އަބަދު އަޅުކަންކުރާ މީހާވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިދާނެ ފަދަ ކިތަންމެ ކުޑަ ޢަމަލެއްވެސް ނުކުރަންވީ އެންމެ ބޮޑު ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އަބަދު އަޅުކަންކުރާ މީހާވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިދާނެ ފަދަ ކިތަންމެ ކުޑަ ޢަމަލެއްވެސް ނުކުރަންވީ އެންމެ ބޮޑު ސަބަބު-

ހެޔޮ ޢަމަލުތައްކޮށް ތަޤްވާވެރިކަންމަތީގައި އުޅެންމަސައްކަތްކުރާއިރު އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެމަގުން ޢަމަލުތައް ބެހެއްޓުމެވެ. މިކަން ހަނދާންކޮށްދޭންޖެހެނީ ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް ﷲ ތަޢާލާގެ ރަހްމަތްފުޅުން ނޫނީ ސުވަރުގެ ނުވަދެވޭނެކަމަށް ބުނެވޭ ބަހުގެ މާނަ ގިނަބއަކަށް އޮޅިފައި އޮންނާނީއެވެ.

މިއީ ވަރަށް ގިނަ ބައަކަށް ކޮންމެވެސް ވަރެއްގެ އޮޅުންތަކެއް އަރާ މައްސަލައެކެވެ. އެހެންކަމުން މިގެނެސްދެނީ އެކަން ސާފުވެލައްވާނެ ލިޔުމެކެވެ.

މީސްތަކުންނޭވެ! އަހަރެމެންނަށް މިއަދު ޤަބޫލުކުރެވެނީ އައިނެއް އެޅުމުން ފެންނާނެ ކަމަށާއި ޑީވައިސެއް ބޭނުންކުރުމުން އަޑުއިވޭނެ ކަމަށާއި މިވެނިކަމެއް ކުރުމުން ހިނގޭނެ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ ލޯހުރިނަމަވެސް ނުފެންނަ، އެއްވެސް އެއްޗެއް ލައްވައިގެންވެސް އަޑު ނުއިވޭ އަދި ދެފައި ހުރިނަމަވެސް ނުހިނގޭ އެތައް މިލިއަން ބައަކު ދުނިޔޭގައި އެބަތިބިކަމެވެ. އަހަރެމެންނަށް ޤަބޫލުނުކުރެވިގެން މިއުޅެނީ ﷲ ތަޢާލާގެ ރަޙްމަތުން ނޫނީ އެއްވެސް ކަމެއް ޙާޞިލުނުކުރެވޭނެ ކަމެވެ.

އޭނާއަކީ 500 އަހަރުވަންދެން ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އަޅުކަންކުރި މީހެކެވެ. އޭނާ މަރުވުމުން މަލާއިކަތުންނަށް "ތިމަން ﷲ ގެ ރަޙްމަތްފުޅުން" އޭނާ ސުވަރުގެ ވެއްދެވުމަށް ﷲ ތަޢާލާ އެންގެވިއެވެ.

އޭނާ ޝުކުރުވެރިކަމާއިއެކު އެކަން ޤަބޫލުވެސްކުރިއެވެ. ނަމަވެސް އޭނާ ދެންނެވިއެވެ. ތިމަން ވާނީ ތިމަންގެ ވާޖިބު އަދާކޮށްފައެވެ. އެންމެ ފުރިހަމަ ގޮތުގައި އިނބަ ﷲ އަށް މުޅި އުމުރުގައި އަޅުކަންކޮށްފައެވެ. ތިމަންނާ ސުވަރުގެ ވަންނަން ބޭނުންވަނީ ތިމަންނާކުރި އަޅުކަމުގެ ސަބަބުންނެވެ.

އެހިނދު ﷲ ތަޢާލާ މަލާއިކަތުންނަށް ވަޙީކުރެއްވެވިއެވެ. "މީޒާން ގެންނާށެވެ! ފަސްސަތޭކަ އަހަރުވަންދެން އޭނާކުރި ހެޔޮ ޢަމަލުތައް އެއްކޮޅަށް ލާށެވެ! އަދި ތިމަން ﷲ އޭނާއަށް މިދެއްވެވި ނިޢްމަތް (ސުވަރުގެ ވަނުމަށް) އަނެއްކޮޅަށްލާފައި ބުރައީ ކޮންކޮޅެއްކަން ދައްކާށެވެ! އޭނާ ގެންގޮސް ނަރަކައަށް އެއްލައިލާށެވެ!

އެހިނދު އޭނާއަށް ދެންނެވުނީ ކުށްބަހެއްކަން ޤަބޫލުކޮށް ތައުބާވިއެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތްފުޅުން ސުވަރުގެ ވައްދަވައިދެއްވެވުމަށް އެދުނެވެ. މިއީ ޙަދީޘްފުޅުން އެނގެން އޮތް ވާހަކައެކެވެ.

--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން