އެތައް އަހަރެއް ފަހުން ކައިވެނި ރޫޅި އެކަނިވެރިވާންޖެހިއްޖެނަމަ ކުރަންޖެހޭ ހިތާމައިން ސަލާމަތްވެ ހުންނަން ކުރެވޭނީ ކޮންކަމެއްތޯ ސުވާލުކުރައްވާ ކިޔުންތެރިންނަށް ޖަވާބެއްގެ ގޮތުން މިގެނެސްދެނީ ސުވާލުގެ ޖަވާބު އެނގިލއްވާނެ ނަޞީޙަތެކެވެ.
ފުރަތަމަވެސް ހަނދާންކޮށްލައިދޭން ބޭނުންވަނީ އަހުރެމެންގެ ހަށިގަނޑުގައި ހިތް އޮތް ނަމަވެސް ހިތަކީ އަހުރެމެންގެ މިލްކެއް ނޫނެވެ. ހިތުގެ މިލްކުވެރިކަން ލިބިވޮޑިގެންވަނީވެސް އަހުރެމެންގެ ފުރާނައާއި ހަށިގަނޑުގެ މިލްކުވެރިކަން ލިބި ވޮޑިގެންވާ ﷲ ތަޢާލާ އަށެވެ.
އިންސާނުންގެ ދިރިއުޅުމަށް އެންމެ ބޮޑު ހީނަރުކަމެއް އަންނަނީ އަދި އެންމެ ބޮޑަށް މާޔޫސްވެ ކަންބޮޑުވަނީވެސް އެމީހަކު އެންމެ ލޯބިވާ މީހަކު އެންމެ ލޯބިވާ މީހަކު އެމީހަކަށް ގެއްލުމުންނެވެ. ނުވަތަ އެމީހަކު އެންމެ ލޯބިވާ އެއްޗެއް އެމީހަކަށް ގެއްލުމުންނެވެ.
މިގޮތުން ބަލާއިރު އެއްބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ތަނަވަސްކަން ގެއްލުމުންނެވެ. އަނެއްބައަކު އެންމެ ލޯބިވާ މީހާ، ފިރިމީހާ، އަނބިމީހާ ނުވަތަ ދަރިން އެމީހަކާއި ވަކިވެދިއުމުންނެވެ.
ހިތާމަ އާއިއެކު ބުނަން ޖެހެނީ މިއީ ވަރަށް ނުބައި ވިސްނުމެއް ކަމަށެވެ. މިހެން މިވަނީ އެއްވެސް މީހަކު އަޅުވެތިވެގެން ނުވާނެ ފަރާތަކަށް ލޯބީގެ ނަމުގައި އަޅުވެތިވެވޭތީއެވެ. މިބަސް ބައެއް މީހުންނަށް ކަމުނުގޮސްފާނެއެވެ. ނަމަވެސް ޙަޤީޤަތަކީ މިއީއެވެ.
ވިސްނައިލާށެވެ! ފައިސާވެރިކަން ގެއްލުމުން އެއީ އެންމެ ބޮޑު މައްސަލަކަމަށް އެވަނީ ފައިސާދެކެ އެންމެ ބޮޑަށް ލޯބިވެވޭތީއެވެ. އަނބިމީހާ، ފިރިމީހާ، ނުވަތަ ދަރިން ނުވަތަ އެނޫންވެސް މީހަކު ވަކިވެ ދިއުމުން އެހައި ބޮޑު މާޔޫސްކަމެއްގެ ތެރެއަށް ވެއްޓިގެން އެދަނީ އެމީހަކު އެންމެ ލޯބިވާ ފަރާތަކީ އެއީ ކަމުގައިވާތީއެވެ.
ޢަޖުމަބަލައިލަންވެސް ތިމާ އެންމެ ބޮޑަށް ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ނިކަން ހަދައިބަލާށެވެ! ތަނަވަސްކަން ގެއްލުނު ނަމަވެސް އަދި ކޮންމެ މީހަކު ތިމާ އާއި ވަކިވިނަމަވެސް، ތިމާ ދޫކޮށްލާފައި ދިއަ ނަމަވެސް އެވަރަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. ކެތްތެރިވުމުގެ ބާރު ތިމާއަށް ދެއްވަވާނެއެވެ. ލޯބިވެރިޔާ ވަކިވިނަމަވެސް ކައިވެނި ރޫޅުނު ނަމަވެސް އެމީހަކަށް އަލުން އެހެން މީހަކާއިއެކު ދުނިޔޭގައި އުޅުމުގެ ހިތްވަރު ﷲ ތައާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ
އަންތބަކަށް ވެވުމުގެ ކުރިންވެސް އަދި ފަހުންވެސް، މަންމައަކަށް ނުވަތަ ބައްޕައަކަސް ވެވުމުގެ ކުރިންވެސް އަދި ފަހުންވެސް ތިމާ އެންމެ ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ނުހެދޭނަމަ އެއީ ރަނގަޅު ބިންގަލެއް ނޫނެވެ. އެހެނީ ޙަޔާތުގެ އެންމެ ރަނގަޅު އަދި އެންމެ ވަރުގަދަ، އަދި އެންމެ ހަރުދަނާ ބިންގަލަކީ އެމީހަކު އެންމެ ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ހެދުމެވެ.
ޔަޤީންކުރާށެވެ! ﷲ ތަޢާލާ އާއި ތިބާ އާއި ދެމެދު އޮންނަންޖެހޭ ގުޅުން އެއިގެ ފުރިހަމަ ގޮތުގައި ބޭއްވޭނީ ހަމައެކަނި މަގުން ޢަމަލުކުރުމުންނެވެ.
-- ޔާސްމީން މޮގަހިދްގެ ދަރުސަކުން