ކިތަންމެ ކުޑަކޮށް ނަމަވެސް ޓަޓޫއެއް ޖަހަން ހުއްދަވާނެތަ؟

ކިޔުމަށް ހޭދަވާނީ 1މ 15ސ
ކިތަންމެ ކުޑަކޮށް ނަމަވެސް ޓަޓޫއެއް ޖަހަން ހުއްދަވާނެތަ؟

ސުއިޒާ

 

ވަރަށް ކުޑަ ޓެޓޫއެއް ޖެހުން އޯކޭ ވާނެތޯ؟ 

މީ އަސްލު މިހާރު މުޖުތަމައުގަ ވަރަށް ގިނައިން ކޮށް އުޅޭ ކަމެއް. އަދި މި ސުވާލު ވަރަށް ގިނައިން ކޮށް އުޅޭ ސުވާލެއް. މިހާރު އަޅުގަނޑުމެން ފުރަތަމަ ވިސްނާލަންވީ މި ސުވާލުގަ މިވާ، އެއީ ކުޑަކަމެއްތޯ ބޮޑުކަމެއްތޯ އެއް ނޫން. މީ އިސްލާމްދީނުގަ ހުއްދަ ކަމެއްތޯ ނޫނީ ހަރާމް ކަމެއްތޯ؟ އެއީ ބަލަންޖެހޭނީ. 

އެގޮތުން ބަލާއިރު ޢިލްމުވެރިން ވިދާޅުވަނީ ޓެޓޫ ޖެހުން އެއީ އިސްލާމް ދީނުގެ ހުރިހާ ޢިލްމުވެރިންގެ އިއްތިފާގުން ހަރާމް ކަމެކެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ  ޙަދީޘް ބަސްފުޅެއްގައި އައިސްފައިވޭ އިމާމް ބުޚާރިއްޔަ މުސްލިމް ރިވާ ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވަނީ ޓެޓޫ ޖަހާ މީހާއާއި ޖަހައިދޭ މީހާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ލައުނަތް ލައްވައެވެ.  އެހެންވީމަ އަޅުގަނޑުމެން މި ފާފައިން ދުރުހެލި ވާންޖެހޭނެ. މީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ފާފައެއް. 

ދެން ބަލާލަމާތޯ މި ފާފައަށް އަރައިގަނެވިފައިވާ މީހާ ކަންތައް ކުރަން ޖެހޭނީ ކިހިނެއްތޯ؟ 

އެމީހާއަށް ޖެހޭނީ ތައުބާވެ ﷲ ގެ މަގަށް ރުޖޫޢަވާން. އަދި އެ ޖެހިފައިވާ ޓެޓޫތައް ފުހެވެން ހުރިއްޔާ އެ ފުހެލާ، އޭގެން އެމީހާ ސަލާމަތްވޭތޯ މަސެއްކަތް ކުރަންވާނެ. އެހެންވީމާ އަޅުގަނޑުމެން މި ފާފައިން ދުރުހެލިވެ ރައްކާތެރިވުމަށް ހުރިހާ އެންމެންނަށް އަޅުގަނޑު ނަސޭހަތްތެރިވަން.

 

- ޝައިޚް މުޙައްމަދު ސާމީ

މިއަދު އޮންލައިން