އަމިއްލަ ދަރިފުޅުގެ ކިބައިގަ ނުކުޅެދުންތެރިކަމެއް ނެތީމަ ﷲ އަށް ޝުކުރުވެރިވާނަމަ ނުކުޅެދުންތެރިކަން ހުރި ހުރިހާ ކުދިން ތިބޭނީ އުފަލުގަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަމިއްލަ ދަރިފުޅުގެ ކިބައިގަ ނުކުޅެދުންތެރިކަމެއް ނެތީމަ ﷲ އަށް ޝުކުރުވެރިވާނަމަ ނުކުޅެދުންތެރިކަން ހުރި ހުރިހާ ކުދިން ތިބޭނީ އުފަލުގަ! އިން ޝާ ﷲ

ޚާއްޞަ އެހީއަށް ބޭނުންވާ ނުވަތަ ނުކުޅުދުންތެރިކަން ހުރި ކުދިންގެ ގޮތުގައި ކުދިން ދުނިޔެއަށް ކުދިން އުފަންކުރައްވަވަނީވެސް އަދި އުފަންވުމަށްފަހު ނުކުޅެދުންތެރި ޙާލަތު މިންވަރުކުރައްވަވަނީވެސް އަދި އެއްވެސް ނުކުޅެދުންތެރިކަމެއް ނެތި ކުދިން އުފަންކުރައްވަވަނީވެސް ﷲ ތަޢާލާއެވެ. 

ތިބާއަށް ދެއްވެވި އެންމެ ދަރިފުޅު ނަމަވެސް އަދި ގިނަ ދރިން ނަމަވެސް ނުކުޅެދުންތެރިކަމެއް ނެތި ފުރިހަމަ ޞިއްޙަތުގައި ލެއްވެވިނަމަ ޝުކުރުވެރިވާށެވެ! ޝުކުރުވެރިވުމުގެ ގޮތުން ކުރެވިދާނެ އެއް ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމެވެ. އެފަދަ ކުއްޖަކު ފެނިއްޖެނަމަ ހިނިތުންވެލައި އަޅައިލުމެވެ. ލޯބިވުމެވެ. 

އަހުރެމެންނަކީ މިބުނި ފަދައިން ވިސްނައި ޢަމަލުކުރާ ބައަކަށްވެއްޖެނަމަ އެފަދަ ކުދިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބި އެކުދިން ތިބޭނީ އުފަލުގައެވެ. އިން ޝާ ﷲ 

ސީދާ ޢަދަދު އެނގެން ނެތަސް އެތައް ގުނައަކަށް ގިނައީ އެއްވެސް ނުކުޅެދުންތެރިކަމެއް ނެތް ކުދިންނެވެ. ވީމާ އެހުރިހާކުދިންގެ ބެލެނިވެރިން މިބަޔާންކުރި ވިސްނުމުގައި ނުކުޅެދުންތެރިކަންހުރި ކުދިންނަށް އެހީތެރިވެދޭނަމަ އެކުދިން ތިބޭނީ އުފަލުގައެވެ. އަދި އެކަމަށް ޙައްޤު ޘަވާބުވެސް އެމީހަކަށް ދާނީ ލިބެމުންނެވެ. އިން ޝާ ﷲ   

ތިރީގައިވާ ލިޔުންވެސް ވިދާޅުވެ ވީޑިއޯވެސް ބައްލަވައިލައްވާށެވެ!  

ނުކުޅެދުންތެރިކަންބޮޑު މިކުޑަކުއްޖާގެ ވީޑިއޯއިން އަސަރެއް ނުކުރި މީހަކަށް ގާތީ އަސަރުކުރާނެ ވީޑިއޯއެއް ނުފެނުން! 

ލިޔުމުގައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ! އެ ތުއްތު ކުއްޖާއަކީ ވެސް ހަމަ ﷲ ތަޢާލާ މިދުނިޔެއަށް ފޮނުއްވަވާފައިވާ ކުއްޖެކެވެ. މިފަދަ އެތައް މިލިއަން ކުދިން ދުނިޔޭގައި އެބަ ދިރިއުޅެއެވެ. 

އަޅުގަނޑުމެންނަށް ދެއްވެވި ދަރިފުޅަކީ މިފަދަ އުނިކަމެއް ނެތް ކުޅެދޭ ކުއްޖަކުކަމުގައިވުމުން އަޅުގަނޑުމެންނަށް އޮތީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަކީ ދަރިފުޅަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ކުއްޖެގެ ގޮތުގައި ގެންގުޅެ ބޮޑުކުރުމެވެ. ﷲ ތަޢާލާގެ މަގުގައި ތަރުބިއްޔަތުކުރުމެވެ.   

އެކަންކުރެވެނީ އަޅުގަނޑުމެންގެތެރެއިން ކިތައް މައިންބަފައިންނަށް ހެއްޔެވެ؟ ކިތައް ބެލެނިވެރިންނަށް ހެއްޔެވެ؟

 

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން