ޢުމުރުން ކިތަންމެ ގިނަދުވަހެއް ފާއިތުވެފައިވިނަމަވެސް އެއީ ހަމަ ބޮޑު ސުމެއް! ބުރަދަންހުރީ ތިބާވީ ތައުބާގަ! މިހާރު ތިއަކުރާ އަޅުކަމުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޢުމުރުން ކިތަންމެ ގިނަދުވަހެއް ފާއިތުވެފައިވިނަމަވެސް އެއީ ހަމަ ބޮޑު ސުމެއް! ބުރަދަންހުރީ ތިބާވީ ތައުބާގަ! މިހާރު ތިއަކުރާ އަޅުކަމުގަ!

ފިރިއުޅުމުގެ ކަންކަން ދިމާވާ ގޮތަކުން، ވަކިން ޚާއްޞަކޮށް ނުބައި ބައަކާއި އެކުގައި އުޅެވޭނަމަ ފާފަކުރުމުގެ ނިޔަތް ނެތިވެސް ނިޔަތް ނެތިވެސް ފާފަކުރެވުންމަތީގައި ކިތަންމެ ދުވަހަކުވެސް ހުރެވިދާނެއެވެ. ބައެއް މީހުން އެހެން ތިބެމުން ގޮސް 50،60،70 އަހަރުވާ ފަހުންވެސް ވިސްނި ތައުބާވެ ހެޔޮ ޢަމަލުކުރަން ފަށައެވެ.  

އެއިރުން ޝައިޠޯނާ އައިސްބުނާނެއެވެ. "ތިބާ ދެން ކޮން އަޅުކަމެއް ކުރާކަށް ހެއްޔެވެ؟ ރޭގަނޑުގެ ނިދިނަގައިލާފައި ތިއަކުރަނީ ކޮން އަޅުކަމެއް ހެއްޔެވެ؟ ޢުމުރު ތިއަ ދުއްވައިލީ މިވެނި އެވެނި ފާފަތަކެއް ކުރުންމަތީގައެވެ. ތިބާގެ ފާފަތައް ފުއްސަވައިދެއްވަވާނެ އެއްވެސް ގޮތެއް ނެތެވެ."  

ބުނަން ހެއްޔެވެ؟ ފާފަކުރުންމަތީގައި ކިތަންމެ ދިގުމުއްދަތެއް ފާއިތުވެފައިވީނަމަވެސް ތައުބާވާ ވަޤުތުން ފެށިގެން ތިބާގެ ދިގު މާޒީއަކީ ހަމަ ބޮޑު ސުމެކެވެ. އެއްވެސް ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. ބުރަދަން ހުރީ ތިބާވީ ތައުބާގައެވެ. މިހާރު ހުރި ގޮތުގައެވެ. މިހާރު ތިއަކުރާ އަޅުކަމުގައެވެ. 

ޔަޤީންކުރަންވީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފެށުމުން ތިމާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއސަވައި ދެއްވަވާނެ ކަމެވެ. އިތުރަށް ފާފަނުކޮށް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެއްޖެނަމަ ތިބާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކަކީ ކުރެވުނު އަޅުކަމަށް ﷲ ތަޢާލާ ބަދަލުކޮށް ދެއްވަވާނެ ކަމެވެ.  

ވީމާ ކިތަްނމެ ދިގު މުއްދަތެއްގައި ފާފަކުރެވިފައިވީނަމަވެސް އެއްވެސް މިންވަރަކަށް ކަންބޮޑުނުވާށެވެ! ތައުބާވެ ހެޔޮ ޢަމަލުތައް ކުރުންމަތީގައި ޘާބިތުވާށެވެ. ތިބާ ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން