޅުކުރެއްވެވީ) ޖަމަލު އައްސާފައި ﷲ ތަޢާލާއަށް ވަކީލްކުރުމަށެވެ. ﷲ ތަޢާލާއަށް ވަކީލްކުރަން އޮތީ ގޭގެ ދޮރުތައް ލައްޕައި ތަޅުލުމަށްފަހުގައެވެ.  

ތިމާއަށް ކަނޑައަޅުއްވަވާފައިވާ ރިޒްޤް ﷲ ތަޢާލާ ދެއްވަވާނެކަމަށް ބަލައި އެކަމަށް މަސައްކަތްނުކޮށް ހުރުމެއްވެސް ނެތެވެ. އަހުރެމެންނަށް އޮތީ ރިޒުޤް ހޯދަން މަސައްކަތްކުރުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން